ދިވެހިރާއްޖެ
މިއިދާރާއިންދޭ މަޢުލޫމާތާއި އެއްގޮތަށް 2 ޓަނުގެ ޕިކަޕެއް ގަތުމަށް ބޭނުންވެއެވެ. ވީމާ، މިއިދާރާއިން ދޭ މަޢުލޫމާތާއި އެއްގޮތަށް ޕިކަޕެއް ސަޕްލައިކޮށްދިނުމަށް ޝަޢުގުވެރިވެލައްވާ ފަރާތްތަކަށް އެކަމަށްއެދި ބިޑު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
މި އިޢުލާނަށް ބީލަން / ޕްރޮޕޯސަލް ހުށަހެޅުއްވޭނީ އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު ( ޤާނޫނު ނަންބަރު 19/2014 ( ދަށުން ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށާއި ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު ( ޤާނޫނު ނަންބަރު 18/2014 ) ގެ ދަށުން ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް އެކަނިއެވެ.
ބީލަމުގައި ރަޖިސްޓްރީވުމުގެ ސުންގަޑިއަކީ 08 އޮގަސްޓް 2024 ވަނަ ދުވަހުގެ 14:00ގެ ނިޔަލަށެވެ. ބީލަމުގައި ރަޖިސްޓްރީވުމަށް 500.00ރ ( ފައްސަތޭކަ ) ރުފިޔާގެ ނޮންރިފަންޑަބަލް ފީއެއް ދައްކަވަންވާނެއެވެ. ފައިސާބަލައިގަންނާނީ 24 ޖުލައި 2024 އިން 08 އޮގަސްޓް 2024 އަށް، ބަންދުނޫންކޮންމެ ދުވަހެއްގެ 08:00 ން 13:00 އަށް މިއިދާރާގެ ނަންބަރު 7725700329001 އެކައުންޓަށް ޓްރާންސްފަރކޮށްގެންނެވެ. އަދި ދެއްކުމަށްފަހު، ބީލަމަށް އެދޭ ފަރާތުގެ ނަމާއި އެޑުރެސް، ގުޅޭނެ ނަންބަރާއި އީ-މެއިލް އަދި ފައިސާ ދެއްކި ސްލިޕުގެ ކޮޕީ ތިރީގައިއެވާ އީމެއިލް އެޑްރެހަށް ފޮނުވަންވާނެއެވެ. ބިޑުޑޮކިއުމަންޓް ބައްލަވައި ނުގަންނަވާ ފަރާތްތަކަށް ބިޑު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަ މިފުރުޞަތުގައި ދަންނަވަމެވެ. މިބިޑާއިގުޅޭ އެންމެހައި ލިޔެކިއުންތައް މިއިދާރާއިން 24 ޖުލައި 2024 ފެށިގެން ލިބެންހުންނާނެއެވެ. އަދި މިޑާއިގުޅިގެން ދޫކުރެވޭ އެންމެ ފަހުގެ މަޢުލޫމާތުތައް މިއިދާރާއިން ހޯދުމަކީ ބިޑަށް ކުރިމަތިލާފަރާތުގެ ޒިންމާއެކެވެ.
މިބިޑާއިގުޅިގެން އެއްވެސް ސުވާލެއްވާނަމަ އީމެއިލް ކުރައްވާނީ 08 އޮގަސްޓް 2024 ވަނަ ދުވަހުގެ 13:00 ގެކުރިން ތިރީގައިވާ އީމެއިލް އެޑްރެހަށެވެ.
ބިޑުތައް ހުޅުވުން އޮންނާނީ 15 އޮގަސްޓް 2024 ވަނަ ދުވަހުގެ 13:00 ގައި ބުރުނީ ކައުންސިލްގެ އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. ބިޑުތައް ހުންނަންވާނީ ބަންދުކޮށްފައިވާ ސިޓީ އުރައެއްގައެވެ. ސިޓީ އުރައިގެ ބޭރުގައި ބީލަމަށް ދީފައިވާ ނަން، ހުޅުވަން ކަނޑައަޅާފައިވާ ތާރީޚާއިވަގުތު އަދި ބިޑު ހުށަހަޅާ ފަރާޓުގެ ނަންލިޔެފައި އޮންނަންވާނެއެވެ.
އިތުރު މަޢުލޫމާތު ތިރީގައިވާ އެޑުރެހުން ލިބިވަޑައިގަންނަވާނެއެވެ.
- ބުރުނީ ކައުންސިލްގެ އިދާރާ / ރޯޝަނީމަގު ތ. ބުރުނި
- ފޯން: +9606780038
- އީމެއިލް: [email protected]
މިހެންވެ، މިކަން އެންގުމަށް އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.