ވަޒީފާގެ ފުރުޞަތު
ނަންބަރު: GS213/IUL/2024/026
ޕަބްލިޝްކުރި ތާރީޚް: 25 ޖުލައި 2024
ޕަބްލިޝްކުރި ގަޑި: 11:56
ސުންގަޑި: 04 އޮގަސްޓް 2024 14:00
ދުވާފަރު ޕްރައިމަރީ ސްކޫލް
ދިވެހިރާއްޖެ
މަސައްކަތު މީހަކު ހޯދުމަށް

ވަޒީފާގެ ފުރުޞަތު

  މަސައްކަތު

މަޤާމު:

 މަސައްކަތު

މަޤާމުގެ ނަންބަރު:

 J-341498

ބޭނުންވާ އަދަދު:

 01

މަޤާމުގެ ގިންތި:

 ދާއިމީ

މަޤާމުގެ ރޭންކު:

 އެސްއެސް1

މަޤާމުގެ ކްލެސިފިކޭޝަން:

 ސަޕޯޓް ސްޓާފް ގްރޭޑް 1

ވަޒީފާ އަދާކުރަން ޖެހޭ ތަން:

 ދުވާފަރު ޕްރައިމަރީ ސްކޫލު / ރ. ދުވާފަރު

މުސާރަ:

 މަހަކު -/3100 ރުފިޔާ

ސަރވިސް އެލަވަންސް:

 މަހަކު -/1000ރުފިޔާ

އެހެނިހެން އެލަވަންސް:

01. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.

02. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

03. ސިވިލްސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

04. ސަޕޯޓިންގ ކޯ އެލަވަންސް ގެ ގޮތުގައި މަހަކު -/1200ރުފިޔާ

05. ސްޕެޝަލް ޑިއުޓީ އެލަވަންސް -/1085ރުފިޔާ (އަސާސީ މުސާރައިގެ %35)

06. މިނިމަމް ވޭޖް އެލަވަންސް -/832ރުފިޔާ

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ސްކޫލްގެ އިމާރާތްތަކުގައި ދަރިވަރުން ކުރަހައި، ހަޑިކޮށްފަ ހުންނަ ތަންތަނުގައި ކުލަލާން ޖެހިއްޖެނަމަ ކުލަލުމުގެ މަސައްކަތް ކުރުން.
  2. ސްކޫލްގެ ފަރުނީޗަރތައް އަދި އެހެނިހެން ތަކެތި ސްކޫލުން ބޭނުންވެއްޖެ ހިދެއްގައި އެއް ތަނުން އަނެއް ތަނަށް އުފުލުމުގެ މަސައްކަތް ކުރުން.
  3. ފޮޅާސާފުކުރުމަށް ހަވާލުކުރެވިފައިވާ ކުލާސްތަކާއި،ސިޑި، އޮފީސް އިމާރަތް ކޮންމެ ދުވަހަކު މަދުވެގެން 1 ފަހަރު ފޮޅާ ސާފުކޮށް މޮޕްލާންޖެހޭ ތަނެއްނަމަ މޮޕްއަޅާ، ޑެސްކް، ކޮމްޕިއުޓަރ، ޕްރިންޓަރ ކަބަޑުތައް އަދި ގޮޑިތައް ފޮހެ، ޑަސްބިން އުކާލުމުގެ މަސައްކަތް ކުރުން.
  4. ހަވާލުކުރެވިފައިވާ ފާޚާނާއާއި ފާޚާނާތަށި އަދި މޫނުދޮންނަ ތަށި ދޮވެ ރަގަޅަށް ސާފުކޮށް، ފާޚާނާގައި ހުންނަ ލޯގަނޑުތައް ފޮހެ ޓިޝޫ އަދި ހޭންޑް ވޮޝް ފުޅި ބަހައްޓާ ޑަސްބިން އުކާލުން.
  5. ސްކޫލުގެ ގޯތިތެރެއާއި ވަށައިގެންވާ ސަރަހައްދު ކުނިކަހައި ސާފުކުރުމަށް ހަވާލުކުރެވިފައިވާ ބައި ދުވާލަކު 1 ފަހަރު ކުނިކަހައި ކުނިތައް ނަގައި ސާފުކުރުމުގެ މަސައްކަތް ކުރުން.
  6. ސްކޫލްގެ ދޮރުތަކާއި ކުޑަ ދޮރުތަކުގެ ބިއްލޫރިތައް ފޮޅާސާފުކޮށް ބެލެހެއްޓުން.
  7. އިންޓަވަލް ގަޑިނިމުމުން ކުލާސްތަކުގައި ހުރި ކުނިތައް އުކާލުން.
  8. ތާވަލްއާއި އެއްގޮތަޢް ފާހާނާ އާއި ފްލޯޑިއުޓީ އަދާކުރުން.
  9. ތާވަލްއާއި އެއްގޮތަށް ބިން ގަޑަށް ފެންޖެހުމާއި ގަސްތަކަށް ފެންދިނުން.
  10. ސްކޫލްގެ ގޯތިތެރޭގައި މަދިރި އުފެދޭގޮތަށް ހުންނަ ދަޅު، ފުޅިފަދަ ފެންހަރުލާގޮތަށް ހުންނަތަކެތި ނަގައި މަދިރި ކޮންޓްރޯލް ކުރުމަށް މަސައްކަތް ކުރުން.
  11. ސްކޫލުން އިންތިޒާމްކުރާ ބައްދަލުވުން،ސެމިނަރ، ވޯކްޝޮޕް،ޖަލްސާ އަދި ބައްދަލުވުންތަކަށް ގޮނޑިއާއި ޑެސްކް ޖެހުމާއި އަދި ނިމުމުން އެތަކެތި ނަގައި ތަރުތީބުކުރުން.
  12. އިމާރާތުގެ އެކިތަންތާގައި، އެތަނެއްގައި ހުންނަން ނުޖެހޭ ތަކެތި ހުރިކަމުގައިވާނަމަ އެތަކެތި ރައްކާކޮށް ސްކޫލްގެ ގޯތިތެރެއާއި ސްކޫލްގެ އިމާރާތަކީ ކިޔަވާކުދިންނާއި މުވައްޒަފުންނާއި އިމާރާތަށް ވަދެނިކުމެ ހަދާފަރާތްތަކަށް ރައްކާތެރި ސާފުތާހިރު މާހައުލަކަށް ހަދާ ބެލެހެއްޓުމުގެ މަސައްކަތް ކުރުން.
  13. ސްކޫލްގޯތިތެރެއާއި ވަށައިގެންވާ ސަރަހައްދު އަދި ސިޑިތައް ކުނިކަހައި ސާފުކުރުމަށް ހަވާލުކުރެވިފައިވާ ބައި ކުނިކަހާކުނިތައްނަގައި ސާފުކުރުން.
  14. ސްކޫލްގައި ބޭއްވޭ އެކިއެކި ބައްދަލުވުންތަކާއި ރަސްމިއްޔާތު ތަކަށް ތަންތައްޔާރުކުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް އެހީތެރިވުން.

މަޤާމުގެ ޝަރުޠުތައް:

- ލިޔަން ކިޔަން އެގުން

ނޯޓު:

ލިޔަން ކިޔަން އެނގޭކަން ދެނެގަންނާނީ:

- ސްކްރީނިންގ މަރުހަލާގައި ލިޔަން ކިޔަން އެނގޭކަން ކަށަވަރުކޮށް ވަޒީފާއޮތް އިދާރާއިން ދޫކޮށްފައިވާ ލިޔުމަށް ބަލައިގެންނެވެ.

ނުވަތަ

- ލިޔަން ކިޔަން އެނގޭކަން ބަޔާންކޮށް ދައުލަތުގެ އިދާރާއަކުން ދޫކޮށްފައިވާ ލިޔުމަށް ބަލައިގެންނެވެ.

ނުވަތ

- ގްރޭޑް 5 ނުވަތަ އެއަށްވުރެ މަތީ ގްރޭޑް ނިންމިކަން އަންގައިދިނުމުގެ ގޮތުން ސްކޫލަކުން ދޫކޮށްފައިވާ ލިޔުމަށް ބަލައިގެންނެވެ.

މަޤާމުގެ މަސައްކަތުގެ ދާއިރާތައް:

ފޮޅާސާފުކުރުން

 ތަޢުލީމީ ރޮނގު(ތައް): ނެތް

 ޕްރިފަރޑް ޑިސިޕްލިން: ނެތް

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)  https://www.csc.gov.mv/download/2021/84/1e148c34-bc04-4150-9537-29309c104aa7.docx
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

 6. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

 

 

 

                 

 

އަސާސީ ޝަރުތު ހަމަވުން

50

އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު

5

އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ

5

އިންޓަރވިއު

40

-   މަޤާމަށް އައްޔަންކުރެވޭނީ، ވަޒީފާއަށް އެދިފައިވާ ފަރާތަށް ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ޖުމްލަ 70 އިން ފެށިގެން މަތިން ޕޮއިންޓް ލިބިފައިވާނަމައެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 4 އޮގަސްޓް 2024 ވާ އާދިއްތަ ދުވަހު ގެ 14.00 ގެ ކުރިން، ދުވާފަރު ޕްރައިމަރީ ސްކޫލް އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected]  މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ  ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ނޯޓް: އީ-މެއިލް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހަޅާނަމަ، އެޕްލިކޭޝަން ފޯމާއެކު ހުރިހާ ޑޮކިއުމަންޓެއް އެއް ފައިލަކަށް ޕީ.ޑީއެފް ކުރުމަށް ފަހު، ފައިލުގައި އެޕްލިކޭޝަން ހުށަހަޅާ ފަރާތުގެ ނަން ޖެހުމަށް ދަންނަވަމެވެ. އަދި ހުށަހަޅާ ފޯމަކީ  ސިވިލް ސާރވިސް ކޮމިޝަނުން އެންމެ ފަހުން އާންމުކޮށްފައިވާ ސިވިލް ސަރވިސް ގެ ވަޒީފާއަށް އެދޭ ފޯމް ކަން ކަށަވަރުކުރުމަށް ދަންނަވަމެވެ.

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

އިންޓަރވިއު އަދި އިމްތިޙާން އޮންނާނެ ތަނާއި، މުއްދަތު:

މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 5 އޮގަސްޓް 2024 (ހޯމަ) ދުވަހާއި 11 އޮގަސްޓް 2024 (އާދިއްތަ) ދެމެދު، ދުވާފަރު ޕްރައިމަރީ ސްކޫލް ގައެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

 

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6584595 އަށެވެ. އީ-މެއިލްކުރާނީ [email protected] އަށެވެ.

 ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް"> ރެކްރޫޓްމެންޓް އުޞޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.

 

 

19 މުޙައްރަމް 1446

25 ޖުލައި 2024

 

25 ޖުލައި 2024