ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)305/305/2024/72
ޕަބްލިޝްކުރި ތާރީޚް: 24 ޖުލައި 2024
ޕަބްލިޝްކުރި ގަޑި: 08:53
ސުންގަޑި: 31 ޖުލައި 2024 14:00
މާޅޮސްމަޑުލު އުތުރުބުރީ މާކުރަތު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަތޮޅު އަދި ޤައުމީ ފެންވަރުގައި ވާދަކުރުމަށް ޓީމު އެކުލަވާލުން

ރ. އަތޮޅު އަދި ޤައުމީ ފެންވަރުގައި ބާއްވާ މުބާރާތްތަކުގައި ރ.މާކުރަތު ތަމްޞީލްކޮށް ވާދަކުރުމަށް، ހޭންޑްބޯލް އަދި ފުޓްސަލް ޓީމުތަކަށް ކުޅުންތެރިން އެކުލަވާލުމަށް ބޭނުންވާތީ، ހަވާލާދީފައިވާ ކުޅިވަރުތައް ކުޅުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2024 ޖުލައި 31 ވަނަ ދުވަހުގެ 14:00 ގެ ކުރިން [email protected] އަށް މެއިލްއަކުން ނުވަތަ 4009830 އަށް ގުޅާ ނުވަތަ 7339830 ނަންބަރަށް ވައިބަރ މެދުވެރިކޮށް، ކުޅުންތެރިޔާގެ ނަން، ބައިވެރިވުމަށް ބޭނުންވާ ޓީމް، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑް ނަންބަރ އަދި ގުޅޭނެ ފޯނުނަންބަރ ފޮނުވުމަށް ދަންނަވަމެވެ. މި ޓީމްތަކުގައި ރ.މާކުރަތުގެ ރަށްވެހިންގެ އިތުރުން ރ.މާކުރަތަށް ދިރިއުޅުންބަދަލުކޮށް (މާކުރަތު ރަށްޔިތަކާއި ކައިވެނި ބައްލަވައިގެން) ދިރިއުޅެމުންދާ ފަރާތްތަކަށްވެސް ފުރުޞަތު އޮތްވާހަކަ ދަންނަވަމެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް ރަސްމީ ގަޑީގައި މި ކައުންސިލްގެ 4009830 ނަންބަރ ފޯނަށް ގުޅުއްވުން އެދެމެވެ.

މިހެންވެ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

24 ޖުލައި 2024