މަސައްކަތް
ނަންބަރު: URH/IUL/2015/17
ޕަބްލިޝްކުރި ތާރީޚް: 28 މޭ 2015
ޕަބްލިޝްކުރި ގަޑި: 11:59
ސުންގަޑި: 04 ޖޫން 2015 13:00
އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
ރ.ހުޅުދުއްފާރު ޞިއްޙީމަރުކަޒުގެ ބައެއް ދޮރާއި ދޮރުފަތްތައް ބަދަލުކުރަން

އަންދާސީހިސާބު ބޭނުންވެއްޖެ.

ރ.ހުޅުދުއްފާރު ޞިއްޙީމަރުކަޒުގެ ބައެއް ދޮރާއި ދޮރުފަތްތައް ބަދަލުކުރަން ބޭނުންވާތީ އެމަސައްކަތް ކޮށްދޭނޭ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 04 ޖޫން 2015 ވަނަ ދުވަހުގެ 13:00 އަށް ރ.ހުޅުދުއްފާރު ޞިއްޙީމަރުކަޒު ނުވަތަ އުނގޫފާރު ރީޖަނަލް ހޮސްޕިޓަލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 11 ޖޫން 2015 ވަނަ ދުވަހުގެ 13:00 އަށް ރ.ހުޅުދުއްފާރު ޞިއްޙީމަރުކަޒު ނުވަތަ އުނގޫފާރު ރީޖަނަލް ހޮސްޕިޓަލަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

ކޮންމެ ބޭފުޅަކަށްވެސް މަޢުލޫމާތު ސާފުކުރެވޭނީ އެންމެ ފަރާތެއްގެ ނަމުގައެވެ.

އަދި މަޢުލޫމާތު ސާފުނުކުރައްވާ ފަރާތްތަކާއި، ކަނޑައެޅިފައިވާ ވަގުތުގެ ފަހުން ހުށަހެޅޭ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

10 ޝަޢުބާން 1436 

28 މޭ 2015