ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)MITDC-P/1/2024/25
ޕަބްލިޝްކުރި ތާރީޚް: 27 ޖުލައި 2024
ޕަބްލިޝްކުރި ގަޑި: 17:26
ސުންގަޑި: 29 ޖުލައި 2024 15:00
މޯލްޑިވްސް އިންޓަގްރޭޓަޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
މި ކޯޕަރޭޝަންގެ ރަސްމީ ވެބްސައިޓް ފަރުމާ ކޮށްދޭނެ ފަރާތެއް ހޯދުމަށް

މި ކޯޕަރޭޝަންގެ ނަންބަރު: (IUL)MITDC-P/1/2024/20 އިޢުލާނާ ގުޅިގެން ހުށަހަޅާފައިވާ ބިޑުތަކުގެ އަގުތައް ބޮޑު ކަމަށް ފެންނާތީ އެ އިޢުލާން ބާޠިލްކޮށް، މި ކޯޕަރޭޝަނުގެ ރަސްމީ ވެބްސައިޓް ފަރުމާކޮށްދިނުމަށް ޝައުޤުވެރިވާ، މި ބާވަތުގެ މަސައްކަތް ކުރާ އަދި ތަޖުރިބާ ލިބިފައިވާ ކުންފުނި/ވިޔަފާރިތަކަށް މި ފުރުޞަތު އަލުން ހުޅުވާލަމެވެ.

މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން މަޢުލޫމާތު/ޓާރމްސް އޮފް ރެފަރެންސް (ޓީއޯއާރު) ހޯދުމަށް މި ކޯޕަރޭޝަންގެ [email protected] އީމެއިލް އައިޑީއަށް، މަޢުލޫމާތު/ޓީއޯއާރު ހޯދުމަށް އެދި 29 ޖުލައި 2024 ވާ ހޯމަދުވަހުގެ 15:00 ގެ ކުރިން މެއިލް ކުރުމަށް ދަންނަވަމެވެ. އަދި 31 ޖުލައި 2024 ވާ ބުދަދުވަހުގެ 11:00 އަށް މި ކޯޕަރޭޝަންގެ ހެޑް އޮފީހަށް (މ. އައިރިސް، 7 ވަނަ ފަންގިފިލާ، އޯކިޑްމަގު، މާލެ) ދުރުވެ ބިޑް ހުށަހުޅުމަށް ދަންނަވަމެވެ.

ބިޑް ހުށަހެޅުމުގެ ފުރުޞަތު ދެވޭނީ ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި މަޢުލޫމާތު/ ޓީއޯއާރު ހޯދާފައިވާ ފަރާތްތަކަށް ކަމަށާއި، މަތީގައި ބަޔާންކޮށްފައި ވަގުތުގެ ފަހުން ހުށަހަޅާ ބިޑުތައް ބަލައިނުގަނެވޭނެ ކަމުގައި ދަންނަވަމެވެ.

ޝުކުރިއްޔާ. 

 

27 ޖުލައި 2024