ވަޒީފާގެ ފުރުޞަތު
ނަންބަރު: TS/IU/HR/2015/10
ޕަބްލިޝްކުރި ތާރީޚް: 27 މޭ 2015
ޕަބްލިޝްކުރި ގަޑި: 12:14
ސުންގަޑި: 07 ޖޫން 2015 14:30
ތާޖުއްދީން ސްކޫލް
ދިވެހިރާއްޖެ
ލެބޯޓްރީ ޓެކްނީޝަން

މަޤާމު: ލެބޯޓްރީ ޓެކްނީޝަން

ބޭނުންވާ އަދަދު: 01

ކްލެފިކޭޝަން  އަދި ރޭންކް: އެމް.އެސް. 2 (ސީނިއަރ އޮފިސަރ ގްރޭޑް 2)

ފެންވަރު ނުވަތަ ޝަރުޠު: 

  • މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،
  • މަޤާމު މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،
  • މަޤާމު މަސައްކަތާގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ނުވަތަ،
  • މަޤާމު މަސައްކަތާގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 5 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

މުސާރަ: -/6،295 ރުފިޔާ

ސަރވިސް އެލަވަންސް: -/2،500 ރުފިޔާ

އިތުރުގަޑިގެ ފައިސާ: އިތުރުގަޑީގައި މަސައްކަތްކުރައްވާނަމަ ހަމަޖެހިފައިވާ އުސޫލެއްގެ މަތިން އިތުރުގަޑީގެ ފައިސާލިބޭނެއެވެ.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުން: ހާސިލުކޮށްފައިވާ ތަޢުލީމާ ތަމްރީނަށް ބަލައިގެންނާއި، މަސައްކަތުގެ ތަޖުރިބާއަށް ބަލައިގެން އަދި ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން.  

ކުރަންޖެހޭ މަސައްކަތް: ސްކޫލްގެ ދަރިވަރުން ބޭނުންކުރާ ލެބް ގައި ކުރަންޖެހޭ މަސައްކަތްތައް ކުރުން، ދަރިވަރުންނާ ޓީޗަރުންނަށް ލެބް ބޭނުންކުރުމަށް ތައްޔާރުކުރުން، ލެބް ގައި ބޭނުންކުރާ ތަކެތި ރައްކާތެރިކަމާއެކު ބެލެހެއްޓުން، ލެބް ގައި ބޭނުންކުރާ ތަކެތީގެ އިންވެންޓްރީ ބެލެހެއްޓުން އަދި ވަޒީފާއާ ގުޅޭގޮތުން ކުރަންޖެހޭ އިދާރީ މަސައްކަތްތައްކުރުން.

ހުށަހަޅަންޖެހޭތަކެތި: 

  • ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (ވަޒީފާއަށް އެދޭ ފޯމު ސްކޫލް ކައުންޓަރުން ލިބިވަޑައިގަންނަވާނެއެވެ. އަދި ސްކޫލްގެ ވެބްސައިޓް thaajuddeenschool.edu.mv ން ޑައުންލޯޑް ކުރެވޭނެއެވެ.)
  • ލިބިފައިވާ ތަޢުލީމާ ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި (މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލައި ތައްގަނޑު ޖަހާފައިވާ ލިއުމުގެ ކޮޕީ) އަދި މަސއްކަތުގެ ތަޖުރިބާދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިއުންތައް.
  • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުއްފެންނަ ސާފު ކޮޕީ އެއް
  • ސިވިލް ސަރވިސް އަށް ނުވަތަ ސަރުކާރަށް ޚިދުމަތްކުރުމަށް އެއްބަސްވުމެއް އޮތް މުވައްޒަފުން، މި ވަޒީފާއަށް ހޮވިއްޖެނަމަ އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  • ވަޒީފާއަށް ކުރިމަތިލާފަރާތުގެ ވަނަވަރު/ ސީވީ (ގުޅޭނެ ނަމްބަރާއެކު)

ވަޒީފާއަދާކުރަންޖެހޭތަން: ތާޖުއްދީން ސްކޫލް

ވަޒީފާއަށް މީހުންހޮވުމަށް ކުރެވޭ އިންޓަރވިއު: މި އިޢުލާނަށް ކުރިމަތިލައްވާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތަކަށް އިންޓަރވިއު/ ޕްރެކްޓިކަލް އޮންނާނީ އިޢުލާނަށް މުއްދަތުހަމަވާތާ 7 ދުވަހުގެތެރޭގައި ތާޖުއްދީން ސްކޫލްގައެވެ. އެފަރާތްތަކަށް ތާރީޚާއި ގަޑި އެންގޭނެއެވެ.

ސުންގަޑި: މަޤާމަށް އެދިލައްވާ ޝަރުޠުފުރިހަމަވާ ފަރާތްތަކުން 07 ޖޫން 2015 ދުވަހުގެ މެންދުރުފަހު 14:30 ގެ ކުރިން ސްކޫލް އޮފީހަށް ވަޒީފާއަށް އެދޭ ފޯމު މަތީދެންނެވިފައިވާ ލިއުންތަކާއެކު ހުށަހެޅުއްވުން އެދެމެވެ. ވަޒީފާ އަށް އެދި ހުށަހަޅުއްވާ ލިއުންތައް ހުށަހަޅުއްވާނީ ތާޖުއްދީން ސްކޫލް ކައުންޓަރަށެވެ.

އިތުރު މައުލޫމާތެއް ސާފުކުރެއްވުމަށް: 3317318 ނަންބަރާ ގުޅުއްވުން އެދެމެވެ.

27 މޭ 2015