ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)142-B1/142/2024/137
ޕަބްލިޝްކުރި ތާރީޚް: 25 ޖުލައި 2024
ޕަބްލިޝްކުރި ގަޑި: 15:20
މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ހިލޭސާބަހަށް މިސްކިތްތަކުގައި "މިސްކިތު ޤާރީ ކިލާސް" ހިންގުމާ ގުޅޭ
އިޢުލާން
މުޅި ރާއްޖެއަށް އަމާޒުކޮށްގެން މިސްކިތްތަކުގައި ހިލޭސާބަހަށް ޤުރްއާން ކިލާސް ހިންގައިދޭން ބޭނުންވާ އިމާމުންނާއި ޤުރްއާން މުދައްރިސުންނަށް އެ ފުރުޞަތު ހުޅުވާލާ ގޮތަށް ހަމަޖެހިފައިވާތީ މި ކަމަށް ޝައުޤުވެރިވާ ފަރާތްތަކުން މި ލިންކްގައިވާ ފޯމް "މިސްކިތު ޤާރީ ކްލާސް ފޯމް" https://forms.gle/2tXnzJQo1ctrSFp36 ފުރިހަމަކޮށް 2024 އޮގަސްޓް 15 ވާ ބުރާސްފަތި ދުވަހުގެ 14.00ގެ ކުރިން ސަބްމިޓް ކުރުން އެދެމެވެ.
ވީމާ މިކަން ޢާންމުކޮށް އަންގައި އިޢުލާން ކުރީމެވެ.
25 ޖުލައި 2024