ޢާންމު މަޢުލޫމާތު
ނަންބަރު: (OTHR)302-E/302/2024/4
ޕަބްލިޝްކުރި ތާރީޚް: 25 ޖުލައި 2024
ޕަބްލިޝްކުރި ގަޑި: 17:20
މާޅޮސްމަޑުލު އުތުރުބުރީ ހުޅުދުއްފާރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބަނދަރު ބެލެހެއްޓުމާއިބެހޭ ގަވާއިދު - ރ. ހުޅުދުއްފާރު

 

ބަނދަރު ބެލެހެއްޓުމާއިބެހޭ ގަވާއިދު - ރ. ހުޅުދުއްފާރު

ނަންބަރު: (OTHR)302-E/302/2024/4

މިއީ ޤާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު)ގެ 148 ވަނަ މާއްދާއިން ބާރު ލިބިގެން އެމާއްދާގެ (ހހ) އަށް ރިޢާޔަތްކޮށް، ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ މަޝްވަރާއާއެކު މާޅޮސްމަޑުލު އުތުރުބުރީ ހުޅުދުއްފާރު ބަނދަރު ބެލެހެއްޓުމާއި ބެހޭ ގޮތުން އެކުލަވާލާފައިވާ ގަވާއިދެކެވެ. މި ގަވާއިދުގެދަށުން މާޅޮސްމަޑުލު އުތުރުބުރީ ހުޅުދުއްފާރު ކައުންސިލުން ބަލަހައްޓާނީ މާޅޮސްމަޑުލު އުތުރުބުރީ ހުޅުދުއްފާރު ބަނދަރާއި އެ ބަނދަރާ ގުޅިފައިވާ ސަރަހައްދެވެ.

(ހ)

1.

ތަޢާރަފާއި ނަން

މިގަވާއިދަށް ކިޔާނީ "ބަނދަރު ބެލެހެއްޓުމާ ބެހޭ ގަވާއިދު – ރ.ހުޅުދުއްފާރު" އެވެ.

(ށ)

މާޅޮސްމަޑުލު އުތުރުބުރީ ހުޅުދުއްފާރު ބަނދަރު ބެލެހެއްޓުމަކީ ކައުންސިލުގެ ޒިންމާއެކެވެ. އަދި ބަނދަރަށް ލަފާފުރާ އުޅަނދުތައް ބަނދަރު ބޭނުންކުރަންވާނީ މިގަވާއިދާ އެއްގޮތަށެވެ.

(ހ)

2.

ބަނދަރު ބެލެހެއްޓުން

ކައުންސިލުގެ ފަރާތުން ބަނދަރު ބެލެހެއްޓުމަށާއި މިގަވާއިދުގެ ދަށުން ނަގަން ޖެހޭފީ ނެގުމަށްޓަކައި އެކަމަށް މީހަކު ނުވަތަ ބަޔަކު ޚާއްޞަ ކުރެވިދާނެއެވެ.

(ށ)

ބަނދަރުގައި މަސްދޯނިފަހަރު އެޅުމަށާއި މުދާ ބޭލުމަށާއި އެހެނިހެން އުޅަނދުތައްއެޅުމަށް ސަރަހައްދުތައް ކަނޑައެޅުމުގެ އިޚުތިޔާރު ކައުންސިލަށް ލިބިގެންވެއެވެ.

(ނ)

ބަނދަރުގައި އުޅަނދުފަހަރު އެޅުމަށް ޚާއްޞަކުރާ ސަރަހައްދުތައް ވަކިވަކިން އެނގޭގޮތަށް ބެހެއްޓިފައިވާ ބޯޑުތަކާއި އެއްގޮތަށް ބަނދަރުތައް ބޭނުންކުރާ ފަރާތްތަކުން ޢަމަލުކުރަންވާނެއެވެ.

.3

އުޅަނދުފަހަރު އެޅުމަށް ޚާއްޞަކުރާ ސަރަޙައްދުތައް

ކަނޑުގައި ދުއްވާ އުޅަނދުފަހަރު މުދާ ބަރުކުރުމަށާއި މުދާ ބޭލުމަށް، ނުވަތަ އެނޫންވެސް ބޭނުމަކު ކައުންސިލުން ކަނޑައަޅާފައިވާ ވަގުތަށްވުރެ އިތުރަށް ބަނދަރުގައި ތޮށިގަނޑުގެ ދިގަށް ތޮށިގަނޑާ ކައިރިކޮށްފައި ބާއްވަން ވާނީ ކައުންސިލުގެ ހުއްދަ ހޯދައިގެންނެވެ.

(ހ)

.4

ބަނދަރަށް މުދާ ބޭލުމާއި

ބަނދަރުން މުދާ ބަރުކުރުން

މި މާއްދާގެ (ހ) ގެ ދަށުން މުދާ ބޭލުމަށް 69 ފޫޓަށްވުރެ ކުރު އުޅަނދު ފީ ނުދައްކައި ބޭއްވޭނީ ގިނަވެގެން 24 (ސައުވީސް) ގަޑިއިރަށެވެ. އަދި މުދާ އެރުވުމަށްވެސް 24 (ސައުވީސް) ގަޑިއިރަށެވެ.

(ށ)

މި މާއްދާގެ (ހ) ގެ ދަށުން މުދާ ބޭލުމަށް 119-70 ފޫޓުގެ އުޅަނދު ފީ ނުދައްކައި ބޭއްވޭނީ ގިނަވެގެން 48 (ސާޅީސް އަށެއް) ގަޑިއިރަށެވެ. އަދި މުދާ އެރުވުމަށްވެސް 48 (ސާޅީސް އަށެއް) ގަޑިއިރަށެވެ.

(ނ)

މި މާއްދާގެ (ހ) ގެ ދަށުން މުދާ ބޭލުމަށް 120 ފޫޓަށް ވުރެ ދިގު އުޅަނދު ފީ ނުދައްކައި ބޭއްވޭނީ ގިނަވެގެން 48 (ސާޅީސް އަށެއް) ގަޑިއިރަށެވެ. އަދި މުދާ އެރުވުމަށްވެސް 48 (ސާޅީސް އަށެއް) ގަޑިއިރަށެވެ.

(ރ)

 

 

މުދާ ބަރުކުރުމަށްފަހު ނުވަތަ މުދާ ބޭލުމަށްފަހު އެ އުޅަނދެއް ތޮށިގަނޑު ކައިރީގައިބާއްވާނަމަ، ބާއްވަންވާނީ ތޮށިގަނޑުގެ ހުރަހަށެވެ.

(ބ)

ސިމެންތި، ބާދަގަނޑު، ހިލަ، ހިލަވެލި، ދޮންވެލި، އަކިރި، ކާށި، ލަކުޑި، ދަރު، ގެރިގުއި ފަދަ ތަކެތި ބަރުކޮށްގެން ނުވަތަ ބަރުކުރަން ބަނދަރަށް އަންނަ އުޅަނދުފަހަރުން އެފަދަ ތަކެތި އަރުވައި ބާލަންވާނީ، ކައުންސިލުން ކަނޑައަޅާ ބަނދަރުގެ ސަރަހައްދަކަށެވެ. މިފަދަ ތަކެތި ބާލަންވާނީ އެ ސަރަހައްދެއްގައި ސަތަރި ނުވަތަ ތަރަފާލު އަޅައިގެންނެވެ.

(ޅ)

މިމާއްދާގެ (ޅ)ގައި ބަޔާންކޮށްފައިވާ ފަދަ ތަކެތި، އުޅަނދަށް ބަރުކުރުމަށް ބަނދަރު ސަރަހައްދުގައި ބެހެއްޓޭނީ ނުވަތަ ބޭލުމަށްފަހު ބަނދަރު ސަރަހައްދުގައި ބެހެއްޓޭނީ އެންމެ ގިނަވެގެން 24 (ސައުވީސް) ގަޑިއިރަށެވެ. 24 (ސައުވީސް) ގަޑި އިރަށްވުރެ އިތުރުވާނަމަ ތަކެތި ބެހެއްޓޭނީ ކައުންސިލުން ހުއްދަ ލިބިގެންނެވެ.

(ކ)

މި މާއްދާގެ (ށ) ، (ނ) އަދި (ރ) ގައި ބަޔާންކޮށްފައިވާ ވަގުތަށް ވުރެ އިތުރުވާ ވަގުތަށް ފީ ނެގޭނީ ތިރީގައި މިވާ އުސޫލުންނެވެ.

(އ)

69 ފޫޓަށްވުރެ ކުރު އުޅަނދުފަހަރުން ފީ ނެގޭނީ ކޮންމެ ގަޑިއިރަކަށް ފޫޓަކަށް 2.00 (ދޭއް) ރުފިޔާ ގެ މަގުންނެވެ.

(1)

70 ފޫޓާއި 99 ފޫޓާ ދެމެދުގެ އުޅަނދުފަހަރުން ފީ ނެގޭނީ ގަޑިއިރަކަށް ފޫޓަކަށް 3.00 (ތިނެއް) ރުފިޔާގެ މަގުންނެވެ.

(2)

100 ފޫޓަށްވުރެ ދިގު އުޅަނދުފަހަރުން ފީ ނެގޭނީ ކޮންމެ ގަޑިއިރަކަށް ފޫޓަކަށް 5.00 (ފަހެއް) ރުފިޔާގެ މަގުންނެވެ.

(3)

އާންމުކޮށް ބަނދަރާއި ބަނދަރު ސަރަހައްދު ސާފުކޮށް ބެލެހެއްޓުމަކީ ކައުންސިލްގެ މަސްއޫލިއްޔަތެކެވެ.

(ހ)

.5

ބަނދަރު ސާފުކުރުން

މުދާ އަރުވައި ބޭލުމުގެ ސަބަބުން ނުވަތަ އެނޫންވެސް ސަބަބަކާހެދި ބަނދަރާއި ބަނދަރާގުޅޭ ސަރަހައްދަށްއެޅޭ ތެލާއި ކުނިފަދަ ތަކެތި، އެމަސައްކަތް ނިމުމުން އެންމެ ގިނަވެގެން 5 (ފަހެއް) ގަޑިއިރުގެ ތެރޭގައި އެމަސައްކަތްކުރި ނުވަތަ ކުރުވި ފަރާތަކުން ސާފުކުރަންވާނެއެވެ.

(ށ)

ސިމެންތި، ދޮންވެލި، ހިލަ، ހިލަވެލި، ކާޑު ފަދަ ބަސްތާތައް ބަނދަރުގެ އެއްގަމު ތޮށިމަތީގައި ޖައްސަންވާނީ ސަތަރި، ނުވަތަ ތަރަފާލު އަޅައިގެންނެވެ. އަދި މަސައްކަތް ނިމުމުން ގިނަވެގެން 4 (ހަތަރު) ގަޑިއިރުގެ ތެރޭގައި ސަތަރި ނުވަތަ ތަރަފާލު ނަގައި، ތަނަށް އެޅިފައި ހުރި ތަކެއްޗާ އެކުގައި ސާފުކުރަންވާނެއެވެ.

(ނ)

އެއްވެސް އުޅަނދެއް ބަނދަރުގައި ޖެހި ނުވަތަ މުދާ ބޭލުމުގެ ތެރޭގައި ނުވަތަ މުދާ ބަރުކުރުމުގެ ތެރޭގައި، ނުވަތަ އެ ނޫންވެސް ސަބަބަކާހުރެ، ބަނދަރަށް ގެއްލުން ވެއްޖެނަމަ، އެ ލިބުނު ގެއްލުން ކައުންސިލުން ބަލައި، އެ އުޅަނދެއްގެ ވެރިފަރާތް ނުވަތަ އެ އުޅަނދަކާ ހަވާލުވެފައިވާ ފަރާތާއި ކައުންސިލާ ދެމެދު އެއްބަސްވާ ގޮތެއްގެ މަތިން، އެ އުޅަނދެއްގެ ވެރިފަރާތުން ނުވަތަ އުޅަނދަކާ ޙަވާލުވެފައިވާ ފަރާތަކުން، ބަނދަރަށް ލިބުނު ގެއްލުން މަރާމާތު ކުރަންވާނެއެވެ.

 

.6

ބަނދަރަށް ލިބޭ ގެއްލުން މަރާމާތު ކުރުން

މިގަވާއިދުގެ 6 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ދެފަރާތުން އެއްބަސްވެވިފައިވާ ގޮތަށް، އުޅަނދުގެ ވެރި ފަރާތުން ނުވަތަ އުޅަނދާ ޙަވާލުވެފައިވާ ފަރާތުން ބަނދަރު މަރާމާތުކޮށް ނުދީފިނަމަ، ތިރީގައި ބަޔާންކުރެވިފައިވާ ގޮތްތަކަށް ޢަމަލުކުރުމުގެ އިޚްތިޔާރު ކައުންސިލަށް ލިބިގެންވެއެވެ.

 

.7

ބަނދަރަށް ލިބޭ ގެއްލުން

މަރާމާރުކޮށް ނުދިނުން

ޝަރުޢީ ކޯޓެއް މެދުވެރިކޮށް އެފަރާތުގެމައްޗަށް އަންގައި އަމުރުކޮށްދިނުމަށް ހުށައެޅުމުގެ ބާރު ކައުންސިލަށް ލިބިގެންވެއެވެ.

(ހ)

އެއުޅަނދުގެ ސަބަބުން ބަނދަރުން ހަލާކުވިތަން، އެ އުޅަނދަކަށް ޒިންމާވާ ފަރާތުން މަރާމާތުކުރަންދެން، އެއުޅަނދަށް ބަނދަރުން ޚިދުމަތް ނުލިބޭނެ ގޮތަށް ތަންފީޛީ އިދާރާއެއް މެދުވެރިކޮށް ތަންފީޛުކުރުމުގެ އިޚްތިޔާރު ކައުންސިލަށް ލިބިގެންވެއެވެ.

(ށ)

މި ގަވާއިދުގެ 7 ވަނަ މާއްދާގައިވާ ގޮތުގެ މަތިން، ގެއްލުން މަރާމާތުކުރުމަށް އުޅަނދުގެ ވެރިފަރާތުން ނުވަތަ އުޅަނދާ ޙަވާލުވެފައިވާ ފަރާތުން އިންކާރުކުރާ ޙާލަތުގައި އެ މަރާމާތެއް ކައުންސިލުން ކުރުމަށްފަހު، އެކަމަށް ހިނގި ޚަރަދު ދިނުމަށް އުޅަނދުގެ ވެރިފަރާތުން ނުވަތަ އުޅަނދާ ޙަވާލުވެފައިވާ ފަރާތަށް އަންގަންވާނެއެވެ. އަދި އެފަދައިން އެ ޚަރަދު ނުދައްކާ ޙާލަތުގައި އެ ފައިސާ ހޯދަން ކޯޓަށް ހުށަހެޅުމުގެ އިޚްތިޔާރު ކައުންސިލަށް ލިބިގެންވެއެވެ.

 

.8

މައްސަލަ ޙައްލު ކުރުމަށް

ހިނގާ ޚަރަދު

އުޅަނދުތަކުގެ ވާ އައްސަންވާނީ ކައުންސިލުގެ ފަރާތުން ބަނދަރުގައި ވާ އެއްސުމަށް ކަނޑައަޅާފައިވާ އެއްޗެއްގައި ނުވަތަ ތަނެއްގައެވެ.

(ހ)

.9

އެއްގަމަށް ވާ އެޅުމާއި

ލޮތާރި އެޅުން

އެއްވެސް އުޅަނދަކުން އެއްގަމަށް ލޮތާރި ނުވަތަ އެފަދައިން ބޭނުންކުރެވޭ އެއްޗެއް އަޅައިގެންނުވާނެއެވެ.

(ށ)

ބަނދަރުގެ ޚިދުމަތަކީ އާންމުކޮށް ހުރިހާ ފަރާތަކަށް ހުޅުވާލެވިގެންދެވޭ ޚިދުމަތަކަށްވުމުން ބަނދަރުގެ މުދާ ބޭލުމަށް ކައުންސިލުން ކަނޑައަޅާފައިވާ ބަނދަރު ސަރަހައްދުގެ ވަކިދިމާލެއް ވަކި އުޅަނދަކަށް ޚާއްޞަކުރެވިފައި ނުބޭއްވޭނެއެވެ.

(ހ)

.10

ބަނދަރު ވަކިފަރާތަކަށް

ޙާއްޞަވުން

މިމާއްދާގެ (ހ) އެހެން އޮތްނަމަވެސް، ކޮންމެ ބަނދަރެއްގައިވެސް ބަނދަރުގެ ޖާގައޮތްމިންވަރަކަށް ރިޢާޔަތްކޮށް ކައުންސިލުގެ ފަރާތުން ފީ ނަގާގޮތަށް ބަނދަރުގެ ވަކިސަރަހައްދެއް ވަކި އުޅަނދަކަށް ޚާއްޞަކޮށްފައި ބޭއްވުމަށް ވަގުތީ ހުއްދައާއި ދާއިމީ ހުއްދަ ދިނުމާއި ފައްތިޔާ ކަނޑައެޅުމުގެ އިޚުތިޔާރު ކައުންސިލަށް ލިބިގެންވެއެވެ. މި ގޮތުން ވަކި ސަރަޙައްދެއް ވަކި އުޅަނދަކަށް ޚާއްޞަކޮށްފައި ބޭއްވުމަށް ހުއްދަ ދިނުމުގެ ކުރިން، ދަތުރުވެރީން ރަށަށް އަރައި ފޭބުމަށާއި މުދާ އަރުވައި ބޭލުމަށް އެހެން އުޅަނދުތަކަށް އެކަށީގެންވާ ޖާގަ ހުރިކަން ކައުންސިލުން ކަށަވަރުކުރަން ވާނެއެވެ.

(ށ)

މުދާ އަރުވައި ބޭލުމަށާއި މީހުން އަރައި ފޭބުމަށާއި ފެރީ އުޅަނދުތައް ގާތް ކުރުމަށް، ބަނދަރުގެ ވަކި ސަރަހައްދެއް ކަނޑައެޅުމުގެ ބާރު ކައުންސިލަށް ލިބިގެންވެއެވެ.

(ނ)

މިމާއްދާގެ (ނ) ގެ ދަށުން، މީހުން އަރައި ފޭބުމަށާއި، ފެރީ އުޅަނދުތައް ގާތްކުރުމަށް ބަނދަރުގައި ޚާއްޞަކުރާ ސަރަޙައްދުގައި އުޅަނދު ބޭއްވޭނެ ވަގުތު ކަނޑައެޅުމުގެ ބާރު، ކައުންސިލަށް ލިބިގެންވެއެވެ.

(ރ)

 

 

މުދާ އަރުވައި ބޭލުމާއި މީހުން އަރައި ފޭބުމާއި ފެރީ އުޅަނދުތައް ގާތް ކުރުމަށް ކައުންސިލުން ކަނޑައަޅާ ސަރަހައްދުގައި އެނޫން އެހެން ބޭނުމަކު އުޅަނދުފަހަރު އަޅާފައި ބޭއްވުމަކީ މަނާކަމެކެވެ.

(ބ)

ފަޅުތެރޭގައި ވާ އެޅުމާއި ލޮތާރި އެޅުން ފަދަ ކަންތައްތައް ކުރަންވާނީ ފަޅުބޭނުންކުރާ ފަރާތްތަކަށް ދަތިނުވާގޮތަށް ނުވަތަ އެފަދަ ކަންކަންކުރުމަށް ކައުންސިލުން ކަނޑައަޅާ އާންމު އުސޫލާ އެއްގޮތަށެވެ.

(ހ)

.11

ފަޅުތެރޭގައި ވާ އެޅުމާއި ލޮތާރީ އެޅުން

މި މާއްދާގެ (ހ) ގެ ދަށުން ކަނޑައަޅާ އުސޫލާ ޚިލާފުވާ ފަރާތް ނުވަތަ ފަރާތްތައް ފުރަތަމަ ފަހަރު ނަސޭހަތް ދިނުން، ދެވަނަ ފަހަރު ކުށް ތަކުރާރުކޮށްފިނަމަ 500.00 (ފަސްސަތޭކަ) ރުފިޔާއާއި 1000.00 (އެއްހާސް) ރުފިޔާއާއި ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުން؛ ތިންވަނަފަހަރު ކުށް ތަކުރާރުކޮށްފިނަމަ 1000.00 (އެއްހާސް) ރުފިޔާއާއި 3000.00 (ތިން ހާސް) ރުފިޔާއާއި ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުން؛ ހަތަރުވަނަ ފަހަރު ކުށް ތަކުރާރުކޮށްފި ނަމަ 3000.00 (ތިންހާސް) ރުފިޔާއާއި 5000.00 (ފަސްހާސް) ރުފިޔާއާއި ދެމެދުގެ އަދަދަކުންޖޫރިމަނާ ކުރުން އަދި ހަތަރުވަނަ ފަހަރަށް ވުރެ އިތުރަށް ކުށް ތަކުރާރުކުރާ ކޮންމެފަހަރަކު 5000.00 (ފަސްހާސް) ރުފިޔާއިން ޖޫރިމަނާ ކުރުމުގެ އިޚުތިޔާރު މި ގަވާއިދުގެދަށުން ކައުންސިލަށް ލިބިގެންވެއެވެ.

(ށ)

ބަނދަރުގައި އިމްޕޯޓްމުދާ ވިއްކޭނީ ރަށްރަށުގެ ބަނދަރުގައި މުދާވިއްކުމުގެ ހުއްދަ ދައުލަތުން ހޯދާފައިވާ ފަރާތްތަކަށެވެ. 

(ހ)

.12

ބަނދަރުތެރޭގައި  އިމްޕޯޓް މުދާވިއްކުން

ބަނދަރުގައި ވިޔަފާރިކުރަން ފެށުމުގެކުރިން ކައުންސިލް އިދާރާއަށް ހުއްދަތައް ހުށައަޅަންވާނެއެވެ. އަދި ކައުންސިލުން ލިޔުންތައް ޗެކް ކުރުމަށްފަހު އެފަރާތަކަށް ބަނދަރުގައި މުދާވިއްކުމަށް ހުއްދަ ދޫކުރާނީ ލިޔުމުންނެވެ.

(ށ)

ބަނދަރުގައި ވިޔަފާރިކުރިނަމަވެސް ވިޔަފާރި ކުރަންވާނީ ދިވެހިރާއްޖޭގައި ވިޔަފާރިކުރުމަށް ހެދިފައިވާ ޤަވާއިދުތަކާއި އެއްގޮތަށެވެ.

ނަމާދު ވަގުތުތަކާއި ވިޔަފާރިކުރުން މަނާ ގަޑިތަކުގައި ވިޔަފާރީގެ އެއްވެސް މުޢާމަލާތެއް ކޮށްގެންނުވާނެއެވެ.

(ނ)

 

ބަނދަރުގައި ވިޔަފާރިކުރާ އުޅަނދު ފަހަރު އަޅާފައި ބާއްވަންވާނީ ލަފާފުރާ އުޅަނދުފަހަރަށް ދަތިނުވާގޮތަށެވެ.

(ރ)

 

ބަނދަރުގައި ވިޔަފާރި ކުރާ އުނޅަދުތަކުން ފަޅުގައި އޮންނަ ކޮންމެ ދުވަހަކަށް ބަނދަރު ފީއެއްގެ ގޮތުގައި ދުވާލަކަށް .00700 (ހަތްސަތޭކަ) ރުފިޔާ ކައުންސިލަށް ދައްކަންވާނެއެވެ. އަދި ބަނދަރުގެ ޕޭވްމަންޓު މަތީގައި މުދާ ބަހައްޓައިގެން ވިއްކާނަމަ މުދާ ބެހެއްޓުމަށް ބޭނުންކުރާ ކޮންމެ އަކަފޫޓަކަށް .0030 (ތިރީސް) ލާރި ބިމުކުލީގެ ގޮތުގައި ކައުންސިލަށް ދައްކަންވާނެއެވެ.

(ބ)

ބަނދަރުތެރޭގައި އެއް އުޅަނދު އަނެއް އުޅަނދަށް މަސްކިރުވަންވާނީ، ބަނދަރުތެރޭގައި މަސްކިރުމަށް ކައުންސިލުން އާންމުކޮށްފައިވާ އުސޫލުތަކާއި އެއްގޮތްވާ ގޮތުގެ މަތިން، ކައުންސިލަށް ހުށަހަޅައި ލިޔުމުން ހުއްދަ ލިބިފައިވާ މަސްކިރާ ފަރާތްތަކަށެވެ. މި ގޮތުން މި ގަވާއިދަށް ޢަމަލުކުރަން ފަށާތާ 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި ކައުންސިލުން މި އުސޫލުތައް ކަނޑައަޅައި އާންމުކުރަން ވާނެވެ.

(ހ)

.13

ބަނދަރުތެރޭގައި މަސްކިރުން

މަސްކިރުމުގެ ތެރޭގައިވެސް، ބަނދަރުތެރެއަށް ކުންޏާއި، ކަރުގޮހޮރާއި، މަހުގެ ބާވަތްތަކާއި މި ނޫންވެސް މިފަދަ ތަކެތި އެޅުމަކީ މަނާކަމެކެވެ.

(ށ)

މި މާއްދާގެ (ހ) އަދި (ށ) އާ ޚިލާފުވާ ފަރާތް ނުވަތަ ފަރާތްތައް ފުރަތަމަ ފަހަރު ނަސޭހަތް ދިނުން، ދެވަނަ ފަހަރު ކުށް ތަކުރާރުކޮށްފިނަމަ 500.00 (ފަސްސަތޭކަ) ރުފިޔާއާއި 1000.00 (އެއްހާސް) ރުފިޔާއާއި ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުން؛ ތިން ވަނަފަހަރު ކުށް ތަކުރާރުކޮށްފިނަމަ 1000.00 (އެއްހާސް) ރުފިޔާއާއި 3000.00 (ތިންހާސް) ރުފިޔާއާއި ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުން؛ ހަތަރު ވަނަ ފަހަރު ކުށް ތަކުރާރުކޮށްފި ނަމަ 3000.00 (ތިންހާސް) ރުފިޔާއާއި 5000.00 (ފަސްހާސް) ރުފިޔާއާއި ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުން، އަދި ހަތަރުވަނަ ފަހަރަށްވުރެ އިތުރަށް ކުށް ތަކުރާރުކުރާ ކޮންމެފަހަރަކު 5000.00 (ފަސްހާސް) ރުފިޔާއިން ޖޫރިމަނާ ކުރުމުގެ އިޚުތިޔާރު މި ގަވާއިދުގެދަށުން ކައުންސިލަށް ލިބިގެންވެއެވެ.

(ނ)

ފަތުރުވެރިން ދަތުރުކުރާ އުޅަނދުފަހަރު ފަތުރުވެރިންނާއިއެކު މާޅޮސްމަޑުލު އުތުރުބުރީ ހުޅުދުއްފާރު ބަނދަރަށްވަދެނިކުމެ ހަދަންވާނީ ކައުންސިލުގެ ހުއްދަ ލިބިގެންނެވެ. މިގޮތުން ވަންނަ އުޅަނދުފަހަރު، ބަނދަރުގައި އޮންނަ ކޮންމެ 24 (ސައުވީސް) ގަޑިއިރަކަށް 50 (ފަންސާސް) އެމެރިކާ ޑޮލަރު ނުވަތަ 50 (ފަންސާސް) އެމެރިކާ ޑޮލަރަށްވާ ދިވެހި ފައިސާ، އެ އުޅަނދަކުން ކައުންސިލަށް ދައްކަންވާނެއެވެ. 24 (ސައުވީސް) ގަޑިއިރު ހަމަނުވިކަމުގައި ވިޔަސް ފައިސާ ނަގާނީ، 24 (ސައުވީސް) ގަޑިއިރަށެވެ.

(ހ)

.14

ފަތުރުވެރިންގެ އުޅަނދުފަހަރު

ފަތުރުވެރިން ދަތުރުކުރާ އުޅަނދު ބަނދަރުގެ ނެރުން ވަނުމަށް ފަހު، އުޅަނދު ނެރުން ނިކުންނަންދެން، އޭގައި ތިބި ފަސިންޖަރުންނާއި ފަޅުވެރިން އާންމުކޮށް ފެންނަގޮތަށް އުޅަނދުގައި ތިބެންޖެހޭނީ މީހުން ޢާންމުކޮށް އަޅައި އުޅޭ، އާންމު އިޖުތިމާޢީ މިންގަނޑާ ޚިލާފުނުވާ ފޭރާމެއްގައެވެ.

(ށ)

މި މާއްދާގެ (ހ) އަދި (ށ) އާ ޚިލާފުވެއްޖެ ނަމަ އެ އުޅަނދަކާ ހަވާލުވެ ހުރި ފަރާތް ނުވަތަ އެޖެންޓަށް ފުރަތަމަ ފަހަރަށް ނަސޭހަތް ދިނުން، ދެވަނަ ފަހަރު ކުށް ތަކުރާރުކޮށްފިނަމަ700.00  (ހަތްސަތޭކަ) ރުފިޔާއާއި 1000.00 (އެއްހާސް) ރުފިޔާއާއި ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުން، ތިންވަނަ ފަހަރު ކުށް ތަކުރާރުކޮށްފި ނަމަ 1000.00 (އެއްހާސް) ރުފިޔާއާއި 3000.00 (ތިންހާސް) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުން، ހަތަރު ވަނަ ފަހަރު ކުށް ތަކުރާރުކޮށްފި ނަމަ 3000.00 (ތިންހާސް) ރުފިޔާއާއި 5000.00 (ފަސްހާސް) ރުފިޔާއާއި ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުން އަދި ހަތަރުވަނަ ފަހަރަށްވުރެ އިތުރަށް ކުށް ތަކުރާރު ކުރާ ކޮންމެ ފަހަރަކު 5000.00 (ފަސްހާސް) ރުފިޔާއިން ޖޫރިމަނާ ކުރުމުގެ އިޚުތިޔާރު، މި ގަވާއިދުގެ ދަށުން ކައުންސިލަށް ލިބިގެން ވެއެވެ.

(ނ)

ޚާއްޞަ ހާލަތެއް މެދުވެރިވެގެން ކައުންސިލުގެ ފަރާތުން، އުޅަނދެއް އޮތްތަނުން ނަގަންބޭނުންވެއްޖެނަމަ، އެ އުޅަނދެއް ނަގަންޖެހޭ ޚާއްޞަ ހާލަތް ބަޔާންކޮށް ލިޔުމުން، އުޅަނދުގެ ވެރިފަރާތަށް ނުވަތަ އުޅަނދާއި ޙަވާލުވެގެން ހުރި ފަރާތަށް އެކަން އަންގަންވާނެއެވެ.

(ހ)

.15

ޚާއްޞަ ހާލަތެއްގައި އުޅަނދު

އަޅާފައިވާ ސަރަހައްދުން ނެގުން

މި މާއްދާގެ ބޭނުމަށްޓަކައި ޚާއްޞަ ހާލަތުތައްކަމުގައި އަންނަނިވި ކަންތައްތައް ބެލެވިދާނެވެ.

(ށ)

ވަކި ރަސްމިއްޔާތަކާއި ގުޅިގެން އެ އުޅަނދު އޮތް ސަރަހައްދު ހުސްކުރަންޖެހުން.

1.

ބޮޑު އުޅަނދެއް ބަނދަރަށް ވަންނަން ޖެހުން.

2.

ސަރުކާރުންނާއި ކައުންސިލުން ހިންގުމަށް ނިންމާފައިވާ ހަރަކާތަކާއި ގުޅިގެން ބަނދަރުގައި އޮޑިދޯނިފަހަރު ގެންގުޅުން.

3.

ބަނދަރު މަރާމާތުކުރުމަށް ކުރަންޖެހޭ ކަމަކާއި ގުޅިގެން އުޅަނދު ނަގަންޖެހުން.

4.

މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައިވީނަމަވެސް، އިމަރޖެންސީ ޙާލަތެއް މެދުވެރިވެގެން އުޅަނދު އޮތްތަނުން ނަގަންޖެހިއްޖެހިނދެއްގައި އެ މާއްދާގެ (ހ) ގައި ބަޔާންކުރާގޮތުގެމަތިން ލިޔުމަކުން އެންގުމެއްނެތި، ކައުންސިލަށް އެކަން ކުރުމުގެ އިޚްތިޔާރު ލިބިގެންވެއެވެ. އަދި އެފަދަ ޙާލަތެއްގައި އުޅަނދުގެ ވެރިފަރާތަށް ފޯނުން އަންގަންވާނެއެވެ. އަދި އުޅަނދު ނެގުމަށްފަހު، އުޅަނދު ނެގިކަން އުޅަނދުގެ ވެރިފަރާތަށް ނުވަތަ އުޅަނދާ ޙަވާލުވެގެން ހުރި ފަރާތަށް އަންގަންވާނެއެވެ.

(ނ)

މި މާއްދާގެ (ހ) ގައި ބުނެފައިވާ އެންގުން އެ އުޅަނދުގެ ވެރިފަރާތް ނުވަތަ އުޅަނދާއި ހަވާލުވެގެން ހުރި ފަރާތަކަށް ނޭންގިއްޖެނަމަ ނުވަތަ އެއިން މީހަކު ނެތްނަމަ އެ އުޅަނދުގެ ފަޅުވެރިޔަކަށް އެންގުން، ފަޅުވެރިޔަކުވެސް ނެތްނަމަ އެ އުޅަނދުގައި ނޯޓިސްއެއް އާންމުކޮށް ފެންނަގޮތަށް ހަރުކުރުމުން އެއުޅަނދު ނެގުމަށް އެންގުނީ ކަމަށް ބަލަންވާނެއެވެ.

(ރ)

މިމާއްދާގެ (ހ)، (ށ)، (ނ) އަދި (ރ) ގައި ވާގޮތުގެމަތިން އެ އުޅަނދެއް ނަގަން އެންގުމުން އެ އެންގުމާ ޚިލާފުވާ ފަރާތް ނުވަތަ ފަރާތްތަކަށް ފުރަތަމަ ފަހަރު ނަސޭހަތް ދިނުން، ދެވަނަފަހަރު ކުށް ތަކުރާރުކޮށްފި ނަމަ 700.00 (ހަތްސަތޭކަ) ރުފިޔާއާއި 1000.00 (އެއްހާސް) ރުފިޔާއާއި ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުން؛ ތިންވަނަ ފަހަރު ކުށް ތަކުރާރުކޮށްފިނަމަ 1000.00 (އެއްހާސް) ރުފިޔާއާއި 3000.00 (ތިންހާސް) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުން؛ ހަތަރުވަނަ ފަހަރު ކުށް ތަކުރާރުކޮށްފި ނަމަ 3000.00 (ތިންހާސް) ރުފިޔާއާއި 5000.00 (ފަސްހާސް) ރުފިޔާއާއި ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުން އަދި ހަތަރުވަނަ ފަހަރަށް ވުރެ އިތުރަށް ކުށް ތަކުރާރުކުރާ ކޮންމެ ފަހަރަކު 5000.00 (ފަސްހާސް) ރުފިޔާއިން ޖޫރިމަނާ ކުރުމުގެ އިޚުތިޔާރު މި ގަވާއިދުގެ ދަށުން ކައުންސިލަށްލިބިގެންވެއެވެ.

(ބ)

އިންޖީނަށް ގެއްލުން ލިބުން ފަދަ ކަންކަމުގައި ދަތުރު ނުކުރެވޭ ގޮތް ދިމާވެފައިވާ އުޅަނދުފަހަރުވެސް ތޮށިގަނޑު ކައިރީގައި ތޮށިގަނޑު ދިގަށް ބޭއްވޭނީ ކައުންސިލުގެ ހުއްދައާއެކު، ގިނަވެގެން 2 (ދޭއް) ދުވަސް ވަންދެންނެވެ. އެއަށްވުރެ އިތުރުވާ ކޮންމެ 24 (ސައުވީސް) ގަޑިއިރަކަށް 100.00 (އެއްސަތޭކަ) ރުފިޔާގެ ފީއެއް ކައުންސިލަށް ދައްކަންވާނެއެވެ. 24 (ސައުވީސް) ގަޑިއިރު ހަމަނުވިކަމުގައި ވީނަމަވެސް، 2 (ދޭއް) ދުވަހަށްވުރެ އިތުރުވާ ވަގުތަށް ފީނެގޭނީ 24 (ސައުވީސް) ގަޑިއިރަށް ފީ ނެގޭ މިންވަރަށެވެ. މި މާއްދާގެ ދަށުން ކައުންސިލުން ހުއްދަ ދޭނީ ލިބިފައިވާ ގެއްލުން ބަޔާންކޮށް ކައުންސިލަށް ލިޔުމަކުން ހުށަހެޅުމުންނެވެ. އަދި މި ގޮތަށް ހުށަހަޅާތާ ގިނަވެގެން 3 (ތިނެއް) ދުވަހުގެ ތެރޭގައި ކައުންސިލުން އުޅަނދަށް ޖަވާބެއް ދޭންވާނެވެ.

 

.16

އިންޖީނަށް ގެއްލުން ލިބުންފަދަ

ދަތުރު ނުކުރެވޭ ހާލަތު

މެދުވެރިވާ އުޅަނދު

"ރ. ހުޅުދުއްފާރުގައި ކުނިއުކާލުމާއި ކުނި ނައްތާލުމާއި ބެހޭ އުޞޫލު" ގެ ދަށުން އެއްވެސް އުޅަނދަކުން ނުވަތަ އެއްވެސް ފަރާތަކުން ފަޅުތެރެއަށާއި ބަނދަރާއި ބަނދަރު ސަރަހައްދަށް ކުނިފަދަ ތަކެތި އެޅުމާއި، ޑަސްބިން ދޮވުމާއި، މަހުގެ އުކާލެވޭ ބައިތަކާއި، ކަރުގޮހޮރު ފަދަ ތަކެތި އެޅުމަކީ މަނާކަމެކެވެ. އަދި ބަނދަރާއި ބަނދަރު ސަރަހައްދަށް ޤަޟާޙާޖާތް ކުރުމަކީވެސް މަނާކަމެކެވެ.

(ހ)

.17

ބަނދަރާއި ބަނދަރު

ސަރަހައްދަށް ކުނި އެޅުން

"ތެޔޮ އެޅުމާއި ބެހޭ ޤާނޫނު" ގެ ދަށުން އުޅަނދުގެ އިންޖީނުގެ އަޑީތެޔޮ ގިއަރުތެޔޮ، ނުވަތަ އެފަދަ އެއްޗަކާއިއެކުވެފައި ހުންނަ ތެޔޮ އެކުލެވޭ ނުވަތަ ތެޔޮ ފަދަ އެއްޗަކާއި ތަޣައްޔަރުވެފައިވާ ފެން ނުވަތަ ދިޔަގަނޑު ބަނދަރު ތެރެއަށް ހިއްކުމަކީ މަނާކަމެކެވެ.

(ށ)

މި މާއްދާގެ (ހ) އަދި (ށ) އާއި ޚިލާފުވާ ފަރާތް ނުވަތަ ފަރާތްތަކަށް ފުރަތަމަ ފަހަރު ނަސޭހަތް ދިނުން، ދެވަނަ ފަހަރު ކުށް ތަކުރާރުކޮށްފި ނަމަ 700.00 (ހަތްސަތޭކަ) ރުފިޔާއާއި 1000.00 (އެއްހާސް) ރުފިޔާއާއި ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުން؛ ތިންވަނަފަހަރު ކުށް ތަކުރާރުކޮށްފިނަމަ 1000.00 (އެއްހާސް) ރުފިޔާއާއި 3000.00 (ތިން ހާސް) ރުފިޔާއާއި ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުން؛ ހަތަރު ވަނަ ފަހަރު ކުށް ތަކުރާރުކޮށްފި ނަމަ3000.00  (ތިންހާސް) ރުފިޔާއާއި 5000/- (ފަސްހާސް) ރުފިޔާއާއި ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުން އަދި ހަތަރުވަނަ ފަހަރަށް ވުރެ އިތުރަށް ކުށް ތަކުރާރުކުރާ ކޮންމެފަހަރަކު 5000.00 (ފަސްހާސް) ރުފިޔާއިން ޖޫރިމަނާ ކުރުމުގެ އިޚުތިޔާރު، މި ގަވާއިދުގެދަށުން ކައުންސިލަށް ލިބިގެންވެއެވެ.

(ނ)

މަސް މާރުކޭޓަށް ނުވަތަ މަސްކެނޑުމަށް ކައުންސިލުން ކަނޑައަޅާ ތަން ފިޔަވައި ބަނދަރު އެހެން އެއްވެސް ތަނެއްގައި މަސް ކެނޑުމާއި ވިއްކުމަކީ މަނާކަމެކެވެ.

(ހ)

.18

ބަނދަރު ސަރަހައްދުގައި

މަސްކެނޑުން

މަސް މާރުކޭޓަށް ނުވަތަ މަސްކެނޑުމަށް ކައުންސިލުން ކަނޑައަޅާ ތަނަށް މަސް ގެންދިއުމުގައި ނުވަތަ މަސް އުފުލުމުގައި، ބަނދަރުގެ އެއްގަމުތޮށްޓާއި ބަނދަރު ސަރަޙައްދުގައި އަޅައިފައިވާ ގާތަށް ހަޑިވާގޮތަށް އެކަން ކުރުމަކީ މަނާކަމެކެވެ. އަދި އެ ފަދަކަމެއް ދިމާވެއްޖެނަމަ އެ ހަޑިވި ތަނެއް ސާފުކުރުމަކީ އެކަން ކުރި ފަރާތުން ކުރަންޖެހޭނެ ކަމެކެވެ.

(ށ)

މި މާއްދާގެ (ހ) އަދި (ށ) އާއި ޚިލާފުވާ ފަރާތް ނުވަތަ ފަރާތްތަކަށް ފުރަތަމަ ފަހަރު ނަސޭހަތް ދިނުން، ދެވަނަ ފަހަރު ކުށް ތަކުރާރުކޮށްފި ނަމަ 700.00 (ހަތްސަތޭކަ) ރުފިޔާއާއި 1000.00 (އެއްހާސް) ރުފިޔާއާއި ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުން؛ ތިންވަނަ ފަހަރު ކުށް ތަކުރާރުކޮށްފިނަމަ 1000.00 (އެއްހާސް) ރުފިޔާއާއި 3000.00 (ތިންހާސް) ރުފިޔާއާއި ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުން؛ ހަތަރުވަނަ ފަހަރު ކުށް ތަކުރާރުކޮށްފި ނަމަ 3000.00 (ތިންހާސް) ރުފިޔާއާއި 5000.00 (ފަސްހާސް) ރުފިޔާއާއި ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުން، އަދި ހަތަރުވަނަ ފަހަރަށް ވުރެ އިތުރަށް ކުށް ތަކުރާރުކުރާ ކޮންމެ ފަހަރަކު 5000.00 (ފަސްހާސް) ރުފިޔާއިން ޖޫރިމަނާ ކުރުމުގެ އިޚުތިޔާރު، މި ގަވާއިދުގެ ދަށުން ކައުންސިލަށް ލިބިގެންވެއެވެ.

(ނ)

 

 

ބަނދަރުތެރޭގައާއި ބަނދަރު ސަރަހައްދުގައި އެން ކޮށްޓާއި ދިރޭމަސް ކޮށީގައި ބަހައްޓައިގެން ދާއިމީކޮށް ގެންގުޅުމަކީ މަނާކަމެކެވެ. އެގޮތުން އެންމެ ގިނަވެގެން ގެންގުޅެވޭނީ 15 (ފަނަރަ) ދުވަހަށެވެ.

(ހ)

.19

ބަނދަރުތެރޭގައި އެންކޮށްޓާއި  ދިރޭމަސް ގެންގުޅުން

މާއްދާގެ (ހ) ގައި އެހެން ބުނެފައިވީ ނަމަވެސް، މޫސުމީ މަސްވެރިކަމަށް މަސްވެރިންގެންގުޅޭ ދިރޭ މަސް ދޯނީގައްޔާއި ދޯނީގައި ހަރުކޮށްފައި ހުންނަ ދާތަކުގައި ވަގުތީ ގޮތަށް ގެންގުޅުމަކަށް މި މާއްދާގެ (ހ) ހުރަހެއް ނާޅައެވެ. އަދި މި ގޮތަށް މަސް ގެންގުޅެންވާނީ އެހެން ފަރާތްތަކަށް އުނދަގޫ ނުވާނެ ގޮތަށް މަސްވެރިކަމާބެހޭ ޤާނޫނާއި އެ ޤާނޫނުގެ ދަށުން އެކުލަވާލާފައިވާ ކަމާއިގުޅޭ ގަވާއިދުތަކާއި އެއްގޮތްވާ ގޮތުގެމަތިންނެވެ.

(ށ)

މި މާއްދާގެ (ހ) އަދި (ށ) އާއި ޚިލާފުވާ ފަރާތް ނުވަތަ ފަރާތްތަކަށް ފުރަތަމަ ފަހަރު ނަސޭހަތް ދިނުން، ދެވަނަ ފަހަރު ކުށް ތަކުރާރުކޮށްފި ނަމަ 700.00 (ހަތްސަތޭކަ) ރުފިޔާއާއި 1000.00 (އެއްހާސް) ރުފިޔާއާއި ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުން؛ ތިންވަނަފަހަރު ކުށް ތަކުރާރުކޮށްފި ނަމަ 1000.00 (އެއްހާސް) ރުފިޔާއާއި 3000.00 (ތިންހާސް) ރުފިޔާއާއި ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުން؛ ހަތަރުވަނަ ފަހަރު ކުށް ތަކުރާރުކޮށްފި ނަމަ3000.00  (ތިންހާސް) ރުފިޔާއާއި 5000.00 (ފަސްހާސް) ރުފިޔާއާއި ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުން، އަދި ހަތަރުވަނަ ފަހަރަށްވުރެ އިތުރަށް ކުށް ތަކުރާރުކުރާ ކޮންމެފަހަރަކު 5000.00 (ފަސްހާސް) ރުފިޔާއިން ޖޫރިމަނާ ކުރުމުގެ އިޚުތިޔާރު، މި ގަވާއިދުގެދަށުން ކައުންސިލަށް ލިބިގެންވެއެވެ.

(ނ)

ބަނދަރު ސަރަހައްދުގެ ފަޅުތެރޭގައި އެއްވެސް އުޅަނދެއް މަރާމާތުގެ މަސައްކަތެއް ކުރަންވާނީ ކައުންސިލްގެ ހުއްދަ ލިބިގެންނެވެ.

(ހ)

.20

 

 

ބަނދަރު ސަރަޙައްދުގައި އުޅަނދު މަރާމާތުކުރުން

ފައިބަރ ގޭނުމާއި ފައިބަރުޖެހުމާއި، ފަޅުތެރެ ހަޑިވާގޮތަށް ލަކުޑީގެ މަރާމާތު މަސައްކަތްކުރުމަކީ މަނާކަމެކެވެ.

(ށ)

މި މާއްދާގެ (ހ) އަދި (ށ) އާއި ޚިލާފުވާ ފަރާތް ނުވަތަ ފަރާތްތަކަށް ފުރަތަމަ ފަހަރު ނަސޭހަތް ދިނުން، ދެވަނަ ފަހަރު ކުށް ތަކުރާރުކޮށްފި ނަމަ 700.00 (ހަތްސަތޭކަ) ރުފިޔާއާއި 1000.00 (އެއްހާސް) ރުފިޔާއާއި ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުން؛ ތިންވަނަފަހަރު ކުށް ތަކުރާރުކޮށްފި ނަމަ 1000.00 (އެއްހާސް) ރުފިޔާއާއި 3000.00 (ތިންހާސް) ރުފިޔާއާއި ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުން؛ ހަތަރުވަނަ ފަހަރު ކުށް ތަކުރާރުކޮށްފިނަމަ3000.00  (ތިންހާސް) ރުފިޔާއާއި 5000.00 (ފަސްހާސް) ރުފިޔާއާއި ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުން، އަދި ހަތަރުވަނަ ފަހަރަށް ވުރެ އިތުރަށް ކުށް ތަކުރާރުކުރާ ކޮންމެފަހަރަކު 5000.00 (ފަސްހާސް) ރުފިޔާއިން ޖޫރިމަނާ ކުރުމުގެ އިޚުތިޔާރު، މި ގަވާއިދުގެދަށުން ކައުންސިލަށް ލިބިގެންވެއެވެ.

(ނ)

ބަނދަރު ސަރަހައްދުގެ ފަޅުތެރެއަށް އުޅަނދެއް ފެތިއްޖެނަމަ، ނުވަތަ އަޑިއަށް ގޮސްފިނަމަ، އެ އުޅަނދެއް ގިނަވެގެން 48 (ސާޅީސް އަށެއް) ގަޑިއިރުގެ ތެރޭގައި ނަގަންވާނެއެވެ .އަދި އުޅަނދެއް ބަނދަރު ސަރަހައްދަށް ފެތިފައި ނުވަތަ އަޑިއަށް ގޮސްފައި އޮވެ، 5 (ފަހެއް) ދުވަހަށްވުރެ އިތުރުވެއްޖެނަމަ، އެ އުޅަނދެއް ނެގުމަށް ކައުންސިލުގެ ފަރާތުން އެ އުޅަނދެއްގެ ވެރިފަރާތަށް ނުވަތަ އެ އުޅަނދަކާއި ހަވާލުވެހުރި ފަރާތަކަށް އަންގަންވާނެއެވެ. އަދި އުޅަނދުގެ ވެރިފަރާތް ނުވަތަ ހަވާލުވެހުރި ފަރާތް ނޭނގޭނަމަ އެފަރާތެއް ހޯދުމަށްޓަކައި އާންމުކޮށް އިޢުލާން ކުރަންވާނެވެ.

(ހ)

.21

ބަނދަރު ސަރަހައްދުގެ

ފަޅުތެރެއަށް ފެތޭ އުޅަނދު

މި މާއްދާގެ (ހ) ގައި ވާ ގޮތަށް އަންގާތާ ނުވަތަ އިޢުލާން ކުރާތާ 10 (ދިހައެއް) ދުވަހުގެ ތެރޭގައި އެ އުޅަނދެއްގެ ވެރިފަރާތް ނުވަތަ ހަވާލުވެ ހުރި ފަރާތުން އެއްވެސް ޚަބަރެއް ނުވެއްޖެ ނަމަ، ނުވަތަ އެ ފަރާތް އެނގިގެން މި މާއްދާގެ (ހ) ގައިވާ އެންގުން އެންގުމަށްފަހު ވެސް އުޅަނދު އޮތް ސަރަހައްދުން ނުނަގައިފިނަމަ، އެ އުޅަނދެއް ބަނދަރު ސަރަހައްދުން ނަގައި ކައުންސިލުން ކަނޑައަޅާ ތަނަކަށް ގެންދިއުމުގެ ހުއްދަ، ކޯޓު އަމުރެއްގެ ދަށުން ހޯދައި އެތަނަކަށް އުޅަނދު ގެންދަންވާނެވެ. އަދި މި ގޮތަށް ގެންދާ ގެންދިއުމުގައި އުޅަނދަށް ލިބޭ އެއްވެސް ގެއްލުމަކަށް ކައުންސިލުގެ ފަރާތުން ޒިންމާވާކަށް ނުޖެހޭނެއެވެ.

(ށ)

މިމާއްދާގެ (ށ) ގައިވާ އުސޫލުން ނެގޭ އުޅަނދުތައް ނެގުމަށާއި އުޅަނދުގެ ވެރިފަރާތް ހޯދުމަށް އިޢުލާން ކުރުމަށާއި އުޅަނދު އެ ސަރަހައްދުން ނެގުމަށް ދިޔަ ޚަރަދާއި، އެއުޅަނދަށް އިތުރު އެއްވެސް ފީއެއް ދައްކަންޖެހި ނުދައްކައި ވާނަމަ، އަދި ޖޫރިމަނާއެއްކުރެވި އެފައިސާ ނުދައްކައި ވާނަމަ، އެފައިސާތައް ދައްކައި ޚަލާޞްކޮށް، ފައިސާދެއްކިކަމުގެ ލިޔުމާއި އެ އުޅަނދާބެހޭ ރަސްމީ ލިއުންތައް ހުށަހެޅުމުން، އެ އުޅަނދެއް އުޅަނދުގެ ވެރިފަރާތާއި ޙަވާލުކުރަންވާނެއެވެ.

(ނ)

އުޅަނދު ނަގާތާ 15 (ފަނަރަ) ދުވަސްވުމުން، ދެން އުޅަނދު ދޫކުރެވޭނީ މިމާއްދާގެ (ނ) ގައިވާ ޚަރަދާއި ފީއާއި ޖޫރިމަނާގެ އިތުރުން އިތުރަށް ހިނގާ ކޮންމެ ދުވަހަކަށް 75.00 (ހަތްދިހަފަހެއް) ރުފިޔާގެ ޖޫރިމަނާއެއް ދެއްކުމަށް ފަހުގައެވެ. އަދި މިގޮތުން ނެގޭ އުޅަނދެއް ނުގެންގޮސް 6 (ހައެއް) މަސްދުވަހުގެ މުއްދަތަށްވުރެ އިތުރުވެއްޖެނަމަ، އެ އުޅަނދެއް ނައްތައިލުމުގެ ބާރު ނުވަތަ ނީލަމުގައި ވިއްކައިލުމުގެ އިޚުތިޔާރު ކައުންސިލަށް ލިބިގެންވެއެވެ. މިގޮތަށް ކަންތައް ކުރާނީ ވެރިފަރާތަށް އެކަން އެންގުމަށްފަހު އާންމުކޮށް އިޢުލާން ކޮށް ކޯޓު އަމުރެއްގެދަށުންނެވެ.

(ރ)

މިމާއްދާގެ (ރ) ގެ ދަށުން ނައްތާލެވޭ އުޅަނދުތަކަށް، ޖޫރިމަނާއާއި ފީގެ ގޮތުގައި ދައްކަންޖެހި ނުދައްކާ އެއްވެސް ފައިސާއެއްވާނަމަ އެ ފައިސާއެއް އެ އުޅަނދުގެ ވެރިފަރާތުގެ ކިބައިން ހޯދުމުގެ އިޚްތިޔާރު ކައުންސިލަށް ލިބިގެންވެއެވެ.

(ބ)

 

 

މިގަވާއިދުގެ 21 ވަނަ މާއްދާގެ ދަށުން ބަނދަރު ސަރަހައްދުން ނަގާ އުޅަނދުތައް ނެގުމުގެ ކުރިން ތިރީގައިވާ ގޮތަށް ޢަމަލު ކުރަންވާނެއެވެ.

(ހ)

.22

މިގަވާއިދުގެ ދަށުން ފަޅުތެރެއިން

ނެގޭ އުޅަނދުތައް ނެގުމުގައި

ޢަމަލުކުރާނެ ގޮތް

އުޅަނދު އޮތްތަނުން ނެގުމުގެ ކުރިން އެ އުޅަނދާއި އުޅަނދު އޮތްތަނުގެ ފޮޓޯ ނުވަތަ ވީޑިއޯ ނަގަންވާނެއެވެ.

1.

އުޅަނދު ނެގުމުގެ ކުރިން އުޅަނދު އޮތް ހާލަތު ބަޔާންކުރާ ރިޕޯޓެއް ތައްޔާރުކޮށް، ރިޕޯޓު ތައްޔާރުކުރި ފަރާތާއި، އެ އުޅަނދުގެ ހާލަތު ވަޒަންކުރި ކައުންސިލުގައި ނުހިމެނޭ އިތުރު ދެ މީހަކު ހެކިންގެ ގޮތުގައި، ރިޕޯޓުގައި ސޮއިކޮށްފައި އޮންނަންވާނެއެވެ.

2.

މިމާއްދާގެ (ހ) ގެ 2 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ރިޕޯޓު އެކުލަވައިލުމުގައި މާޅޮސްމަޑުލު އުތުރުބުރީ ހުޅުދުއްފާރު ޕޮލިސް ސްޓޭޝަންގެ ނުވަތަ މާޅޮސްމަޑުލު އުތުރުބުރީ ހުޅުދުއްފާރު ގައި ގާއިމުވެ ތިބޭ ފުލުހުންގެ އެހީތެރިކަން ހޯދަންވާނެވެ.

(ށ)

ބަނދަރު ސަރަޙައްދުގެ ފަޅުތެރެއަށް ކޮންމެހެން އެރެންޖެހިގެން މެނުވީ މޫދަށް އެރި އުޅުމަކީ މަނާކަމެކެވެ. މީގެތެރޭގައި ދޯނިފަހަރުގެ ބޯސާޖެހުމާއި، ބޭރަށްލޮތާރީ ލުމާއި، ބޭރުފައްތިޔާގައި ވާއެއްސުމާއި، ކޮންމެހެން މިފަދަ ކަމަކާއިގުޅިގެން ފަޅަށް ފައިބާ އުޅުން ނުހިމެނެއެވެ.

(ހ)

.23

ބަނދަރު ސަރަހައްދުގެ

ނެރުމައްޗަށާއި ފަޅުތެރެއަށް

މޫދަށް އެރި އުޅުން

މި މާއްދާގެ (ހ) އާއި ޚިލާފުވާ ފަރާތް ނުވަތަ ފަރާތްތަކަށް ފުރަތަމަ ފަހަރު ނަސޭހަތް ދިނުމަށްފަހު އެކަން ތަކުރާރުކޮށްފިނަމަ ތަކުރާރުކުރާ ކޮންމެ ފަހަރަކު 100.00 (ސަތޭކަ) ރުފިޔާއިން ޖޫރިމަނާ ކުރުމުގެ އިޚުތިޔާރު، މި ގަވާއިދުގެ ދަށުން، ކައުންސިލަށް ލިބިގެންވެއެވެ. (18 އަހަރުން ދަށުގެ ކުދިން ކުރާ ކުށުގެ ޒިންމާ ނަގާނީ އެކުދިންގެ ބެލެނިވެޔާއެވެ.)

(ށ)

ބަނދަރު ސަރަޙައްދުގެ ފަޅުތެރޭގައި އުޅަނދު ދުއްވަންވާނީ ދިމާވެދާނެ ނުރައްކާތެރި ހާދިސާއަކުން ސަލާމަތްވެވޭ ވަރުގެ ރައްކާތެރި ސްޕީޑެއްގައެވެ.

.24

ފަޅުތެރޭގައި އުޅަނދު

ދުއްވަން ޖެހޭ ސްޕީޑް

ބަނދަރު ސަރަހައްދުގައި އެއްވެސް އުޅަނދެއް މަރާމާތު ކުރަންވާނީ ކައުންސިލްގެ ހުއްދަ ލިޔުމަކުން ލިބިގެންނެވެ. އަދި މިފަދަ ހުއްދައަކަށްއެދި އެކަށީގެންވާ ސަބަބާއިއެކު އެއްވެސް ފަރާތަކުން ހުށަހަޅައިފިނަމަ، މިގަވާއިދުގެ ދަށުން ކައުންސިލުން ކަނޑައަޅާފައިވާ އުސޫލުގެ މަތިން އެ މަސައްކަތެއް ކުރުމުގެ ހުއްދަ ލަސްނުކޮށް ދޭންވާނެއެވެ. ނަމަވެސް ބަނދަރުގައި ބާއްވައިގެން ފައިބަރކުރުމާއި އެކުރާ މަސައްކަތެއްގެ ސަބަބުން ލަފާފުރާ އުޅަނދުފަހަރަށް އުނދަގޫވާފަދަ މަސައްކަތް ފަޅުތެރޭގައި ކުރުމަކީ މަނާކަމެކެވެ.

(ހ)

.25

ބަނދަރު ސަރަހައްދުގައި

އޮޑިދޯނިފަހަރު މަރާމާތު ކުރުން

އޮޑި ދޯނިފަހަރު ބޭނުން ކުރާ ފަރާތްތަކުގެ ލުއިފަސޭހަ އަށް ބަނދަރުމަތިން ދެވޭ ޚިދުމަތްތައް ބޭނުންކުރަންވާނީ އެ ޚިދުމަތެއް ފޯރުކޮށްދޭ ފަރާތަކުން ކަނޑައަޅާފައިވާ އުޞޫލާއި އެއްގޮތަށެވެ.

(ށ)

މީހުންއަރުވާ ބޭލުމާއި މުދާ ހުސްކުރުން ފިޔަވައި ފަޅުގައި ދޯނިފަހަރު އަޅަންވާނީ ކައުންސިލުން ވަކިބޭނުމަކަށް ހާއްސަ ކުރެވިފައިވާ ސަރަޙައްދު ފިޔަވައި އެހެން ސަރަޙައްދުތަކުގައި ފަޅުގެ ހުރަހަށްވާގޮތަށެވެ. އެކިބޭނުންތަކުގައި އެދުވަހު ފުރާގޮތަށް އަންނައުޅަނދު ފަހަރާއި ލަސްނުކޮށް ފުރާގޮތަށް ދަތުރަކަށް ތައްޔާރުވެފައިވާ އުޅަނދުފަހަރު މީގެތެރޭގައި ނުހިމޭނޭނެއެވެ. ފަސިންޖަރުންއުފުލާ ލޯންޗުފަހަރާއި ޑިންގީ ފަދަތަކެތި ދަތުރު ނިންމުމަށްފަހު ފަސިންޖަރުން އަރާފޭބުމަށާއި މުދާ އަރުވާބޭލުމަށް ޙާއްސަކުރެވިފައިވާ ސަރަޙައްދުގައި އަޅާފައިބޭއްވުމަކީ މަނާކަމެކެވެ. ޑިންގީ، ވަދުދޯނި، ބޮއްކުރާ ފަހަރު އަޅަންވާނީ އެކަމަށް ޙާއްސަ ކުރެވިފައިވާ ސަރަޙައްދުތަކުގައެވެ. އެސަރަޙައްދުގައި ޖާގަ ނެތްނަމަ އެފަދަ އުޅަނޑު ފަހަރު އެއްގަމު ޖެޓީގައި އަޅާފައި ބަހައްޓަންވާނީ ލަފާފުރާ ބޮޑަތި އުޅަނދު ފަހަރަށް ދަތިނުވާގޮތަށް ވީވަރަކުން ފަޅުގެ އުތުރު ސަރަޙައްދުގައެވެ.

26.

ބަނދަރުގައި އުޅަނދު ފަހަރު އަޅާފައި ބޭއްވުން

އެކަށީގެންވާ ސަބަބެއް ނެތި އުޅަނދުފަހަރު ބަނދަރު އެއްގަމު ވާޓަރުގައި އަޅާފައި، ބޭނުންނުކޮށް ބެހެއްޓޭނީ އެންމެ ގިނަވެގެން 15 (ފަނަރަ) ދުވަހުގެ މުއްދަތަށެވެ. އިންޖީނަށް މައްސަލައެއްދިމާވެ، ނުދުއްވޭ ހާލަތެއްގައި ހުންނަ އުނޅަދުފަހަރު ފަޅުތެރޭގައި ބާއްވާނަމަ ބާއްވަންވާނީ ލަފާފުރާ އުޅަނދުފަހަރަށް ދަތިނުވާގޮތަށް ބޭރު ތޮށިކައިރީ ފައްތިޔާގައެވެ.

(ހ)

27.

ސަބަބެއްނެތި ބަނދަރުގައި

އަޅައިފައި ބަހައްޓާ އުޅަނދުތައް

މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދަ ކަމެއް ދިމާވެއްޖެ ހާލަތެއްގައި، ކައުންސިލަށް ލިޔުމަކުން ހުށަހަޅައިގެން، ކައުންސިލުން ކަނޑައަޅާ އުސޫލެއްގެ މަތިން، އިތުރުމުއްދަތެއް ދެވިދާނެވެ. އަދި މުއްދަތު އިތުރުކުރިކަން އަންގައި ކައުންސިލުން ދޭ ލިޔުން އާންމުކޮށް ފެންނާނޭ ގޮތަށް އުޅަނދުގައި ހުންނަންވާނެވެ.

(ށ)

މި މާއްދާގެ (ހ) އަދި (ށ) އާއި ޚިލާފުވާ ފަރާތްތަކުގެ އުޅަނދުފަހަރު ބަނދަރުގައި އޮންނަ ކޮންމެ 24 (ސައުވީސް) ގަޑިއިރަކަށް 100.00 (އެއްސަތޭކަ) ރުފިޔާގެ ފީއެއް ކައުންސިލަށް ނެގޭނެވެ. އަދި 24 (ސައުވީސް) ގަޑިއިރު ހަމަނުވެ އޮންނަ ވަގުތަށްވެސް ފީ ނެގޭނީ 24 (ސައުވީސް) ގަޑިއިރަށެވެ.

(ނ)

އެހެން ޤާނޫނަކުން ވަކި ގޮތަކަށް ޢަމަލުކުރުމަށް ކަނޑައެޅިފައި ނުވާ ކަންކަމުގައި، މިގަވާއިދުގައި ކުރުމަށް އަންގާފައިވާ ކަމެއް ނުކުރުމުން ނުވަތަ ނުކުރުމަށް މިގަވާއިދުގައި ހިމެނިފައިވާކަމެއް ކުރުމުން، މި ގަވާއިދުގައި ކަނޑައަޅާފައިވާ ގޮތުގެ މަތިން އެކުށެއް ކުރިފަރާތަކާއިމެދު ޢަމަލުކުރުމުގެ އިޚުތިޔާރު ކައުންސިލަށް ލިބިގެން ވެއެވެ.

(ހ)

28.

ޖޫރިމަނާ

މި ގަވާއިދުގެ ދަށުން އެއްވެސް ފަރާތެއް ޖޫރިމަނާކުރެވޭނީ، އެ ފަރާތެއް އެކުރިކުށް ކައުންސިލުން ބަލައި، ކުށުގެ ހާދިސާ ދިރާސާކޮށް، އެކަން ކައުންސިލުގެ ބައްދަލުވުމަކަށް ހުށަހަޅައި ކައުންސިލުން އެ ފަރާތެއް ޖޫރިމަނާ ކުރުމަށް ކަނޑައެޅުމުންނެވެ.

(ށ)

މިގަވާއިދުގައި ހިމެނޭ އެންމެހައި ޖޫރިމަނާތަކާއި ފީތައް ދައްކަންވާނީ ކައުންސިލަށެވެ. ނުވަތަ ކައުންސިލުން ކަނޑައަޅާ ފަރާތަކަށެވެ.

(ނ)

މި ގަވާއިދު ނަގަހައްޓައި ހިންގުމަށްޓަކައި ކައުންސިލްގެ އިޚުތިޞާޞްގެ ތެރޭގައި ހިމެނޭ ސަރަހައްދުތަކާއި ގުޅޭ ގޮތުން ހަދަން ޖެހޭ އުސޫލުތައް ހަދައި، މި ގަވާއިދަށް ޢަމަލުކުރަން ފަށާތާ 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި އެ އުސޫލުތައް އާންމުކޮށް ޝާއިޢު ކުރަންވާނެއެވެ. އަދި މި ގަވާއިދުގައި ނެތް ކަމެއް ދިމާވެއްޖެނަމަ ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ލަފާގެ މަތިން އެކަމެއްގައި ގޮތެއް ކަނޑައެޅުމުގެ ބާރު ކައުންސިލަށް ލިބިގެންވެއެވެ.

29.

މިގަވާއިދުގެ ދަށުން ކަނޑައަޅާ

އުސޫލުތައް

މި ގަވާއިދުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހާ ހިނދަކު، އަންނަނިވި ބަސްތަކާއި ޢިބާރާތްތައް މާނަ ކުރާނީ ތިރީގައިވާ ގޮތަށެވެ.

(ހ)

.30

މާނަކުރުން

"ކައުންސިލް" ކަމަށް ބުނެފައި އެވަނީ، ޤާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު)ގެ ދަށުން އިންތިޚާބުކޮށްފައިވާ މާޅޮސްމަޑުލު އުތުރުބުރީ ހުޅުދުއްފާރު ކައުންސިލަށެވެ.

1.

"ތަންފީޛީ އިދާރާތައް" ކަމަށް ބުނެފައި އެވަނީ، ފުލުހުންނާއި ކައުންސިލަށެވެ.

2.

"މޫދަށް އެރި އުޅުން" ކަމަށް ބުނެފައި އެވަނީ، ކަމެއްނެތި ހުސް ވަގުތު ހޭދަކޮށްލުމުގެ ބޭނުމުގައި ނުވަތަ މަޖާކޮށްލުމުގެ ބޭނުމުގައި މޫދަށް އެރި އުޅުން ފަދަ ކަންކަމަށެވެ. ކުއްލި ހާދިސާއެއް ދިމާވެގެން ނުވަތަ ކައުންސިލްގެ ހުއްދަ ލިބިފައިވާ މަސައްކަތެއް ކުރުމަށް މޫދަށް އެރުން މި މާނައިގެ ތެރޭގައި ނުހިމެނެއެވެ.

3.

[ވަގުތީ ހުއްދަ] ކަމަށް ބުނެފައި އެވަނީ، ކައުންސިލުން އެއްވެސް ފަރާތަކަށް، ބަނދަރު ސަރަހައްދުގައި ވަކިކަމެއްކުރުމަށް 1 (އެކެއް) މަސްދުވަހަށްވުރެ ދިގުނޫން މުއްދަތަކަށްދެވޭ ހުއްދައަށެވެ.

4.

[ދާއިމީ ހުއްދަ] ކަމަށް ބުނެފައި އެވަނީ، ކައުންސިލުން އެއްވެސް ފަރާތަކަށް، ބަނދަރު ސަރަހައްދުގައި ވަކިކަމެއްކުރުމަށް 1 (އެކެއް) މަސްދުވަހާއި 12 (ބާރަ) މަސްދުވަހާއި ދެމެދުގެ މުއްދަތަކަށް ދެވޭ ހުއްދަ އަށެވެ.

5.

މިގަވާއިދުގައި ބޭނުންކުރެވިފައިވާ ބަސްތައް ތަފުސީރު ކުރުމުގައި މީހުންނާއި، ފަރާތްތަކުގެ މާނާގައި، ކުންފުނި، ގުރޫޕް، އޮފީސް، ޖަމްޢިއްޔާ، ޖަމާޢަތްތައް ފަދަ ތަންތަން ހިމެނޭނެއެވެ. އަދި ވަކިވަކި ފަރުދަކަށް ނުވަތަ އެއްޖިންސަކަށް ބޭނުންކުރެވިފައިވާ ބަސްތައް އެބަހެއް ބޭނުންކުރެވިފައިވާ ހާލަތަށް އެކަށީގެންވާ ގޮތަކަށް ރިޢާޔަތްކޮށް ގިނަ މީހުންނަށް ނުވަތަ ދެ ޖިންސް އެކުލެވޭ ގޮތަށް މާނަކުރެވިދާނެއެވެ.

(ށ)

މި ގަވާއިދަށް ޢަމަލުކުރަން ފަށާނީ، މިގަވާއިދު ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރާ ދުވަހުން ފެށިގެންނެވެ.

(ހ)

31.

ޢަމަލުކުރަން ފަށާ ތާރީޚު

މިގަވާއިދަށް ޢަމަލުކުރަން ފަށާތާ 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި މާޅޮސްމަޑުލު އުތުރުބުރީ ހުޅުދުއްފާރު ކައުންސިލްގެ އިދާރާއިން ބަނދަރުގެ ސަރަހައްދާއި ބަނދަރާގުޅޭ ފަޅުގެ ސަރަހައްދު ކަނޑައަޅައި އާންމުކޮށް އިޢުލާން ކުރަންވާނެއެވެ.

(ށ)

25 ޖުލައި 2024