މަސައްކަތް
ނަންބަރު: (IUL)286-MP/286/2024/82
ޕަބްލިޝްކުރި ތާރީޚް: 25 ޖުލައި 2024
ޕަބްލިޝްކުރި ގަޑި: 12:14
މިލަދުންމަޑުލު ދެކުނުބުރީ ކެނދިކުޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުޅުދޫ އަވަށު ކުރީގެ އޮފީސް ( ކެނދިފަތް-2 ) ޢިމާރާތް ކުއްޔަށް ދޫކުރުމަށް ހުޅުވާލުމާއި ގުޅޭ

ނ.ކެނދިކުޅުދޫ /ކުޅުދޫ އަވަށުގެ ކުރީގެ އޮފީސް ޢިމާރާތުގެ މެދުބައި ( ކެނދިފަތް - 2 ) ނިދާ ކައިބޮއެ ހަދާ ތަނެއްގެ ގޮތުގައި  ބޭނުންކުރުމަށް ، ދިގުމުއްދަތަކަށް ކުއްޔަށް ދޫކުރުމަށް ބޭނުންވެއެވެ.

ވީމާ އެކަމަޑޭޝަނެއްގެ ގޮތުގައި  މިތަން  ކުއްޔަށް ނަގަން ޝައުޤުވެރިވާ ފަރާތްތަކުން  2024 ޖުލައި 30 ވަނަ ދުވަހުގެ 13:00 ގައި ކައުންސިލުގެ މީޓިންގ ރޫމަށް ވަޑައިގެން ސިޓީއަކުން ހުށަހެޅުމަށް ދެންނެވީމެވެ. ސިޓީއާއެކު ކުއްޔަށް ނަގާ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ ނުވަތަ ވިޔަފާރިއެއްނަމަ ރަޖިސްޓްރީ ކޮޕީ ހުށައެޅުމަށް ދަންނަވަމެވެ.

މި ބްލޮކްގެ މިބައި ހިމެނެނީ 2 ކޮޓަރި އާއި ފާޚާނާ އަދި ބަދިގެއާއި ސީޓިންގް ރޫމްއެކެވެ. މިތަނުގައި ބޭނުން ކުރާނެ ފަރުނީޗަރާއި ހިފާ ގެންގުޅޭނެ އެހެނިހެން ވަޞީލަތްތައް ހޯދުމަކީ ކުއްޔަށް ހިފާ ފަރާތުން ކުރަންޖެހޭނެ ކަމެކެވެ.

ކުއްޔަށް ދިނުމުގައި  ހުށަހަޅާ އަގާއި މުއްދަތުގެ އިތުރުން ، ތަނުގައި ކުރަންހުރި މަރާމަތުތަކާއި ތަނުގެ އާބާތުރަ ފިލުވާދިނުމުގެ މަސައްކަތްތައް އަމިއްލަ ތަކެތީގައި ކޮށްދޭން އެއްބަސްވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.

ކުއްޔަށް ދޭނެ ފަރާތެއް ކަނޑައެޅުމުގައި  މާކްސް ދެވޭނެ ގޮތް :

 

50%

އަގަށް

މާކްސް ދެވޭނީ މިކައުންސިލްގެ ޓެކްނިކަލް އިވަލުއޭޝަންއިން ފާސްވާ ފަރާތްތަކުންހުށައަޅާ ބޮޑު ކުޑައަގަކީ ބެންޗްމާކެއްކަމުގައި ބަލައިގެން ކްރައިޓީރިޔާއަށް އެލޮކޭޓް ކުރެވިފައިވާ % ހުރިހާ އަގުތަކެއްގެ މެދުގައި ބަހާލައިގެންނެވެ. މިގޮތުން އެއްމެ ގިނަމާކްސް ލިބޭނީ އެއްމެ ބޮޑު އަގު ހުށައެޅި ފަރާތަކެށެވެ.

20%

މުއްދަތު

މާކްސް ދެވޭނީ މިކައުންސިލްގެ ޓެކްނިކަލް އިވަލުއޭޝަންއިން ފާސްވާ ފަރާތްތަކުން ހުށަހަޅާ އެއްމެ ދިގު މުއްދަތަކީ ބެންޗްމާކެއްކަމުގައި ބަލައިގެން ހުރިހާ މުއަދަތެއްގެ މެދުގައި ލިބޭ % އެވެ. މިގޮތުން އެއްމެ ގިނަ މާކްސް ލިބޭނީ އެއްމެ ދިގު މުއްދަތަކަށެވެ.

30%

މަރާމާތު

މަރާމާތުގެ ގޮތުގައި އެކަމަޑޭޝަން ބްލޮކްގެ އާބާތުރަ ފިލުވުމުގެ (އެގޮތުން، އޭސީ ހަރުކުރުމާއި، ކަރަންޓް ވިއުގަ މަރާމާތު ކުރުމާއި، ފަންކަތައް ބަދަލުކުރުމާއި، މުޅި ބްލޮކުގައި ކުލަލުމާއި ފަރުނީޗަރުގެ ގޮތުގައި ބޭނުންކުރާނެ ކަބަޑުސެޓާއި އެނދާއި، ބަދިގޭގައި ބޭނުންކުރާ އެންމެހާ ސާމާނު ހަމަކުރުން ހިމެނެއެވެ) މަސައްކަތަށް ޚަރަދުކުރާނެ މިންވަރު އަދި ކުރާނެ މަސައްކަތްތައް އެނގޭނެ ލިޔުން ހުށައަޅަންވާނެއެވެ.

100%

ޖުމްލަ:

 

އިތުރު މަޢުލޫމާތު:

  • އެކަށީގެންވާ އަދަދަށް ބިޑު ލިބިފައި ނުވާނަމަ  އަދި ހުށަހަޅާފައިވާ ބިޑްތަކުގެ އަގާއި މުއްދަތު އެކަށީގެންނުވާނަމަ މި އިޢުލާނު ބާޠިލްކުރުމުގެ އިޚްތިޔާރު ނ. ކެނދިކުޅުދޫ ކައުންސިލަށް ލިބިގެން ވެއެވެ.

-          ކެނދިކުޅުދޫ ކައުންސިލްގެ އިދާރާ

-          ނ. ކެނދިކުޅުދޫ، ދިވެހިރާއްޖެ،

-          ފޯން: 6560013 ނުވަތަ 6560663 (ރަސްމީ ގަޑީގައި)

-          އީމެއިލް: [email protected]

ވީމާ، މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.

19    މުޙައްރަމް  1446

25    ޖުލައި    2024

25 ޖުލައި 2024