ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)320-ADHR/320/2024/92
ޕަބްލިޝްކުރި ތާރީޚް: 28 ޖުލައި 2024
ޕަބްލިޝްކުރި ގަޑި: 12:45
މާޅޮސްމަޑުލު ދެކުނުބުރީ އޭދަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އޭދަފުށީގެ ވަށައިގެންވާ ސަރަހައްދުތަކާއި އާންމުތަންތަނުގައި ބަހައްޓާފައިވާ ތަކެތި ނެގުމާގުޅޭ

 އޭދަފުށްޓަކީ އަމާން އޮމާން ސާފުތާހިރު ތަނެއްގެ ގޮތުގައި ބޭއްވުމުގެ މަގުސަދުގައި މިކައުންސިލްގެ ފަރާތުން ކުރަމުންދާ މަސައްކަތުގެތެރެއިން އޭދަފުށީގެ ވަށައިގެންވާ ސަރަހައްދުތަކާއި އާންމުތަންތަނުގައި ކައުންސިލްގެ ހުއްދަނެތި ގަވާއިދާއި ޚިލާފަށް ބަހައްޓާފައިވާ ތަކެތި  26 އޮގަސްޓު 2024 ގެ ކުރިން އެތަކެތީގެ ވެރި ފަރާތުން އެތަކެތި ނެގުމަށް އަންގަމެވެ. އަދި މި މުއްދަތުގެ ތެރޭގައި މިތަކެތީގެ ވެރިފަރާތުން މިތަކެތި ނުނަގާނަމަ، ގަވާއިދު ނަންބަރު R-995/ 2013(ޢާންމުތަންތަނަށާއި މަގުމައްޗަށާއި ފަޅުތެރެއަށް ދޫކޮށްލާފައިވާ ތަކެތި ނެގުމާބެހޭ ގަވާއިދު) ގެ ދަށުން، އެއީ  ދޫކޮށްލާފައިވާ ތަކެތިކަމުގައި ކަނޑައަޅާ، އެތަކެތި ނެގުމުގެ މަސައްކަތް މި އިދާރާއިން ކުރިއަށް ގެންދާނެކަމުގައި ދަންނަވަމެވެ.

                   އަދިދަންނަވަމެވެ. ތަކެތި ނަގައިގެން ގެންދިއުމުގައި އެ އެއްޗަކަށް ލިބޭ އެއްވެސް ގެއްލުމަކަށް މިއިދާރާއިން ޒިންމާ ނުވާނެކަންވެސް ރައްޔިތުންގެ މައުލޫމާތައްޓަކައި ދަންނަވަމެވެ.  

                   މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

 

28 ޖުލައި 2024