ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)286-MP/286/2024/84
ޕަބްލިޝްކުރި ތާރީޚް: 28 ޖުލައި 2024
ޕަބްލިޝްކުރި ގަޑި: 13:33
ސުންގަޑި: 05 އޮގަސްޓް 2024 13:00
މިލަދުންމަޑުލު ދެކުނުބުރީ ކެނދިކުޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބިދޭސީ މަސައްކަތްތެރިންގެ ދަފްތަރު އެކުލަވާލުމާއި ގުޅޭ

އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާ ގެ ފަރާތުން ދިވެހިރާއްޖޭގައި ޤަވާއިދާއި ޚިލާފާށް މަސައްކަތްކުރާ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްތކާއި ގުޅިގެން މިމކައުންސިލަށް ފޮނުވައިފައި ސިޓީ ނަންބަރު 101-IM/286/2024/1 އާއި ހަވާލާދީ ދަންނަވަމެވެ. ރަށްރަށުގައި މަސައްކަތްކުރަމުން އަން ބިދޭސީންގެ މަޢުލޫމާތު ހަރުދަނާ ގޮތެއްގައި ދަފްތަރު ކުރުމާއި، ނުޤަވާއިދުން އުޅެމުން އަންނަ ބިދޭސީން ޤަވާއިދުގެ ތެރެއަށް ފެއްތުމާއި، އެފަދަ ފަރާތްތަކަށް އަޅަންޖެހޭ އެކަށޭނަ ފިޔަވަޅު އެޅުމުގެ މަސައްކަތް އަންނަނީ ކުރެވެމުންނެވެ.

އެހެންކަމުން، ރަޖިސްޓްރީ ކުރެވިފައިވާ ވިޔަފާރިތަކުގެ ދަށުން ޤަވާއިދާއި އެއްގޮތަށް ކެނދިކުޅުދޫގައި މަސައްކަތް ކުރަމުން އަންނަ ބިދޭސީން މި ކައުންސިލުގައި ރަޖިސްޓްރީ ކުރުމަށާއި، ނުޤަވާއިދުން އުޅޭ ކަމަށް ފާހަގަ ކުރެވޭ ބިދޭސީން މި ކައުންސިލަށް ރިޕޯޓްކުރުމަށް އެދި ދަންނަވަމެވެ.

އެގޮތުން، ކެނދިކުޅުދޫގައި އުޅެމުން އަން ބިދޭސީންގެ މަޢުލޫމާތު މި އިޢުލާނުގައިވާ އޮންލައިން ފޯމް މެދުވެރިކޮށް ނުވަތަ ކައުންސިލަށް ވަޑައިގެން އެ ފަރާތްތަކުގެ މަޢުލޫމާތު 5 އޯގަސްޓް 2024 ވާ ހޯމަ ދުވަހުގެ 13:00ގެ ކުރިން  ހިއްސާކުރެއްވުމަށް އެދެމެވެ.

ރަޖިސްޓްރޭޝަން ލިންކް: https://forms.office.com/r/EWp1N03y0s

ވީމާ، މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.

22  މުޙައްރަމް   1446

28   ޖުލައި    2024

28 ޖުލައި 2024