ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)320-FNP/320/2024/83
ޕަބްލިޝްކުރި ތާރީޚް: 24 ޖުލައި 2024
ޕަބްލިޝްކުރި ގަޑި: 22:28
ސުންގަޑި: 01 އޮގަސްޓް 2024 00:00
މާޅޮސްމަޑުލު ދެކުނުބުރީ އޭދަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބ.އޭދަފުށީ ބަނދަރު ސަރަޙައްދުގައި ހަރުކުރުމަށް ބޭނުންވާ 2 ސީ.ސީ.ޓީ.ވީ ކެމަރާ ސަޕްލައި ކޮށްދޭނެ ފާރާތެއް ހޯދުމާއިގުޅޭ

 

އިޢުލާނު


އިޞްލާޙް ކުރެވިފައި

ބ.އޭދަފުށީ ބަނދަރު ސަރަޙައްދުގައި ހަރުކުރުމަށް ބޭނުންވާ 2 ސީ.ސީ.ޓީ.ވީ ކެމަރާ ސަޕްލައި ކޮށްދޭނެ ފާރާތެއް ހޯދުމާއިގުޅޭ

    ބ.އޭދަފުށީ ބަނދަރު ސަރަޙައްދުގައި ހަރުކުރުމަށް ބޭނުންވާ 2 (ދޭއް) ސީ.ސީ.ޓީ.ވީ ކެމަރާ ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވާތީވެ މިމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބީލަން ހުށަހެޅުމުގެ ދައުވަތު ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ. ސަޕްލައި ކުރުމަށް ބޭނުންވާ ކެމަރާގެ މަޢުލޫމާތު ތިރީގައިމިވަނީއެވެ.

  • 4MP 40X Starlight IR NETWORK PTZ CAMERA DH-SD8A3440GA-HNV

 

1-      އަގު ހުށަހަޅަންވާނީ ބ.އޭދަފުށި ކައުންސިލް އިދާރާއާ ހަމައަށްކެމެރާތައް ފޯރުކޮށްދިނުމާއި އެކުގައެވެ. މީގެ ތެރޭގައި ހިނގާ ހުރިހާ ޚަރަދެއްގެ ޒިންމާނަގާނީ ސަޕްލައި ކުރާފަރާތުންނެވެ.

 

ބީލަމުގައި ރަޖިސްޓްރީވުން:

ބީލަން ހުށަހެޅުއްވުމަށް ބޭނުންވާ ފަރާތްތަކުން 21 ޖުލައި 2024 (އާދީއްތަ) ދުވަހުން ފެށިގެން 28 ޖުލައި 2024 ވާ (އާދިއްތަ) ދުވަހުގެ 14:00 އާއި ހަމައަށް އޮންލައިންކޮށް ތިރީގައިވާ ލިންކް މެދުވެރިކޮށް ރަޖިސްޓަރވުމަށް ދަންނަވަމެވެ.

 

  https://forms.gle/6AyfVBhwarvHymxH7 ލިންކު:

 

ބީލަމާއިއެކު ހުށަހަޅަންޖެހޭ ލިޔުންތައް:

1-      ކޮޓޭޝަން / އެސްޓިމޭޓް

2-      ކޮމްޕެނީ ރެޖިސްޓްރޭޝަން ސެޓްފިކެޓް

3-      އައި.ޑީ.ކާޑު ކޮޕީ

4-      ތަޖުރިބާ ލިޔުންތައް

5-      މިއިއުލާނާއި އެކު ގެޒެޓް ކޮށްފައިވާ ޖަދުވަލުތައް

 

 

 

 

ބީލަންތައް އިވެލުއޭޓް ކުރުން:

#

ތަފްޞީލް

1

މަސައްކަތް ހުށަހަޅާ އަގު: (80 ޕޮއިންޓް)

 

  • ހުށަހެޅި އެންމެ ހެޔޮ އަގު / ހުށަހެޅި އަގު x 80 (އަގަށް މާކްސް ދޭނީ ހުށަހޅާފައިވާ އެންމެ ކުޑަ އަގަށް ފުލް ޕޮއިންޓް ލިބޭ ގޮތަށް ފްރެކްޝަން އުޞޫލުންނެވެ)

2

މަސައްކަތަށް ހުށަހަޅާ މުއްދަތު: (10 ޕޮއިންޓް)

 

  • މުއްދަތަށް ޕޮއިންޓް ދޭނީ އެންމެ ކުޑަ މުއްދަތު ހުށަހަޅާ ފަރާތަކަށް ފުލް ޕޮއިންޓްދީ އެނިސްބަތަށް ބަލައި ދެން ހުށަހަޅާ މުއްދަތަކަށް ޕޮއިންޓް ލިބޭގޮތަށް ފްރެކްޝަން އުޞޫލުންނެވެ.
  • ހުށަހެޅި އެންމެ ކުރު މުއްދަތު / ހުށަހެޅި މުއްދަތު x 10

3

ތަޖުރިބާއަށް ޕޮއިންޓް ދޭނެ ގޮތް (10 ޕޮއިންޓް)

 

  • އެންމެ ގިނަ މާކްސް ލިބޭނީ މިމަސައްކަތާއި ގުޅުންހުރި އެންމެ ގިނަ މަސައްކަތްކޮށް އެންމެ ގިނަ ލިޔުންހުށަހަޅާ ފަރާތަކަށް

 

އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 2024 އޮގަސްޓް 01 ވާ ބުރާސްފަތި ދުވަހުގެ 10:00 ގައި ބ.އޭދަފުށީ ކައުންސިލް އިދާރާގެ މީޓިންގ ރޫމުގައެވެ. އަންދާސީހިސާބު ހުށަހަޅުއްވާއިރު ބަދަލުގައި އެހެން ފަރާތަކުން ވަޑައިގަންނަވާނަމަ، އެކަން ބަޔާންކޮށް ސިޓީއެއް ހުށަހަޅުއްވަންވާނެއެވެ. ގަޑިޖެހުމަށްފަހު ހުށަހަޅުއްވާ އަންދާސީ ހިސާބުތަކާއި، އީމެއިލާއި ފެކްސްގެ ޒަރީޢާއިން ފޮނުއްވާ އަންދާސީ ހިސާބުތައް ބަލައިނުގަންނާނެކަމާއި، އަދި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބުތައް ބާޠިލުވާނެ ވާހަކަވެސް މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

މި ބީލަމުގައި ބައިވެރިވެވަޑައިގެންނެވޭނީ، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގައި ޤާނޫނު ނަންބަރު 18/2014 (ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު) ގެ ދަށުން ރަޖިސްޓަރީވެފައިވާ ކުންފުނިތަކަށާއި، ޤާނޫނު ނަންބަރު 19/2014 (އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު) ގެ ދަށުން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ.

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

24 ޖުލައި 2024