ދިވެހިރާއްޖެ
މަޤާމް :އިންޓެލިޖެންސް އެނަލިސްޓް ގްރޭޑް 3 (ފައިނޭންޝަލް ކްރައިމް) | |
---|---|
ބޭނުންވާ އަދަދު :1 | |
ސަމާލުކަމަށް: މި ޚިދުމަތުން 2024 ޖުލައި 22 ވަނަ ދުވަހު ޝާއިޢުކޮށްފައިވާ 2024 ވަނަ އަހަރުގެ 122 ވަނަ އިޢުލާނު ބާޠިލްކުރެވި އަލުން އިޢުލާން ކުރެވިފައި. އަދި ބަޔާންކޮށްފައިވާ އިޢުލާނާއި ގުޅިގެން ކުރިން ފޯމް ހުށަހަޅާފައިވާ ފަރާތްތައް، މި އިޢުލާނާއި ގުޅިގެން އަލުން ފޯމް ހުށަހަޅަން ނުޖެހޭނެ ވާހަކަ ދެންނެވީމެވެ. ޕޭ ގްރޭޑް: PG05 މުސާރަ: - އަސާސީ މުސާރަ: -/7،000 ރުފިޔާ - ސަރވިސް އެލަވަންސްގެ ގޮތުގައި މަހަކު: -/2,700 ރުފިޔާ - ނޮން-ޕްރެކްޓިސް އެލަވަންސް (އަސާސީ މުސާރައިގެ 35 އިންސައްތަ): -/2,450 ރުފިޔާ - އިތުރުގަޑީގައި މަސައްކަތް ކުރަން ޖެހިގެން މަސައްކަތް ކޮށްފިނަމަ ގިނަވަގެން މަހަކު (އަސާސީ މުސާރައިގެ 60 އިންސައްތަ): -/4,200 ރުފިޔާ - ހަމަޖެހިފައިވާ އުޞޫލުގެ ތެރެއިން ޕްރޮފެޝަނަލް އެލަވަންސް (އަސާސީ މުސާރައިގެ 15 އިންސައްތަ): -/1،050 ރުފިޔާ - ފުޑް އެލަވަންސް: ދުވާލަކަށް -/160 ރުފިޔާ - ބޭސްފަރުވާކުރުން މަޤާމުގެ ޝަރުތު: - ކޮމަރސް، އެކައުންޓިންގ، ފައިނޭންސް، ފޮރެންސިކް އެކައުންޓިންގ، ކޮމްޕިއުޓަރ ސައިންސް، ފޮރެންސިކްސް، ސްޓެޓިސްޓިކްސް، ޑޭޓާ ސައިންސް ނުވަތަ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 07 ގެ ސަނަދެއް ހާޞިލުކޮށްފައިވުން، ނުވަތަ؛ - އޭ.ސީ.ސީ.އޭ ކޮލިފިކޭޝަން ސްޓްރަކްޗަރ އިން އެޕްލައިޑް ސްކިލްސް ލެވަލް ފުރިހަމަކޮށްފައިވުން، - މީލާދީ ގޮތުން 18 އަހަރާއި 35 އަހަރާ ދެމެދުގެ ފަރާތެއްކަމުގައިވުން، - އިސްލާމް ދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ކުރިކަން، ނުވަތަ ވައްކަން، ޓެކުން، މަކަރާ ޙީލަތް، މަސްތުވާ ތަކެތި ބޭނުންކުރުން، ނުވަތަ މަސްތުވާތަކެތީގެ ވިޔަފާރިކުރުން، އަދި ޚިޔާނާތް ފަދަ ކުށެއް ކުރިކަން ވޭތުވެދިޔަ 05 އަހަރުދުވަހުގެ ތެރޭގައި ޝަރީޢަތަށް ސާބިތުވެފައިވާ މީހަކުކަމުގައި ނުވުން، - ވޭތުވެދިޔަ 05 އަހަރު ދުވަހުގެ ތެރޭގައި، މަނާކުރެވިފައިވާ މަސްތުވާއެއްޗަކުން އެކަހެރިވުމަށް ފަރުވާ ހޯދާފައިވާ ފަރާތަކަށްނުވުން. އިތުރު މަޢުލޫމާތު: - މި މަޤާމަށް އެދި ފޯމް ހުށަހަޅާ ފަރާތަކީ ދިވެހި ރާއްޖޭގައި ރަޖިސްޓްރީ ކޮށްފައިވާ އެއްވެސް ސިޔާސީ ޕާޓީއެއްގެ ރަޖިސްޓްރީގައިވާ ފަރާތެއް ކަމުގައި ނުވުން. - މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކަށް ކުރެވޭ އިންޓަރވިއު، ބެކްގްރައުންޑް އެސެސްމަންޓުން ފާސްވުމާއި، އަދި ދެވޭ މެޑިކަލް އެގްޒަމިނޭޝަނުންނ ފާސްވުން. މީހުން ހޮވުމުގައި އިސްކަން ދެވޭނެ ކަންތައްތައް: - އެކައުންޓިންގ އާއި ފައިނޭންސްގެ ދާއިރާއެއްގައި އުޅެ ތަޖުރިބާ ލިބިފައިވާ ފަރާތްތައް. - ފައިނޭންޝަލް އެނަލިސިސް ދާއިރާއެއްގައި މަސައްކަތު ތަޖުރިބާ ނުވަތަ އެފަދަ ތަމްރީނެއް ފުރިހަމަކޮށްފައިވާ ފަރާތްތައް. - ރާއްޖޭގެ ކުށުގެ މާހައުލާގުޅޭ ދިރާސާ ކުރުމަށް ނުވަތަ އެފަދަ ގުޅުންހުރި އެނަލިސިސް ހެދުމަށް އަމިއްލަ ޝައުޤު ހުރި މިންވަރު. - ދިވެހިބަހާއި އިނގިރޭސިބަހުން މުޢާމަލާތުކުރަން އެނގޭ މިންވަރު. - އެކިއެކި ޓޫލްސް ބޭނުންކޮށްގެން ޑޭޓާ އެނަލައިސް ކުރުމަށް ޝައުޤުހުރި މިންވަރު. - މައިކްރޯސޮފްޓް އެކްސެލް ބޭނުންކޮށްގެން ޑޭޓާ ޕްރޮސެސް ކުރަން އެނގޭ މިންވަރު. - ޑޭޓާ މައިނިންގ ޓޫލްސް ބޭނުންކުރަން އެނގޭ މިންވަރު. - އުނދަގޫ އަދި ހައި ޕްރެޝަރ މާހައުލު ތަކުގައި ގުޅިގެން މަސައްކަތްކޮށް، ނަތީޖާ ނެރުމުގެ ރޫހު ހުރުން. - އެންމެ މަތީ ދަރަޖައަށް ޕާރސަނަލް އިންޓެގްރިޓީ އާއި ޕްރޮފެޝަނަލިޒަމް ހުރުން. - އަނގަބަހުން ޕްރެޒެންޓް ކުރަން އިނގޭ މިންވަރު. - މަޤާމުގެ މަސައްކަތާއި ގުޅުން ހުރި ދާއިރާއަކުން މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ. މަޤާމުގެ މައިގަނޑު މަސްޢޫލިއްޔަތު: - ރާއްޖޭގެ ކުށުގެ މާހައުލާ ގުޅޭ ގޮތުންނާއި ވަކިވަކި ކުށްތަކާއި ކުށްކުރާ ފަރާތްތަކާ ގުޅޭ ގޮތުން ހަދަންޖެހޭ ތަފާތު އެނަލިސިސް ހެދުމާއި، އެ ފަދަ ކަންކަމާ ގުޅޭ ރިޕޯޓްތައް ތައްޔާރުކުރުން. އަދި، މީގެ އިތުރުން، ކުށާ ގުޅޭ ތަފާސް ހިސާބު އެއްކޮށް އެމަޢުލޫމާތާ ގުޅޭ އެނަލިސިސް ހެދުން. ޢާންމުކޮށް މަސައްކަތްކުރަންޖެހޭ ތަން: މާލެ ޢާންމުކޮށް މަސައްކަތްކުރަންޖެހޭ ގަޑި: ރަސްމީ ޑިއުޓީ / ދަންފަޅި ޑިއުޓީ ހުށަހަޅަންޖެހޭ ލިޔުންތައް: - ދިވެހި ފުލުހުންގެ ޚިދުމަތުގެ ވަޒީފާއަށް އެދޭ ފަރާތްތަކުގެ ކުށުގެ ރެކޯރޑް ބަލާ ފޯމް، - ދިވެހި ރައްޔިތެއްކަން އަންގައިދޭކާޑުގެ ކޮޕީ، - ތައުލީމީ ސަނަދު ނުވަތަ ސެޓްފިކެޓްތަކުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހާފައިވާ އަސްލު)، - ލިބިފައިވާ ހުނަރުވެރިކަމުގެ ސެޓްފިކެޓްތަކުގެ ކޮޕީ، - ނެގިފަހުން 3 މަސް ވެފައިނުވާ އެފަރާތެއްގެ ޕާސްޕޯރޓް ސައިޒުގެ ފޮޓޯ (ފޯމުގައި ތަތްކޮށްފައި)، - ދިވެހި ސިވިލް ސަރވިސް ނުވަތަ އެހެންވެސް ވަޒީފާއެއްގައި ދެމިހުރި ފަރާތެއްނަމަ، ވަޒީފާ އަދާކުރަމުންދާ އޮފީހުގެ އިޢުތިރާޒެއް ނެތް ކަމުގެ ލިޔުން، - ކުރިން ވަޒީފާ އަދާކޮށްފައިވާ މީހެއްނަމަ ވަޒީފާ އަދާކުރި ތަންތަނުން ވަޒީފާ އަދާކުރިކަމުގެ ލިޔުން. ސުންގަޑި: މި މަޤާމަށް އެދި ހުށަހަޅާ ފަރާތްތަކުން ދިވެހި ފުލުހުންގެ ޚިދުމަތުގެ ވަޒީފާއަށް އެދި ހުށަހަޅާ ފޯމާއި ކުށުގެ ރެކޯޑް ބަލާ ފޯމް ފުރިހަމަކުރުމަށްފަހު ހުށަހަޅަންޖެހޭ ލިޔުންތަކާއެކު 2024 އޯގަސްޓް 04 ވަނަ ދުވަހުގެ 16:00 ގެ ކުރިން ޝަހީދު ހުސައިން އާދަމް ބިލްޑިންގގެ ރިސެޕްޝަނަށް ހުށަހެޅުން އެދެމެވެ. މި މަޤާމަށް އެދި ހުށަހަޅާ ފޯމްތައް ބަލައިގަންނާނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ 14:00 އިން 16:00 އަށެވެ. . ނޯޓް: ވަޒީފާއަށް އެދި ހުށަހަޅާ ފޯމު ދިވެހި ފުލުހުންގެ ޚިދުމަތުގެ ވެބްސައިޓް (www.police.gov.mv) އިން ލިބެން ހުންނާނެއެވެ. މީގެ އިތުރުން ވަޒީފާއަށް އެދި ހުށަހަޅާ ފޯމު އަދި ކުށުގެ ރެކޯރޑް ބަލާ ފޯމް މި އިޢުލާނާއެކު އެއްކަރުދާސްކުރެވިފައިވާނެއެވެ. މިމަޤާމުތަކަށް އެދި ފޯމު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން މަޤާމުގެ ޝަރުޠު ހަމަނުވާ ފަރާތްތަކުގެ ފޯމު ބާޠިލުވާނެއެވެ. އަދި އިންޓަރވިއުއަށް ކިޔާނީ ވަޒީފާއަށް އެދި ފޯމު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށެެވެ. 18 މުޙައްރަމް 1446 |