ޢާންމު މަޢުލޫމާތު
ނަންބަރު: USL/1413/2024/3
ޕަބްލިޝްކުރި ތާރީޚް: 24 ޖުލައި 2024
ޕަބްލިޝްކުރި ގަޑި: 09:03
ސުންގަޑި:
15 އޮގަސްޓް 2024 00:00
މުލަކަތޮޅު ނާލާފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
އިޖުތިމާޢީ ސަރަހައްދު ތަކުގައި ނުނަގާހުންނަ ކާށި ނައްތާލުމާބެހޭ އުސޫލު
ރަށުގެ އިޖުތިމާޢި ސަރަޙައްދު ސާފުކޮށް ބެލެހެއްޓުމަކީ ލާމަރުކަޒީ ޤާނޫނުގެ 4 ވަނަ ބާބުގެ 23 ވަނަ މާއްދާގެ "ހ" ގެ 17 ވަނަ ނުކުތާގެ ދަށުން ކައުންސިލަށް މަތިކޮށްފައިވާ ކަމެކެވެ. މިކަންކުރުމަށް އަންނަނިވި އުސޫލުތައް ކަނޑައަޅަމެވެ.
1. ރުކުންވެރޭ ކާށި ރުއްދަށުގައި ނުބެހެއްޓުން.
2. ރުކުއެޅުމަށް ފަހު ރުކުން ކަނޑާ އިހަލާއި ފަންބުޑުފަދަ ކުނީގެ ބާވަތްތަށް ކުނި އެޅުމަށް ކައުންސިލުން ކަނޑައަޅާފައިވާ ސަރަހައްދަށް ގެންދިއުން.
3. މިގޮތަށް ނުނަގާހުންނަ ތަކެތި އިޖުތިމަޢީ ސަރަހައްދު ސާފުކުރާއިރު ނަގާ ނައްތާލެވޭނެއެވެ.
މިއުސޫލަށް ޢަމަލުކުކުރަންފަށާނީ 15 އޯގަސްޓް 2024 ވަނަ ދުވަހުން ފެށިގެންނެވެ.
24 ޖުލައި 2024