ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)433-CA/1/2024/2
ޕަބްލިޝްކުރި ތާރީޚް: 25 ޖުލައި 2024
ޕަބްލިޝްކުރި ގަޑި: 10:38
ސުންގަޑި: 06 އޮގަސްޓް 2024 13:30
ދިވެހިރާއްޖޭގެ ޤައުމީ އަރުޝީފު
ދިވެހިރާއްޖެ
ޑިރެކްޓަރ

މަޤާމް :ޑިރެކްޓަރ
ބޭނުންވާ އަދަދު :1

އިޢުލާނު

މަޤާމު:

ޑިރެކްޓަރ

މަޤާމުގެ ނަންބަރު:

J-388847

ބޭނުންވާ އަދަދު:

01 (އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

އީ.އެކްސް. 1

މަޤާމުގެ ކްލެސިފިކޭޝަން:

ޑިރެކްޓަރ

ވަޒީފާ އަދާކުރަން ޖެހޭ ތަން:

 ކޯޕަރޭޓް އެފެއަރޒް ސެކްޝަން / ދިވެހިރާއްޖޭގެ ޤައުމީ އަރުޝީފު، މާލެ.

މުސާރަ:

މަހަކު 8،835.00 ރުފިޔާ.

ސަރވިސް އެލަވަންސް:

މަހަކު 2،000.00 ރުފިޔާ.

އެހެނިހެން އެލަވަންސް:

  1. ސްޕެޝަލް ޑިއުޓީ އެލެވަންސްގެ ގޮތުގައި މުވައްޒަފަށް ލިބޭ މުސާރައިގެ %35
  2. ސަޕޯޓިންގ ކޯ އެލަވަންސް ގެ ގޮތުގައި 1100.00 ރުފިޔާ.
  3. ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.
  4. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  5. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ޒިންމާދާރު ވެރިޔާގެ އިރުޝާދުގެ ދަށުން ޤައުމީ އަރުޝީފުގެ ކޯޕަރޭޓް އެފެއަރޒް ސެކްޝަން ހިންގުމުގެ މަސްއޫލިއްޔަތު އަދާކުރުން.
  2. ހިންގުމުގެ ދާއިރާ ހަރުދަނާ ކުރުމާއި، އޮފީހަށް ބޭނުންވާ ވަސީލަތްތައް ހޯދުމާއި، ދުވަހުން ދުވަހަށް އޮފީހުގެ އޮޕަރޭޝަން ސްމޫތުކޮށް ހިންގުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން.
  3. އޮފީހުގެ ކޯޕަރޭޓް އެފެއަރޒް ސެކްޝަންގެ ޔުނިޓްތަކުގެ ވެރިންނާއި މަސައްކަތް ހަވާލު ކުރުމާއި، އެމީހުންގެ މަސައްކަތްތައް ދުވަހުން ދުވަހަށް ސުޕަވައިޒްކޮށް އިރުޝާދު ދިނުން.
  4. އޮފީހުގެ ޖެނެރަލް އެޑްމިނިސްޓްރޭޝަންގެ މަސައްކަތްތައް ކޯޑިނޭޓް ކުރުމާއި، މުވައްޒަފުންނަށް ދުވަގުން ދުވަހަށް އިރުޝާދު ދިނުމާއި، އެމީހުންގެ މަސައްކަތްތައް ސުޕަވައިޒްކޮށް މަސައްކަތައް ދުވަހުން ދުވަހަށް ނިންމުމަށް އިރުޝާދު ދިނުން.
  5. އޮފީހުގެ ދުވަހު ޔައުމިއްޔާ ލިޔުމުގެ މަސައްކަތް ކޯޑިނޭޓްކޮށް އިރުޝާދު ދިނުން،
  6. އޮފީހުން ހަދަންޖެހޭ މަސްދުވަހުގެ ރިޕޯޓްތައް ހެދުމުގެ މަސައްކަތް ކޯޑިނޭޓްކޮށް އިރުޝާދު ދިނުން
  7. އޮފީހުގެ ޕްރޮކިއުމެންޓް ޕްލޭން އެކުލަވާލުމުގެ މަސައްކަތް ކުރުވުމާއި، އެ ޕްލޭން ތަންފީޒު ކުރުމުގެ މަސައްކަތް ކުރުމާއެކު މަސައްކަތްތައް ކޯޑިނޭޓްކޮށް ދުވަހުން ދުވަހަށް އިރުޝާދު ދިނުން
  8. އޮފީހަށް ގަންނަން ޖެހޭ ތަކެއްޗާއި ޚިދުމަތުގެ ޓެކްނިކަލް އިވެލުވޭޝަން ކޮމިޓީ ހިންގުމާއި، ޓެކްނިކަލް އިވެލުވޭޝަންގެ މަސައްކަތްތައް ހިންގައި ބެލެހެއްޓުން.
  9. އޮފީހުން އެކިފަރާތްތަކާއެކު ވެފައިވާ އެއްބަސްވުންތަކުގެ ކަންކަން ބެލެހެއްޓުމާއި، އައުކުރަންޖެހޭ އެއްބަސްވުންތައް މުއްދަތު ހަމަވުމުގެ ކުރިން އައު ކުރުމުގެ މަސައްކަތް ކޯޑިނޭޓްކޮށް އިރުޝާދު ދިނުން.
  10. އޮފީހުގެ އިސްވެރިޔާއާ ބައްދަލު ކުރުމަށް ޒިޔާރަތް ކުރާ މެހުމާނުންނަށް މަގުދެއްކުމާއި އެހީތެރިވުމުގެ ކަންކަން ކޯޑިނޭޓްކޮށް އިރުޝާދު ދިނުން.
  11. އޮފީހުގެ ޓްރެއިނިންގ ޕްލޭން އެކުލަވާލުމާއި، ނީޑް އެނަލިސިސް ހެދުމާއި ތަމްރީން ކުރަންޖެހޭ މުވައްޒަފުން ތަމްރީން ކުރުމުގެ މަސައްކަތްތައް ރާވައި ވިލަރެސް ކުރުން.
  12. މުވައްޒަފުންނަށް ވަޒީފާ ދިނުމާއި، ވަޒީފާ ބަދަލު ކުރުމާއި، ވަޒީފާއާ ގުޅިގެން ސީ.އެސް.ވިއުގައިން ފޮނުވަންޖެހޭ ރިކުއެސްޓްތައް ފޮނުވުމުގެ މަސައްކަތްތަކާއި، އެޕްރޫވް ކުރުމުގެ މަސައްކަތްތައް ހިންގައި ބެލެހެއްޓުން.
  13. މުވައްޒަފުންގެ ހާޒިރީ ބެލެހެއްޓުމާއި ހާޒިރީއާ ގުޅިގެން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ބެލެހެއްޓުން.
  14. މުވައްޒަފުންނަށް ޗުއްޓީ ދިނުމާއި ޗުއްޓީ ރެކޯޑް ބެލެހެއްޓުމާއި ޗުއްޓީއާ ގުޅޭ އެންމެހައި މަސައްކަތްތައް ވިލަރެސް ކުރުން.
  15. މުވައްޒަފުންގެ މުސާރަ ހެދުމާއި، މުސާރައާއި އިނާޔަތްތަކުގެ ކުރިއެރުން ހައްޤުވާ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އެފަދަ އިނާޔްތައް ހަމަޖެއްސުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން.
  16. މުވައްޒަފުންގެ ޚިދުމަތުގެ ފެންވަރު ބެލުމުގެ އެންމެހައި ކަންކަން ހިންގައި ބެލެހެއްޓުން.
  17. އޮފީހުގެ އޮނިގަނޑަށާއި މަސައްކަތަށް އަންނަ ބަދަލުތައް ބަލައި އަދާހަމަކޮށް ބެލެހެއްޓުން.
  18. އޮފީހަށް އަލަށް ނަގާ މުވައްޒަފުނާއި، އިންޓަރނަލް ޖޮބް ރޮޓޭޝަން ހަދާ މުވައްޒަފުންގެ ވަޒީފާ ބަޔާން އެކުލަވާލުމާއި، ވަޒީފާގެ އެއްބަސްވުންތައް އެކުލަވައި ބެލެހެއްޓުން.
  19. މުވައްޒަފުންގެ ސުލޫކާއި އަދަބު އަޚުލާގުގެ ކަންކަން ބެލެހެއްޓުމާއި، އިސްލާހީ ފިޔަވަޅު އަޅަންޖެހޭ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިސްލާހީ ފިޔަވަޅު އެޅުމުގެ ކަންކަން ބެލެހެއްޓުން.
  20. ހިއުމަން ރިސޯސަސް މެނޭޖްމެންޓް ކޮމިޓީގެ ކަންކަން ހިންގައި ބެލެހެއްޓުން.
  21. އޮފީހުގެ އަހަރީ ބަޖެޓް އެކުލަވާލުމުގެ މަސައްކަތް ކުރުވުމާއި، ބަޖެޓާ ގުޅިގެން މިނިސްޓްރީން ބާއްވާ ބައްދަލުވުންތަކުގައި ބައިވެރިވުމާއި ބަޖެޓުން ޚަރަދު ކުރުމަށް ހުއްދަ ދިނުން.
  22. އޮފީހުގެ އަހަރީ ބަޖެޓް ތަންފީޒު ކުރުމުގެ މަސައްކަތް ކުރުވުމާއި އޮފީހުގެ ފައިނޭންޝަލް އޮޑިޓް ހެއްދުމާއި، ފައިސާގެ ރިޕޯޓްތައް ހައްދައި ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުމުގެ މަސައްކަތްތައް ކުރުވުން.
  23. އޮފީހުގެ ލީގަލް އެފެއަރޒް ޔުނިޓްގެ މަސައްކަތްތައް ކޯޑިނޭޓް ކުރުން.
  24. އޮފީހުން ޤާނޫނަށް އިސްލާހު ގެނައުމުގެ މަސައްކަތްތައް ހިންގައި ބެލެހެއްޓުމާއި، އޮފީހުން އެކަލަވައި އާންމު ކުރަންޖެހޭ ޤަވާޢިދުތަކާއި އުސޫލުތައް އެކުލަވައި އާންމު ކުރުމުގެ މަސައްކަތްތައް ވިލަރެސް ކުރުން.
  25. ޤައުމީ އަރުޝީފުން ދޭ އަރުޝީފީ ޚިދުމަތްތަކާ ގުޅިގެން އުފެދޭ ކޮމްޕްލަޔަންސްގެ ކަންކަން ބެލެހެއްޓުމާއި އެކަންކަމާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް ވެރިންގެ އިރުޝާދާއެއްގޮތަށް އެޅުން،
  26. އަދި މީގެ އިތުރުންވެސް އެ ވަގުތެއްގައި އިސްކަން ދީގެން ކުރުމަށް އޮފީހުގެ އިސްވެރިޔާ، ނުވަތަ ޒިންމާދާރުވެރިޔާ އަންގަވާ ކަންކަން ކުރުން.

މަޤާމުގެ ޝަރުޠުތައް:

  1. މަޤާމުގެ މަސައްކަތާ ގުޅޭ ތައުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8ގެ ބެޗެލާރސް ޑިގްރީއެއް ނުވަތަ ބެޗްލާރސް އޮނަރސް ޑިގްރީއެއް ޙާޞިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 4 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ،

މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ މާސްޓާރސް ޑިގްރީ އިން ފެށިގެން މަތީގެ ސަނަދެއް ޙާޞިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ ތަޢުލީމީ ރޮނގުތައް:

  • ޕަބްލިކް އެޑްމިނިސްޓްރޭޝަން
  • ބިޒްނަސް އެޑްމިނިސްޓްރޭޝަން 
  • ބިޒްނަސް މެނޭޖްމަންޓް 
  • އެޑްމިނިސްޓްރޭޝަން 
  • މެނޭޖްމަންޓް

ޕްރިފަރޑް ޑިސިޕްލިންތައް

  • ބިޒްނަސް އެޑްމިނިސްޓްރޭޝަން 
  • ބިޒްނަސް މެނޭޖްމަންޓް 
  • ޕަބްލިކް އެޑްމިނިސްޓްރޭޝަން

މަޤާމުގެ މަސައްކަތުގެ ދާއިރާތައް/ ގުޅޭ ވަޒީފާގެ ދާއިރާތައް

  • އެޑްމިނިސްޓްރޭޝަން 
  • މެނޭޖްމަންޓް

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)  https://csc.gov.mv/Announcement/ViewDownloads/4
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  • އަސާސީ ޝަރުޠު ހަމަވުން: 30 ޕޮއިންޓް
  • ޝަރުޠުހަމަވުމަށް ބޭނުންވާ ސަނަދަށްވުރެ މަތީ ސަނަދެއް އޮތްނަމަ ދެވޭ 5 ޕޮއިންޓު
  • ކޯ ނުވަތަ ޕްރިފަރޑް ޑިސިޕްލިންއާ ގުޅޭ ސަނަދަށް ދެވޭ 5 ޕޮއިންޓު
  • ޝަރުޠުހަމަވުމަށް ބޭނުންވާ ތަޖުރިބާގެ އިތުރުން ލިބިފައިވާ ތަޖުރިބާއަށް ދެވޭ ޕޮއިންޓު (ގިނަވެގެން 5 ޕޮއިންޓު)
  • ޕްރެކްޓިކަލް އިމްތިޙާންށް ދެވޭ: 15
  • ޕްރެޒެންޓޭޝަން އަށް ދެވޭ: 10
  • އިންޓަރވިއުއަށް ދެވޭ ޕޮއިންޓް: 30

ނޯޓް: މަޤާމަށް އައްޔަންކުރެވޭނީ، ވަޒީފާއަށް އެދިފައިވާ ފަރާތަށް ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ޖުމުލަ 60 އިން ފެށިގެން މަތިން ޕޮއިންޓު ލިބިފައިވާ ނަމައެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2024 އޮގަސްޓް 06 ވާ އަންގާރާ ދުވަހުގެ 13:30 ގެ ކުރިން، ދިވެހިރާއްޖޭގެ ޤައުމީ އަރުޝީފު (2 ވަނަ ފަންގިފިލާ، ހ. ކެލީތިއާ، ހަކުރާގޯޅި)، މާލެ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް[email protected]  މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ އަދަދު 10 އަކަށްވުރެ އިތުރުވެއްޖެ ނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓް ކުރެވިދާނެއެވެ.

އިންޓަރވިއު، ޕްރެޒެންޓޭޝަން އަދި އިމްތިޙާނު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު، އަދި އިމްތިޙާނު އޮންނާނީ، 12 އޮގަސްޓް 2024 އާއި 15 އޮގަސްޓް 2024 އާ ދެމެދު، ދިވެހިރާއްޖޭގެ ޤައުމީ އަރުޝީފު (2 ވަނަ ފަންގިފިލާ، ހ. ކެލީތިއާ، ހަކުރާގޯޅި)، މާލެ ގައެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3010966 އަށެވެ. އީ-މެއިލް ކުރާނީ ([email protected]) އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް > "ރެކްރޫޓްމެންޓް އުޞޫލު" https://csc.gov.mv/download/2022/51/Recruitment%20Policy%20Consolidated%20-%2028042022z3nivrkh.mrw.pdf އިން ލިބެން ހުންނާނެއެވެ.

25 ޖުލައި 2024