ޢާންމު މަޢުލޫމާތު
ނަންބަރު: (I)288/2024/073
ޕަބްލިޝްކުރި ތާރީޚް: 25 ޖުލައި 2024
ޕަބްލިޝްކުރި ގަޑި: 08:03
މިލަދުންމަޑުލު ދެކުނުބުރީ ކުޑަފަރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އާރު.ޓީ.އެލް ޙިދުމަތް ފެށުން

ދަތުރުފަތުގެ ނިޒާމުން ރަށްތަށް ގުޅާލުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން ނޫނު އަތޮޅުގެ ރަށްތަކަށް އާރު.ޓީ.އެލް ގެ ޙިދުމަށް 2024 ޖުލައި 25 ވާ ބުރާސްފަތި ދުވަހު ފެށުމަށް ވަނީ ހަމަޖެހިފައެވެ. މި ޚިދުމަތައް އަހުލުވެރިކުރުމަށްޓަކައި އާރު.ޓީ.އެލް ގެ ޙިދުމަތް ފަށާ ހަފްތާގައި ދަތުރު ކުރުމަށް ހަމަޖެހިފައިވާ ޝެޑިއުލާއި އެއްގޮތަށް 2024 ޖުލައި 26 ވާ ހުކުރު ދުވަހުން ފެށިގެން 2024 އޮގަސްޓު 1 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް ކޮންމެ ފަރާތަކަށްވެސް ހިލޭ ދަތުރު ކުރުމުގެ ފުރުސަތު ލިބިގެން ދާނެއެވެ.

އެހެންކަމުން މި ދުވަސްތަކުގައި އާރު.ޓީ.އެލް ފެރީން ދަތުރު ކުރަން ބޭނުއްފުޅުވާ ފަރާތްތަކުން ތިރީގައިވާ ފޯމް މެދުވެރިކޮށް ނުވަތަ ކޮންމެ ރަސްމީ ދުވަހެއްގެ ހެނދުނު 08:00 ން މެންދުރު 14:00 އަށް ކައުންސިލް އިދާރާ އަށް ދުރުވެ ރަޖިސްޓްރީ ކުރުމަށް ދަންނަވަމެވެ.   

ފޯމް: https://shorturl.at/qAdKL

އާރު.ޓީ.އެލް ފެރީ އިން ދަތުރުކުރުމަށް ނަން ނޯޓު ކުރުމުގައި ސަމާލުކަން ދޭންވީ ނުކުތާތަށް:

  • ކޮންމެ ދުވަހަކު ވެސް ފުރުސަތު ލިބިގެން ދާނީ ކުޑަފަރިއަށް ކަނޑައެޅިފައިވާ ސްލޮޓް ހަމަވަންދެން ( 7 ސްލޮޓާއި 10 ސްލޮޓާއި ދެމެދު) ދެވިފައިވާ ސްލޮޓްއަށްވުރެ އިތުރުވާނަމަ ވެއިޓިން ލިސްޓުގައި ނަންނޯޓު ކުރުމުގެ ފުރުސަތު ލިބިގެން ދާނެ
  • ދަތުރު ނަންނޯޓް ދުރާލާ ކުރުމަށް ޚާއްސަ ސަމާލުކަމެއް ދިނުން
  • އާރް.ޓީ.އެލް ފެރީގައި އުފުލޭ ލަގެޖް 20 ކިލޯއަށްވުރެ ލުއި ވާންވާނެއެވެ
  • އާރް.ޓީ.އެލް ފެރީގައި އުފުލޭ ލަގެޖްގެ ސައިޒު އެންމެ ބޮޑުވެގެން 2*2*2 (އަކަ ފޫޓަށްވުރެ ބޮޑުވެގެން ނުވާނެ)
  • ލަގެޖް ހުންނަންވާނީ ރަގަނޅަށް ބަންދުކުރެވިފައި، ރަނގަޅަށް ޕެކްކޮށްފައި ނުވާ ކޮތަޅުތަކުގައި ހުންނަ މުދާ އާރް.ޓީ.އެލް ފެރީގައި ގެންގުޅުމަކީ މަނާ ކަމެކެވެ.
  • ގަދަ ވަހެއް ހުންނަ ކާބޯތަކެތި/ މުދާ އާރް.ޓީ.އެލް ފެރީއަށް އެރުވުމަކީ މަނާކަމެކެވެ. 

ދަތުރު ކުރުމަށް ހަމަޖެހިފައިވާ މަގު އެއްކަރުދާސްކުރެވިފައި އެވަނީއެވެ.   

25 ޖުލައި 2024