ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)472/472/2024/62
ޕަބްލިޝްކުރި ތާރީޚް: 25 ޖުލައި 2024
ޕަބްލިޝްކުރި ގަޑި: 14:14
މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން
ދިވެހިރާއްޖެ
2024 ވަނަ އަހަރުގެ މިނިވަން ދުވަހު ގްރޭޓަރ މާލެ ސަރަހައްދުގައި އިންޖީނުލީ އެއްގަމު އުޅަނދު ދުއްވުން މަނާ ވަގުތު ކަނޑައެޅުމާ ގުޅޭ

26 ޖުލައި 2024 ވަނަ އަހަރުގެ މިނިވަން ދުވަހުގެ ހަވީރު 16:00 އިން 18:00  އަށް ގްރޭޓަރ މާލެ  ސަރަހައްދުގައި އިންޖީނުލީ އެއްގަމު އުޅަނދު ދުއްވުން މަނާ ވަގުތެއްކަމުގައި  ކަނޑައަޅައިފީމެވެ. އަދި މި ވަގުތުތަކުގައި، އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދުތަކުގެ ތެރެއިން ތިރީގައި މިދަންނަވާ އުޅަނދުތައް ފިޔަވައި އެހެނިހެން އުޅަނދުތައް ގްރޭޓަރ މާލެ ސަރަހައްދުގައި ދުއްވުމަކީ "އެއްގަމު ދަތުރުފަތުރުގެ ޤާނޫނު" 2009/5 ގެ 5 ވަނަ މާއްދާގެ (ރ) ގެ ދަށުން މަނާކަމެއް ކަމުގައި ޢާންމުކޮށް އަންގާ އިޢުލާނު ކުރީމެވެ.

1.      ސަލާމަތީ ބާރުތަކުން ބޭނުންކުރާ އިންޖީނުލީ އެއްގަމު އުޅަނދު

2.      އެމްބިއުލެންސް

3.      ޚާއްޞަ އެހީއަށް ބޭނުންވާ މީހުން ދުއްވުމަށް ޚާއްޞަކުރެވިފައިވާ އުޅަނދު

4.      ޕަބްލިކް ޓްރާންސްޕޯޓްގެ ގޮތުގައި ދެމުންގެންދާ ބަހުގެ ޚިދުމަތް

5.      ފުރާމީހުން ބޭނުން ކުރުމަށް ހުއްދަދެވޭ އުޅަނދުތައް

6.      މިނިވަން ދުވަހުގެ މި ގަޑިތަކުގައި ދުއްވުމުގެ ހުއްދަ ދެވިފައިވާ އުޅަނދުތައް

 

މި އެންގުމާއި ޚިލާފުވާ ފަރާތްތަކާމެދު ޤާނޫނު ނަންބަރު 2009/5 (އެއްގަމުދަތުރުފަތުރުގެ ޤާނޫނު) ގެ 67 އަދި 68 ވަނަ މާއްދާގެ ދަށުން ފިޔަވަޅު އެޅޭނެއެވެ.

25 ޖުލައި 2024