ބީލަން
ނަންބަރު: (IUL)392-ADM/392/2024/26
ޕަބްލިޝްކުރި ތާރީޚް: 25 ޖުލައި 2024
ޕަބްލިޝްކުރި ގަޑި: 14:03
ސުންގަޑި: 01 އޮގަސްޓް 2024 10:00
ކޮޅުމަޑުލު ވޭމަންޑޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވޭމަންޑޫ ކައުންސިލް އިދާރާއަށް ބޭނުންވާ ބައެއް އިކްއިޕްމަންޓްސް ފޯރުކޮށް ދިނުމާއި ގުޅޭ.

ވޭމަންޑޫ ކައުންސިލް އިދާރާއަށް ބޭނުންވާ ބައެއް އިކްއިޕްމަންޓްސް ފޯރުކޮށް ދިނުމާއި ގުޅޭ.

މިކައުންސިލްގެ ނަންބަރު(IUL)392-ADM/392/2024/25 : 10 ޖުލައި 2024 އިޢުލާނާއި ގުޅިގެން، އެކަށީގެންވާ ވަރަށް ޝައުގުވެރިކަން ފާޅުކޮށްފައި ނުވާތީ، އެ އިޢުލާން ބާޠިލްކޮށް އަލުން އިޢުލާން ކުރަމެވެ.

ވޭމަންޑޫ ކައުންސިލުގެ އިދާރާއިންދޭ މަޢުލޫމާތާއި އެއްގޮތައް 4 ކޮމްޕިއުޓަރ ސިސްޓަމް، 1 ޑޮކިއުމަންޓް ސްކޭނަރ، 1 ޕްރިންޓަރ، 1 މޮނިޓަރގެ އިތުރުން 2 ނެޓްވޯރކް ސްވިޗް ފޯރުކޮށް ދިނުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ގޮތުގެމަތިން ކަނޑައެޅިފައިވާ ތާރީޚަށް ބީލަން ހުށަހެޅުއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެ ލައްވާނަމަ ވޭމަންޑޫ ކައުންސިލްގެ އިދާރާއަށް ވަޑައިގެން ނުވަތަ ފޯން، ނުވަތަ އީމެއިލްގެ ޒަރިއްޔާއިން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ. މަސައްކަތާއި ގުޅުންހުރި އެންމެހައި ލިޔެކިއުންތައް މެއިލް ކުރައްވާނީ [email protected] އަދި [email protected] އަށް ސީ.ސީ ކުރަންވާނެއެވެ.

ބީލަންވެރިން ރަޖިސްޓްރީ ކުރުން:

28 ޖުލައި 2024 އިން 01 އޮގަސްޓް 2024 ވަނަ ދުވަހުގެ 10:00 އަށް،

ބީލަން ހުށަހެޅުމާއި، ހުޅުވުން:

5 އޮގަސްޓް 2024 ވަނަދުވަހުގެ 10:00 ގައި ވޭމަންޑޫ ކައުންސިލްގެ އިދާރާގައި، ބީލަން ހުށަހަޅާނީ ވޭމަންޑޫ ކައުންސިލްގެ އިދާރާއަށް ޙާޟިރުވެއެވެ. މިގޮތުން ޙާޟިރުނުވެ ހުށަހަޅާ ހުށަހެޅުމެއް ބަލައި ނުގަނެވޭނެއެވެ. 

މިބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ. ތަކެތި ފޯރުކޮށް ދިނުމަށް ޝަޢުޤުވެރިވެ ލައްވާ ފަރާތްތަކަށް ބޭނުންވާ އެންމެހައި ލިޔެކިޔުންތައް 28 ޖުލައި 2024 އިން ފެށިގެން މިއިދާރާއިން ލިބެންހުންނާނެއެވެ.

ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތަކާއި، މިއިދާރާގައި ބީލަންވެރިންގެ ދަފްތަރުގައި ރަޖިސްޓްރީ ކޮށްފައިނުވާ ބީލަންތައް ބަލައި ނުގަނެވޭނެއެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. އަދި ސިޓީއުރައިގެ ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، އަދި ބީލަން ހުށަހަޅާފަރާތުގެ ނަން  ލިޔެވިފައި އޮންނަންވާނެއެވެ.  

            މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢްލާން ކުރީމެވެ.

            19 މުޙައްރަމް 1446

             25 ޖުލައި 2024

25 ޖުލައި 2024