ދިވެހިރާއްޖެ
ބ. ފެހެންދޫ ފިރިހެނުންގެ މިސްކިތް (މަސްޖިދުލް އިޚްލާޞް) ގައި އަންހެނުންނަށް ނަމާދުކުރެވޭ ގޮތަށް އިމާރާތް ބޮޑުކުރުން
މައިގަނޑު ތަކެތި ދިނުމުން މިއިދާރާއިން ދައްކާ ނަމޫނާއަކާ އެއްގޮތަށް އަންހެނުންނަށް ޚާއްޞަ ނަމާދުކުރާނެ ތަނެއް މަސްޖިދުލް އިޚްލާޞްގައި (މިސްކިތާ ގުޅުވައިގެން) އިމާރާތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.
ވީމާ، 07 ޖޫން 2015 ވާ އާދީއްތަ ދުވަހުގެ 14:00 އަށް މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު 10 ޖޫން 2015 ވާ ބުދަ ދުވަހުގެ 14:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު ހުށަހަޅުއްވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި" މަސްޖިދުލް އިޚްލާޞް ބޮޑުކުރުމަށް އެދި " މިހެން ލިޔެފައި އޮންނަންވާނެއެވެ. އަދި މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތެއް ނޯންނާނެއެވެ. އަންދާސީހިސާބު ހުށަހަޅާ ފަރާތްތަކަށް މާކްސް ދޭނެ ގޮތާއި، އަންދާސީހިސާބު ހުށަހަޅުއްވާއިރު ސަމާލުކަންދެއްވަންވީ މައިގަނޑު ކަންކަން ތިރީގައި މިވަނީއެވެ.
1 މާކްސް ދެވޭނެ ގޮތުގެ ތަފުސީލު
މާކްސް ދެވޭ ކްރައިޓީރިޔާ |
މާކްސް ދެވޭ މިންގަނޑު |
ތަފުސީލު |
ފޯމިއުލަރ |
އަގު |
%80 |
|
Benchmark price/Submitted price x Allocarted percentage |
މުއްދަތު |
10% |
|
Benchmark price/Submitted
|
ތަޖުރިބާ |
10% |
|
|
2 ސަމާލުކަންދޭންވީ ކަންތައްތައް
1 ތިރީގައިވާ މަރުހަލާތައް ފުރިހަމަ ނުކުރައްވާ ފަރާތްތަކުގެ އަގުތައް ބަލައިނުގަނެވޭނެއެވެ.
- މަޢުލޫމާތު ސާފުނުކުރައްވާ ފަރާތްތައް
- މަޢުލޫމާތު ފުރިހަމަ ނުވާ ފަރާތްތަކުގެ އަގުތައް
- އަންދާސީހިސާބު ހުށަހެޅުމަށް ކަނޑައެޅިފައިވާ ސުންގަޑީގެ ފަހުން ހުށަހަޅާ އަގުތައް
2 ހުށަހެޅިފައިވާ އަންދާސީހިސާބު ބާޠިލުވާ މުއްދަތު މަދުވެގެން 30 ދުވަހަށް ވާންވާނެއެވެ.
3 އަގާއެކު ހުށަހަޅަންޖެހޭ ތަކެތި
1 އަންދާސީހިސާބު ހުށަހަޅާ ފަރާތުގެ އައިޑީ ކާޑުގެ ޞައްޙަ ކޮޕީ
2 ކުންފުންޏެއް ނަމަ ކުންފުނީގެ ރަޖިސްޓަރީއާއި، އެންމެ ފަހުގެ އޮޑިޓް ފައިނޭންޝަލް ރިޕޯޓް
4 އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ:
ފޯން ނަންބަރު: 6600058
ފެކްސް ނަންބަރު: 6600058
އީމެއިލް : [email protected]
މިހެންވެ މިކަން ޢާންމުކޮށް އަންގައި އިޢުލާން ކުރީމެވެ.