ކުއްޔަށް ދިނުން
ނަންބަރު: (IUL)389/389/2024/21
ޕަބްލިޝްކުރި ތާރީޚް: 25 ޖުލައި 2024
ޕަބްލިޝްކުރި ގަޑި: 13:36
ސުންގަޑި: 01 އޮގަސްޓް 2024 11:00
ކޮޅުމަޑުލު ހިރިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހިރިލަންދޫ ތުނޑީ ރުއްތައް ވަރުވާއަށް ނެގުމުގެ ފުރުޞަތު ހުޅުވާލުން

މިރަށު ތުނޑި ސަރަޙައްދުގައިވާ 214 ރުއް، 1 އަހަރު ދުވަހުގެ މުއްދަތަށް ވަރުވާއަށް ނަގައި ބެލެހެއްޓުމުގެ ފުރުޞަތު ހުޅުވައިލަމެވެ. ރުއްތައް ވަރުވާއަށް ލިޔެދެވޭނީ އެންމެ މަތީ އަގެއް ހުށަހަޅާ ފަރާތަކަށެވެ. މިގޮތުން ހުށަހެޅޭނެ އެންމެ ކުޑަ އަގަކީ މަހަކަށް 1,500/- ރުފިޔާ އެވެ.

ވީމާ މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން 01 އޮގަސްޓު 2024 ވާ ބުރާސްފަތި ދުވަހު 11:00 އަށް މި އިދާރާއަށް ހާޟިރުވެ އަގު ހުށަހެޅުމަށް ދަންނަވަމެވެ. އަގު ހުށަހަޅާ ފޯމާއި އިތުރު މަޢުލޫމާތު ދިވެހި ސަރުކާރުގެ ގެޒެޓުންނާއި މި އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަގު ހުށަހަޅާ ފަރާތުގެ ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން އެނގޭ ލިޔުމެއް ހުށަހަޅަންވާނެއެވެ.

 

ވީމާ މިހާވަހަކަ އާންމުކޮށް އަންގުމަށް އިޢުލާނުކުރަމެވެ.

25 ޖުލައި 2024