ވަޒީފާގެ ފުރުޞަތު
ނަންބަރު: HMH | IUL | 2024 | 111
ޕަބްލިޝްކުރި ތާރީޚް: 24 ޖުލައި 2024
ޕަބްލިޝްކުރި ގަޑި: 14:52
ސުންގަޑި: 06 އޮގަސްޓް 2024 14:00
ހުޅުމާލެ ހޮސްޕިޓަލް
ދިވެހިރާއްޖެ
ކްލިނިކަލް ނާރސް ، ސީނިއަރ ރެޖިސްޓަރޑް ނާރސް ، ރެޖިސްޓަރޑް ނާރސް

 

ވަޒީފާގެ ފުރުޞަތު

މަޤާމު

ކްލިނިކަލް ނާރސް

މަޤާމްގެ ގިންތި

ދާއިމީ    

ބޭނުންވާ އަދަދު:

 އެން.އައި.ސީ.ޔޫ - 1

މަޤާމުގެ ރޭންކް

ޕީ.އެސް 9

މަސައްކަތް ކުރަންޖެހޭ ތަން:

ނާރސިންގ ޑިޕާޓްމަންޓް –އެން.އައި.ސީ.ޔޫ

މަޤާމުގެ މުސާރައާއި އެލަވަންސްތައް:

ހާޒިރީ އެލަވަންސް

މަޤާމުގެ އެލަވަންސް

އަސާސީ މުސާރަ

ރޭންކް

މަޤާމު

278.00 ރުފިޔާ

10270.00 ރުފިޔާ

17932.00 ރުފިޔާ

ޕީ.އެސް 9 – ސްޓެޕް 1

ކްލިނިކަލް ނާރސް

މަގާމަށް އައްޔަށްންކުރާއިރު ބޭނުންވާ ލައިސަންސްތަކާއި ފުރިހަމަކުރުން ލާޒިމް ތަމްރީނުތައް:

މޯލްޑިވްސް  ނަރސިންގ އެންޑް މިޑްވައިފްރީ ކައުންސިލްގައި ރަޖިސްޓްރީކޮށް، އަދާހަމަ ޕްރެކްޓިސިންގ ލައިސަންސް ލިބިފައިވުން

އިތުރު އިނާޔަތްތައް

1.  ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

2.   ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް

  1. ވޯޑެއް ހިންގުމުގައި އެކަށީގެންވާ ގޮތަށް ނަރސިންގ ކެއަރ ދެވޭނޭފަދަ އިންތިޒާމްތައް ރާވައި ހިންގުމުގައި އެހީތެރިވެ، ބަލިމީހުންނަށް ފަރުވާ ދިނުމަށް ބޭނުންވާ ބޭހާއި އިކުއިޕްމަންޓްތައް ބޭނުންކުރެވޭ ޙާލަތުގައި ހުރިތޯ ބެލުން.
  2. ބަލިމީހުންނަށް ބޭނުންވާ ޖިސްމާނީ، އިޖްތިމާއި އަދި ނަފްސާނީ ފަރުވާދިނުމުގައި ނަރސިންގ ކެއަރގެ ޕްލޭންތައް އެހެން ޞިއްޙީ ފަންނުވެރިންނާއެކު ވިލަރެސްކޮށްގެން ރާވައި އެ ޕްލޭންތަކާ އެއްގޮތަށް މަސައްކަތް ކުރޭތޯ ބަލައި މޮނިޓަރ ކުރުން.
  3. ބަލިމީހުންނަށް ކެއަރ ދިނުމަށް ހެދިފައިވާ އުޞޫލުތަކާއި ގައިޑްލައިންތަކާއި، ބަލިމީހާއަށް ރައްކާތެރި މާހައުލެއް ގާއިމްކުރުމުގެ ގޮތުން ހެދިފައިވާ އިންފެކްޝަން ކޮންޓްރޯލް އަދި ޕޭޝަންޓް ސޭފްޓީ ގައިޑްލައިންސްއާ އެއްގޮތަށް ކެއަރދީ، ކްލިނިކަލް ނަރސް އިންޗާރޖްއާ އެކުގައި މިގޮތަށް ދެވޭ ޚިދުމަތްތައް މޮނިޓަރ ކުރުމާއި އިވެލުއޭޓް ކުރުން.
  4. ބަލިމީހާއަށް ފަރުވާދިނުމުގައި ދިމާވެދާނެ ނުރައްކާވާފަދަ ޙާލަތްތައް ކުރިޔަށް ލަފާކުރުމާއި، ދިމާވާ އެމަރޖެންސީތައް ވަގުތުން ކަމާބެހޭ ޞިއްޙީ ފަންނުވެރިންނަށް އެންގުމާއި، އެކުގައި އެފަދަ އެމަރޖެންސީތައް މެނޭޖް ކުރުން.
  5. ސިއްޙީ ފަންނުވެރިންގެ ލަފާގެމަތިން ބަލިމީހުންނަށްދެވޭ ފަރުވާއާއި ރިހެބިލިޓޭޝަނާ ބެހޭގޮތުން ބަލިމީހާ /ޢާއިލާއަށް މަޢުލޫމާތު ދިނުން
  6. ކްލިނިކަލް ދާއިރާއިން މުވައްޒަފުންގެ ސްކިލް އަޕްގްރޭޑްކުރުމަށް ބޭނުންވާ އިންސަރވިސް ޕްރޮޤްރާމްތައް ދެނެގަނެ،ރާވައި ހިންގުމުގައި ކްލިނިކަލް ނަރސް އިންޗާރޖްއަށް އެހީތެރިވުން.
  7. ކްލިނިކަލް ދާއިރާއަށް ތަޖުރިބާ ހޯދަން އަންނަ ދަރިވަރުން މެންޓޮރ ކުރެވޭނެގޮތް ކްލިނިކަލް ނަރސް އިންޗާރޖްއާ އެކުގައި ރާވައި ހިންގައި، ސުޕަވައިޒް ކުރުން.
  8. ނަރުހުންގެ ކޯޑް އޮފް ކޮންޑަކްޓާއި، ޤާނޫނުތަކާއި، ގަވާއިދުތަކާއި ސިޔާސަތުތަކާ އެއްގޮތަށް މުވައްޒަފުން ޢަމަލުކުރޭތޯ މޮނިޓަރކޮށް ސުޕަވައިޒްކުރުމަށް އެހީތެރިވެ އެއްބާރުލުން ދިނުން.
  9. ކްލިނިކަލް ދާއިރާގައި ހިނގާ އާދަޔާ ޚިލާފު ޙާދިޞާތައް ބަލައި އެކަންކަމަށް އަޅަންޖެހޭ ރައްކާތެރި ފިޔަވަޅުތައް އެޅުމަށް އެހީތެރިވުން
  10. މުވައްޒަފުންގެ މެދުގައި ހަމަހަމަކަން ޤާއިމްކޮށް، މުވައްޒަފުންގެ ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަން ދަމަހައްޓައި، މުވައްޒަފުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން ބަދަހިކޮށް ދިމާވާ ދެބަސްވުމާއި ހިތްހަމަނުޖެހުންތައް ހައްލުކުރުމަށް އެހީތެރިވުން.
  11. ހޮސްޕިޓަލްގެ މިޝަން ހާސިލްކުރުމަށާއި، ނަރުހުންގެ ފަންނު ކުރިއަރުވައި، ދެވޭ ޚިދުމަތް އިތުރަށް ފުޅާކުރުމުގެ ގޮތުން ހިޔާލު ދިނުމާއި ފޯރުކޮށްދެވޭ ނަރސިންގ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމަށާއި ކޮލިޓީ ހިފެހެއްޓުމަށް ކުރޭވޭ މަސައްކަތްތަކުގައި ވެރިންނަށް އެހީތެރިވެ އެއްބާރުލުން ދިނުން.

މަޤާމުގެ ޝަރުތުތައް:

 ކްލިނިކަލް ނަރސް (ޕީ.އެސް 9)

މޯލްޑިވްސް ނަރސިންގ އެންޑް މިޑްވައިފަރީ ކައުންސިލް ގަބޫލުކުރާ، ނަރސިންގ ދާއިރާއަކުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއިއެކު، ސީނިއަރ ރެޖިސްޓަރޑް ނާރސް އެއްގެ ގޮތުގައި 4 އަހަރު ދުވަހުގެ މަސައްތަކުގެ ތަޖުރިބާ ލިބިފައިވުން. 

 

މަޤާމު

ސީނިއަރ ރެޖިސްޓަރޑް ނާރސް

މަޤާމްގެ ގިންތި

ދާއިމީ   

ބޭނުންވާ އަދަދު:

 ސީ.އެސް.އެސް.ޑީ- 1، އައި.ސީ.ޔޫ– 1 ، އެން.އައި.ސީ.ޔޫ- 1 ، އޯ.ޓީ ކޮމްޕްލެކްސް - 1 

މަޤާމުގެ ރޭންކް

ޕީ.އެސް 7 ، ޕީ.އެސް 8

މަސައްކަތް ކުރަންޖެހޭ ތަން:

ނާރސިންގ ޑިޕާޓްމަންޓް – އޯޓީ ކޮމްޕްލެކްސް، އެން.އައި.ސީ.ޔޫ، އައި.ސީ.ޔޫ، ސީ.އެސް.އެސް.ޑީ

މަޤާމުގެ މުސާރައާއި އެލަވަންސްތައް:

ހާޒިރީ އެލަވަންސް

މަޤާމުގެ އެލަވަންސް

އަސާސީ މުސާރަ

ރޭންކް

މަޤާމު

188.00 ރުފިޔާ

6934.00 ރުފިޔާ

14857.00 ރުފިޔާ

ޕީ.އެސް 7 – ސްޓެޕް 1

ސީނިއަރ ރެޖިސްޓަރޑް ނާރސް

220.00 ރުފިޔާ

8112.00 ރުފިޔާ

17382.00 ރުފިޔާ

ޕީ.އެސް 8 – ސްޓެޕް 1

ސީނިއަރ ރެޖިސްޓަރޑް ނާރސް

 

މަގާމަށް އައްޔަށްންކުރާއިރު ބޭނުންވާ ލައިސަންސްތަކާއި ފުރިހަމަކުރުން ލާޒިމް ތަމްރީނުތައް:

މޯލްޑިވްސް  ނަރސިންގ އެންޑް މިޑްވައިފްރީ ކައުންސިލްގައި ރަޖިސްޓްރީކޮށް، އަދާހަމަ ޕްރެކްޓިސިންގ ލައިސަންސް ލިބިފައިވުން

އިތުރު އިނާޔަތްތައް

1.  ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

2.   ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް

1-  ވޯޑެއް ހިންގުމުގައި އެކަށީގެންވާ ގޮތަށް ނަރސިންގ ކެއަރ ދެވޭނޭފަދަ އިންތިޒާމްތައް ރާވައި ހިންގުމުގައި އެހީތެރިވެ، ބަލިމީހުންނަށް ފަރުވާ ދިނުމަށް ބޭނުންވާ ބޭހާއި އިކުއިޕްމަންޓްތައް ބޭނުންކުރެވޭ ޙާލަތުގައި ހުރިތޯ ބެލުން.

2-  ބަލިމީހުންނަށް ބޭނުންވާ ޖިސްމާނީ، އިޖްތިމާއި އަދި ނަފްސާނީ ފަރުވާދިނުމުގައި ނަރސިންގ ކެއަރގެ ޕްލޭންތައް އެހެން ޞިއްޙީ ފަންނުވެރިންނާއެކު ވިލަރެސްކޮށްގެން ރާވައި އެ ޕްލޭންތަކާ އެއްގޮތަށް މަސައްކަތް ކުރޭތޯ ބަލައި މޮނިޓަރ ކުރުން.

3- ބަލިމީހުންނަށް ކެއަރ ދިނުމަށް ހެދިފައިވާ އުޞޫލުތަކާއި ގައިޑްލައިންތަކާއި، ބަލިމީހާއަށް ރައްކާތެރި މާހައުލެއް ގާއިމްކުރުމުގެ ގޮތުން ހެދިފައިވާ އިންފެކްޝަން ކޮންޓްރޯލް އަދި ޕޭޝަންޓް ސޭފްޓީ ގައިޑްލައިންސްއާ އެއްގޮތަށް ކެއަރދީ، ކްލިނިކަލް ނަރސް އިންޗާރޖްއާ އެކުގައި މިގޮތަށް ދެވޭ ޚިދުމަތްތައް މޮނިޓަރ ކުރުމާއި އިވެލުއޭޓް ކުރުން.

4- ބަލިމީހާއަށް ފަރުވާދިނުމުގައި ދިމާވެދާނެ ނުރައްކާވާފަދަ ޙާލަތްތައް ކުރިޔަށް ލަފާކުރުމާއި، ދިމާވާ އެމަރޖެންސީތައް ވަގުތުން ކަމާބެހޭ ޞިއްޙީ ފަންނުވެރިންނަށް އެންގުމާއި، އެކުގައި އެފަދަ އެމަރޖެންސީތައް މެނޭޖް ކުރުން.

5- ޞިއްޙީ ފަންނުވެރިންގެ ލަފާގެމަތިން ބަލިމީހުންނަށްދެވޭ ފަރުވާއާއި ރިހެބިލިޓޭޝަނާ ބެހޭގޮތުން ބަލިމީހާ /ޢާއިލާއަށް މަޢުލޫމާތު ދިނުން.

6- ކްލިނިކަލް ދާއިރާއިން މުވައްޒަފުންގެ ސްކިލް އަޕްގްރޭޑްކުރުމަށް ބޭނުންވާ އިންސަރވިސް ޕްރޮޤްރާމްތައް ދެނެގަނެ،ރާވައި ހިންގުމުގައި ކްލިނިކަލް ނަރސް އިންޗާރޖްއަށް އެހީތެރިވުން.

7- ނަރުހުންގެ ކޯޑް އޮފް ކޮންޑަކްޓާއި، ޤާނޫނުތަކާއި، ގަވާއިދުތަކާއި ސިޔާސަތުތަކާ އެއްގޮތަށް މުވައްޒަފުން ޢަމަލުކުރޭތޯ މޮނިޓަރކޮށް ސުޕަވައިޒްކުރުމަށް އެހީތެރިވެ އެއްބާރުލުން ދިނުން.

8- މުވައްޒަފުންގެ މެދުގައި ހަމަހަމަކަން ޤާއިމްކޮށް، މުވައްޒަފުންގެ ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަން ދަމަހައްޓައި، މުވައްޒަފުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން ބަދަހިކޮށް ދިމާވާ ދެބަސްވުމާއި ހިތްހަމަނުޖެހުންތައް ހައްލުކުރުމަށް އެހީތެރިވުން.

9- ހޮސްޕިޓަލްގެ މިޝަން ހާސިލްކުރުމަށާއި، ނަރުހުންގެ ފަންނު ކުރިއަރުވައި، ދެވޭ ޚިދުމަތް އިތުރަށް ފުޅާކުރުމުގެ ގޮތުން ހިޔާލު ދިނުމާއި ފޯރުކޮށްދެވޭ ނަރސިންގ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމަށާއި ކޮލިޓީ ހިފެހެއްޓުމަށް ކުރޭވޭ މަސައްކަތްތަކުގައި ވެރިންނަށް އެހީތެރިވެ އެއްބާރުލުން ދިނުން.

މަޤާމުގެ ޝަރުތުތައް:

 ސީނިއަރ ރެޖިސްޓަރޑް ނަރސް (ޕީ.އެސް 7)

މޯލްޑިވްސް ނަރސިންގ އެންޑް މިޑްވައިފަރީ ކައުންސިލް ގަބޫލުކުރާ، ނަރސިންގ ދާއިރާއަކުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއިއެކު، ރެޖިސްޓަރޑް ނާރސް އެއްގެ ގޮތުގައި 4 އަހަރު ދުވަހުގެ މަސައްތަކުގެ ތަޖުރިބާ ލިބިފައިވުން.

ސީނިއަރ ރެޖިސްޓަރޑް ނަރސް (ޕީ.އެސް 8)

މޯލްޑިވްސް ނަރސިންގ އެންޑް މިޑްވައިފަރީ ކައުންސިލް ގަބޫލުކުރާ، ނަރސިންގ ދާއިރާއަކުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8  ގެ ސަނަދެއް ހާސިލްކޮށްފައިވުމާއިއެކު، މޯލްޑިވްސް ނަރސިންގ އެންޑް މިޑްވައިފަރީ ކައުންސިލް ގަބޫލުކުރާ، ނަރސިންގ ދާއިރާއަކުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ހާސިލްކޮށްފައިވުން.

ވަޒީފާއާއި ގުޅޭ މަސައްކަތުގެ ދާއިރާތައް:

  ނާރސިންގ

 

މަޤާމު

ރެޖިސްޓަރޑް ނާރސް

މަޤާމްގެ ގިންތި

ދާއިމީ    

ބޭނުންވާ އަދަދު:

 ސީ.އެސް.އެސް.ޑީ- 2 ، އައި.ސީ.ޔޫ– 16 ، އެން.އައި.ސީ.ޔޫ- 17 ، އޯ.ޓީ ކޮމްޕްލެކްސް - 10 

މަޤާމުގެ ރޭންކް

ޕީ.އެސް 5 ، ޕީ.އެސް 7

މަސައްކަތް ކުރަންޖެހޭ ތަން:

ނާރސިންގ ޑިޕާޓްމަންޓް – އޯޓީ ކޮމްޕްލެކްސް، އެން.އައި.ސީ.ޔޫ، އައި.ސީ.ޔޫ، ސީ.އެސް.އެސް.ޑީ

މަޤާމުގެ މުސާރައާއި އެލަވަންސްތައް:

ހާޒިރީ އެލަވަންސް

މަޤާމުގެ އެލަވަންސް

އަސާސީ މުސާރަ

ރޭންކް

މަޤާމު

144.00 ރުފިޔާ

5333.00 ރުފިޔާ

11428.00 ރުފިޔާ

ޕީ.އެސް 5 – ސްޓެޕް 1

ރެޖިސްޓަރޑް ނާރސް

165.00 ރުފިޔާ

6094.00 ރުފިޔާ

13057.00 ރުފިޔާ

ޕީ.އެސް 7 – ސްޓެޕް 1

ރެޖިސްޓަރޑް ނާރސް

 

މަގާމަށް އައްޔަށްންކުރާއިރު ބޭނުންވާ ލައިސަންސްތަކާއި ފުރިހަމަކުރުން ލާޒިމް ތަމްރީނުތައް:

މޯލްޑިވްސް  ނަރސިންގ އެންޑް މިޑްވައިފްރީ ކައުންސިލްގައި ރަޖިސްޓްރީކޮށް، އަދާހަމަ ޕްރެކްޓިސިންގ ލައިސަންސް ލިބިފައިވުން

އިތުރު އިނާޔަތްތައް

1.  ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

2.   ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ އަދި ބަންދު ދުވަހުގެ ފައިސާ

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް

11-    ބަލިމީހުންނަށް ނާރސިންގ ކެއަރ ދިނުމާއި އަދި ބަލިމީހުންނަށް ކެއަރ ދެވޭނޭގޮތް އަދި މިކަމުގައި އިޚްލާޞްތެރިކަމާއިއެކު އެމީހުންގެ ޖިސްމާނީ، ނަފްސާނީ އަދި އިޖްތިމާއީ ބޭނުންތަކަށް ރައްކާތެރިވުން.

12-   ބަލިމީހުންނަށް ދިމާވާ އާދަޔާ ޚިލާފް ކަންތައްތައް ޑޮކްޓަރުންނަށް ރިޕޯރޓްކުރުމާއި އަދި ރިފަރކޮށްފައި ތިބޭމީހުން އެޑޮކްޓަރަކަށް އެންގުން.

13-   ޑޮކްޓަރުގެ ލަފާގެމަތިން ބަލިމީހުންނަށް ދެވޭފަރުވާ ރީހެބިލިޓޭޝަންއާއި ބެހޭގޮތުން އެމީހުންނަށް މަޢުލޫމާތު ދިނުން.

14-   ދިމާވާ އިމަރޖެންސީތައް ވަގުތުން ކަމާބެހޭ ޑޮކްޓަރުންނަށް އެންގުމާއި، ޑޮކްޓަރ އަންނަންދެން އެފަދަ އިމަޖެންސީތައް މެނޭޖްކުރުން. 

15-   ބަލިމީހުންނާއިބެހޭ ކަންތައްތަކުގައި ޑޮކްޓަރުންނާއި އަދި ހޮސްޕިޓަލުގެ ލެބޯޓްރީ، އެކްސްރޭ ފަދަ އެހެނިހެން ޑިޕާރޓްމަންޓްތަކާއި ދެމެދު މުވާސަލާތު ހިންގުން.

16-    ބަލިމީހާއާއި ބަލިމީހާގެ ޢާއިލާތަކުން ބަލިން ރައްކާތެރިވުމާއި ފަރުވާކުރުމާއި ކެއަރއާ ބެހޭގޮތުން ކުރާ ސުވާލުތަކަށް ޖަވާބުދީ އޮޅުންފިލުވައި ދިނުން.

17-    ބަލިމީހުންނަށް ލިޔެދީފައި ހުންނަ ޑޮކްޓަރީ ބޭހާ އެއްގޮތަށް ފަރުވާދީ، އެ ފަރުވާއަށް ބަލިމީހާގެ ހާލަތު ބަދަލުވަމުން އަންނަ ގޮތް ބަލަމުން ގެންދިއުމާއި ބަލިމީހާއަށް ޚާއްޞަ ޞިއްޙީ ޕްރޮފެޝަނަލުންގެ ޚިދުމަތް ބޭނުންވާ ހާލަތްތަކުގައި އެކަންތައްތައް ފެސިލިޓޭޓް ކޮށްދިނުން.

18-   ބަލިމީހާގެ ޞިއްޙީ މައުލޫމާތާއި ދެވުނު ބޭސްފަރުވާގެ މައުލޫމާތު ރެކޯޑްކުރާ ނިޒާމުގައި ލިޔެ އަދާހަމަ ކުރުން.

މަޤާމުގެ ޝަރުތުތައް:

 ރެޖިސްޓަރޑް ނަރސް (ޕީ.އެސް 5)

މޯލްޑިވްސް ނަރސިންގ އެންޑް މިޑްވައިފަރީ ކައުންސިލް ގަބޫލުކުރާ، ނަރސިންގ ދާއިރާއަކުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލްކޮށްފައިވުން.

ރެޖިސްޓަރޑް ނަރސް (ޕީ.އެސް 7)

މޯލްޑިވްސް ނަރސިންގ އެންޑް މިޑްވައިފަރީ ކައުންސިލް ގަބޫލުކުރާ، ނަރސިންގ ދާއިރާއަކުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8  ގެ ސަނަދެއް ހާސިލްކޮށްފައިވުން.

ވަޒީފާއާއި ގުޅޭ މަސައްކަތުގެ ދާއިރާތައް:

  ނާރސިންގ

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ފުރިހަމަކޮށްފައިވާ ހުޅުމާލެ ހޮސްޕިޓަލުގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ހުޅުމާލެ ހޮސްޕިޓަލުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ. އަދި ހުޅުމާލެ ހޮސްޕިޓަލުގެ އިދާރީ އޮފީހުން ލިބެންހުންނާނެއެވެ https://www.hmh.gov.mv/downloads/job_application.pdf))
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް)
  1. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  2. ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ
  3. ޕޮލިސް ރިޕޯޓް
  4. އެޓެސްޓް ކޮށްފައިވާ މޯލްޑިވްސް ނާރސިންގ އެންޑް މިޑްވައިފްރީ ކައުންސިލްގެ އަދާހަމަ ރެޖިސްޓްރޭޝަން އަދި ލައިސެންސް
  5. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ލިޔުން
  6. ވަޒީފާ އަދާކުރަމުންދާނަމަ،އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާއިމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  1. މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއިން ޙާޞިލްކޮށްފައިވާ ތަޢުލީމާއި ތަމްރީން
  2. މަސައްކަތުގެ ތަޖުރިބާ
  3. މަޤާމުގެ މަސައްކަތަށް ބޭނުންވާ ހުނަރާއި ފެންވަރާއި، ގާބިލްކަމާއި އެހެނިހެން ސިފަތައް

މަޤާމަށް އެދެންވީގޮތާއި ސުންގަޑި

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2024 އޮގަސްޓް 06 ވާ އަންގާރަ ދުވަހުގެ  14:00 ގެ ކުރިން ހުޅުމާލެ ހޮސްޕިޓަލުގެ ކޮވެލި ބިލްޑިންގ ގެ 4 ވަނަ ފަންގިފިލާ އަށެވެ. މެއިލްކުރައްވާނީ  [email protected]  އަށެވެ

 އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ނޯޓް: އެޕްލިކޭޝަން ފޯމާއިއެކު ހުރިހާ ޑޮކިއުމަންޓެއް އެއް ފައިލްއަކަށް ޕީ.ޑީ.އެފް ކުރުމަށް ފަހު، ފައިލުގައި އެޕްލިކޭޝަން ހުށަހަޅާ ފަރާތުގެ ނަމާއި މަޤާމުގެ ނަން ޖެހުމަށް ދަންނަވަމެވެ.

ޝޯޓް ލިސްޓް ކުރުން

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

މަޢުލޫމާތު ސާފުކުރުން

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3350134 ނުވަތަ 3350118 ނަންބަރު ފޯނަށް    ރަސްމީ މަސައްކަތު ދުވަސްތަކުގައި ރަސްމީ ގަޑީގައެވެ.    

24 ޖުލައި 2024