ދިވެހިރާއްޖެ
އދ.ދިގުރަށު ކައުންސިލްގެ އިދާރާ
ދިގުރަށް، ދިވެހިރާއްޖެ
އިޢުލާން
ދިގުރަށް - ރަންތަރި 1446 - ޤުރުއާން މުބާރާތާބެހޭ
ރައްޔިތުންގެ މެދުގައި ކީރިތި ޤުރުއާނަށް ލޯބިޖެއްސުމާއި ރީތިކޮށް ޤުރުއާން ކިޔަވާ މުޖުތަމަޢުއެއް ބިނާކުރުމަށް މަގުފަހިކުރުމުގެ މަޤްޞަދުގައި، ރަށުގެ ރައްޔިތުންނާއި، ރަށުގައި ދިރިއުޅޭ ފަރާތްތަކަށް ޢާއްމުކޮށް ހުޅުވާލައިގެން ބާއްވާ ކައުންސިލްގެ ދެވަނަ ޤުރުއާން މުބާރާތް 2024 އޮގަސްޓް މަހުގެ 25 އަދި 26 ވަނަ ދުވަހު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
ވީމާ، މިމުބާރާތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން 20 އޮގަސްޓް 2024 ވާ އަންގާރަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން "ދިގުރަށް-ރަންތަރި 1446" ޤުރުއާން މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމު ހުށަހެޅުއްވުން އެދެމެވެ.
މި މުބާރާތުގައި ބައިވެރިވާން ބޭނުންވާ، މަދަރުސާގެ ދަރިވަރުންނަށް ފޯމު ދޫކުރުމާއި ބަލައިގަތުން އޮންނާނީ މަދަރުސާގައެވެ. މުބާރާތުގައި ބައިވެރިވާން ބޭނުންވާ ޢާންމުން ފޯމު ހުށަހަޅުއްވާނީ ކައުންސިލް އިދާރާއަށެވެ. ޤުރުއާން މުބާރާތުގެ މުޤައްރަރު އަދި ހިންގާ ޤަވާއިދު މި އިޢުލާނާއެކު ޢާންމު ކުރެވިފައިވާނެއެވެ.
ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.