ބީލަން
ނަންބަރު: GS58/IUL/2024/18
ޕަބްލިޝްކުރި ތާރީޚް: 28 ޖުލައި 2024
ޕަބްލިޝްކުރި ގަޑި: 14:03
ސުންގަޑި:
06 އޮގަސްޓް 2024 14:00
އައްޑޫ ހައި ސްކޫލް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
އިނާމް ދިނުމުގެ ޖަލްސާއަށް ބޭނުންވާ އިނާމް ގަތުން
އިނާމް ދިނުމުގެ ޖަލްސާއަށް ބޭނުންވާ އިނާމް ގަތުން
- މިސްކޫލްގެ 2023 ވަނައަހަރުގެ އަހަރީ އިނާމްދިނުމުގެ ޖަލްސާއަށް ބޭނުންވާ އިނާމް ގަތުމަށް ބޭނުންވާތީ މިމަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.
- ވީމާ މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 29 ޖުލައި 2024 އިން 06 އޮގަސްޓް 2024 ވާ އަންގާރަދުވަހުގެ 14:00 ގެ ނިޔަލަށް މިއިޢުލާނާއެކު ގެޒެޓް ކުރެވިފައިވާ ރެޖިސްޓްރޭޝަން ފޯމް ފުރިހަމަ ކުރުމަށްފަހު [email protected] އަށް އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ. މެއިލް ކުރެއްވުމުން ރަޖިސްޓްރީ ކުރާ ފަރާތުގެ އީމެއިލްއަށް ރެޖިސްޓްރޭޝަން ކޮންފަރމޭޝަން ފޮނުވޭނެއެވެ. ރެޖިސްޓްރީ ކުރެވުނުކަން ކަށަވަރުކުރުމަކީ ހުށަހަޅާ ފަރާތުގެ ޒިންމާއެކެވެ. ބީލަމުގައި ރަޖިސްޓްރީ ނުކުރާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގައި ބައިވެރިނުވެވޭނެ ވާހަކަ މައުލޫމަތަށްޓަކައި ދަންނަވަމެވެ.
- ބީލަމުގައި ރަޖިސްޓްރީ ކުރުމުން މިއިޢުލާނާއި ގުޅޭ ބިޑް ފޮތް އީމެއިލް މެދުވެރިކޮށް ހިއްސާ ކުރެވޭނެއެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް އަދި މަސައްކަތުގެ ތަފްސީލް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ. ބިޑް ހުށައަޅުއްވަންވާނީ ބީލަންފޮތުގައިވާ މަޢުލޫމާތު ރަގަޅަށް ކިޔުމަށްފަހު އެއްވެސް އޮޅުމެއް އަރާކަމެއްވާނަމަ ސާފުކުރުމަށް ފަހުގައެވެ.
- މިބީލަމާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 05 އޮގަސްޓް 2024 ވާ ހޯމަދުވަހުގެ ކުރިން މި އިޢުލާންގެ 6 ވަނަ ނަންބަރުގައިވާ އެޑްރެހަށް އީމެއިލް މެދުވެރިކޮށް ފޮނުއްވުންއެދެމެވެ.
- ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 11 އޮގަސްޓް 2024 ވާ އާދީއްތަދުވަހުގެ 11:00 ގައި އައްޑޫ ހައި ސްކޫލް ސެމިނާ ރޫމްގައެވެ. ބީލަން ހުށަހަޅަން އޮންނަ ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ ބީލަން ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.
- މިމަސައްކަތާއި އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ބަޖެޓް ސެކްޝަން
އައްޑޫ ހައި ސްކޫލް
ހިތަދޫ،އައްޑޫ
ފޯން: 6885796
އީ-މެއިލް: [email protected]
ކޮޕީ-މެއިލް: [email protected]
22 މުހައްރަމް 1446
28 ޖުލައި 2024
28 ޖުލައި 2024