ދިވެހިރާއްޖެ
މިރަށުން ދިރިއުޅުމަށްޓަކައި ބަންޑާރަގޯތި ދޫކުރުމުގެ މަސައްކަތް ވިލަރެސްކުރާ ކޮމެޓީއަށް އާންމު ރައްޔިތުން ތަމްސީލުކުރާނެ މެންބަރުން ހޯދުމަށް މި އިދާރާއިން ކުރި އިޢުލާނާއި ގުޅިގެން، މި އިދާރާއިން ބޭނުންވާ އަދަދަށް މެންބަރުކަމަށް ވުމަށް އެދި ހުށަހެޅުން ލިބިފައިނުވާތީ، ތިރީގައިވާ ގޮތުގެ މަތިން އިތުރަށް ފުރުސަތު ހުޅުވާލަމެވެ.
އުޖޫރަ: |
މަސައްކަތްކުރާ ކޮންމެ ދުވަހަކަށް 100/- ރުފިޔާ |
ކޮމެޓީ މެންބަރުންގެ މަސްއޫލިއްޔަތުތައް: |
މ. ދިއްގަރު ކައުންސިލުން ގޯތި ދޫ ކުރުމުގައި، " މ. ދިއްގަރުން ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުމާއިގުޅޭ އުޞޫލު" އާއި އެއްގޮތްވާ ގޮތުގެމަތިން ގޯއްޗަށް އެދި ފޯމް ހުށަހަޅާފައިވާ ފަރާތްތަކުގެ މެދުގައި، އެންމެ އިންސާފުވެރި ކަމާއިއެކު، ގޯއްޗެއްގެ ބޭނުން އެންމެބޮޑަށް ޖެހިފައިވާ ފަރާތްތައް ފާހަގަކުރުމަށް އަންނަނިވި މަސައްކަތްތައް ރާވައި ހިންގުން. (ހ) ގޯތި ހޯދުމަށް އެދި ފޯމު ހުށަހަޅާ ފަރާތްތައް ޝޯޓް ލިސްޓްކުރުމުގެ މަސައްކަތް ކުރުން. (ށ) ގޯތިހޯދުމަށް އެދި ފޯމު ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން ޝޯޓް ލިސްޓް ކުރެވުނު ފަރާތްތަކުގެ މައުލޫމާތުތައް އެއްކުރުމުގެ މަސައްކަތް ރާވާހިންގުން. (ނ) މައުލޫމާތު އެއްކުރުމާއި، އެއްކުރެވޭ މައުލޫމާތު ޔަޤީންކޮށް ކަށަވަރު ކުރުން. (ރ) ގޯތި ލިބޭ ފަރާތްތަކުގެ ވަގުތީ ލިސްޓް އެކުލަވާލުމާއި އާންމު ކުރުން. (ބ) ވަގުތީ ލިސްޓަށް ހުށަހެޅޭ ޝަކުވާތައް ބަލައި ޖަވާބު ދިނުން. (ޅ) ގޯތި ލިބޭ ފަރާތްތައް ކަނޑައަޅާ އާންމުކުރުން. |
މަސައްކަތުގެ މުއްދަތު: |
މުލަކަތޮޅު ދިއްގަރު ކައުންސިލުން ކޮމެޓީ އުފައްދާ ތާރީޚުން ފެށިގެން، ކޮމެޓީގެ މަސްއޫލިއްޔަތުތައް ނިންމާ ކައުންސިލާއި ހަވާލުކުރާ ތާރީޚާއި ހަމައަށް. |
ކޮމެޓީގެ މެންބަރަކަށް ވުމުގެ ޝަރުޠު: |
މ.ދިއްގަރުގެ ރަށްވެއްސެއްކަމުގައިވުން. |
ކޮމިޓީގެ މެންބަރުން ކަނޑައެޅުމުގައި ބަލާނެ ކަންތައްތައް: |
އާންމު ރައްޔިތުން ތަމްސީލުކުރާނެ މެންބަރުން ކަނޑައަޅާނީ، އެކަމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތަޢްލީމީ ފެންވަރަށާއި، މިފަދަ މަސައްކަތެއް ކުރުމުގެ ޤާބިލްކަމަށް ބަލައިގެންނެވެ. |
ހުށަހަޅަންޖެހޭ ލިޔުންތައް:
|
(ހ) ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ. (ށ) ލިބިފައިވާ އެންމެ މަތީ ލެވަލްގެ ތަޢުލީމީ ސެޓްފިކެޓްގެ ކޮޕީ. (ނ) ގުޅުން ހުރި މަސައްކަތެއްކޮށްފައިވާކަމުގެ ތަޖުރިބާ ލިޔުމެއް އޮތްނަމަ، އެ ލިޔުމުގެ ކޮޕީ. |
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، 28 ޖުލައި 2024 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން، ތިރީގައިވާ ލިންކްގައިވާ ފޯމު ފުރިހަމަކުރެއްވުން އެދެމެވެ.