މަސައްކަތް
ނަންބަރު: (IUL)245-MIM/245/2024/62
ޕަބްލިޝްކުރި ތާރީޚް: 24 ޖުލައި 2024
ޕަބްލިޝްކުރި ގަޑި: 13:53
ސުންގަޑި:
06 އޮގަސްޓް 2024 13:30
ތިލަދުންމަތީ އުތުރުބުރީ އުލިގަމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
އިޖުތިމާޢީ ހިޔާ އޭސީ ހޯލު އަޕްގުރޭޑް ކުރުމުގެ މަސައްކަތް
`
ތިލަދުންމަތީ އުތުރުބުރީ އުލިގަމު ކައުންސިލްގެ އިދާރާ
އުލިގަން، ދިވެހިރާއްޖެ
(IUL)245-MIM/245/2024/62 :ނަންބަރު
އިޢުލާން
އިޖުތިމާއީ ހިޔާ އޭސީ ހޯލް އަޕްގުރޭޑް ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ
- މިއިދާރާއިން ދޭ މަޢުލޫމާތާ އެއްގޮތަށް، އިޖުތިމާޢީ ހިޔާ އޭސީ ހޯލު އަޕްގުރޭޑް ކުރުމުގެ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
- މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ބީލަމުގައި ރަޖިސްޓްރީވުން އެދެމެވެ. ބީލަމުގައި ރަޖިސްޓްރީވާން އެދޭ ފަރާތްތަކުން، 24 ޖުލައި 2024 އިން 31 ޖުލައި 2024 އަށް ބަންދުނޫން ކޮންމެ ދުވަހަކު 08:00 އިން 14:00 އަށް މިއަދާރާއަށް ވަޑައިގެން ރަޖިސްޓްރީވުން ކުރެއްވުން އެދެމެވެ. ނުވަތަ ތިރީގައިވާ ލިންކުގައިވާ ފޯމު ފުރިހަމަކުރައްވައިގެން ރަޖިސްޓްރީވުން އެދެމެވެ. ބީލަން ހުށަހެޅޭނީ، މި މުއްދަތުގައި ބީލަމުގައި ރަޖިސްޓްރީވާ ފަރާތްތަކަށެވެ.
މައިކްރޯސޮފްޓް ފޯމުގެ ލިންކު: https://forms.office.com/r/dVBwwVgLBu
މަސައްކަތާގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ 31 ޖުލައި 2024، ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން [email protected] އަށް އީމެއިލުކުރެއްވުން އެދެމެވެ. ނުވަތަ މިއިދާރާގެ ނަންބަރު 6501013 އަށް ގުޅުއްވުން އެދެމެވެ.
- މަސައްކަތާގުޅޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން (ޕްރިބިޑް މީޓިންގ) އޮންނާނީ 01 އޮގަސްޓް 2024، ވާ ބުރާސްފަތި ދުވަހުގެ 13:30 ގައި މިއިދާރާގެ މީޓިންގ ރޫމުގައެވެ. ޕްރިބިޑު މީޓިންގއަށް ޙާޟިރުނުވިކަމުގައިވިޔަސް ބީލަން ހުށަހެޅޭނެއެވެ.
- ބީލަންތައް ބަލައިގަތުމާއި، ބީލަން ހުޅުވުން އޮންނާނީ 06 އޮގަސްޓް 2024، ވާ އަންގާރަ ދުވަހުގެ 13:30 ގައި މިއިދާރާގެ މީޓިންގެ ރޫމުގައެވެ.
- ބީލަން ފޮތާއި، ކުރެހުންތައް މި އިޢުލާނާއެކު ހިމެނިފައިވާނެއެވެ.
މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރަމެވެ.
18 މުޙައްރަމް 1446
24 ޖުލައި 2024
24 ޖުލައި 2024