ދިވެހިރާއްޖެ
އިޢުލާން
އަންދާސީ ހިސާބު ބޭނުންވެއްޖެ:
މި ވުޒާރާގެ ދަށުން ހިގަމުންދާ "ފިޔަވަތި" އަށް ކެއިން ބުއިމަށް ބޭނުންވާ އެންމެހައި ސާމާނު 1 (އެކެއް) އަހަރު ދުވަހުގެ މުއްދަތަށް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.
ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހެޅުމަށް ރަޖިސްޓްރީ ކުރައްވާ، ތިރީގައިވާ ތާވަލާއި އެއްގޮތަށް މައުލޫމާތު ސާފުކުރައްވާ އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ވަޑައިގެންދެއްވުން އެދެމެވެ.
މި ބީލަމާއި ގުޅިގެން މައުލޫމާތު ސާފުކުރެއްވުމަށް [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.
މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބުތައް އަދި ހުށަހަޅަންޖެހޭ ލިޔުންތައް ހަމަނުވާ އަންދާސީ ހިސާބުތައް ބާތިލްކުރެވޭނެ ވާހަކަ ދެންނެވީމެވެ. ބީލަމުގައި ބައިވެރިވެލައްވަން އެދޭ ފަރާތްތަކުން 01 އޮގަސްޓް 2024 ވާ ބުރާސްފަތި ދުވަހުގެ 10:00 ގެ ކުރިން ތިރީގައިވާ ލިންކު މެދުވެރިކޮށް ރަޖިސްޓްރީކުރެއްވުން އެދެމެވެ. އަދި މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް ބިޑަށް ރަޖިސްޓްރީ ކުރައްވާ ހުރިހާ ފަރާތްތަކަށް، މެއިލް މެދުވެރިކޮށް ފޮނުވޭނެވެ.
މަތީގައިވާ ލިންކް މެދުވެރިކޮށް ބިޑަށް ރަޖިސްޓްރީ ކުރުމަށްޓަކައި ބިޑް ރަޖިސްޓްރޭޝަން ލިންކްއަށް ކްލިކް ކުރުމަށްފަހު ކުރިމަތި ލާން ބޭނުންވާ އިއުލާން ނަންބަރު ނެގުމަށްފަހު ކުންފުނި އަދި މީހާގެ މަޢުލޫމާތު ފުރިހަމަކޮށް ސޭވް ކުރުމަށްފަހު ފޯމް ސަބްމިޓް ކުރުމުން ބިޑަށް ރަޖިސްޓްރީ ކުރެވުނީއެވެ.
މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހެޅޭނީ މައުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާ ފަރާތްތަކަށް އެކަނިކަމުގައި ދެންނެވީމެވެ.
|
ތާރީޚް |
ދުވަސް |
ގަޑި |
ތަން |
މައުލޫމާތު ސާފުކުރުން |
04 އޮގަސްޓް 2024 |
އާދިއްތަ |
11:00 |
އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާ (އުމަރު ޒާހިރު އޮފީސް ބިލްޑިންގ، |
އަންދާސީ ހިސާބު ހުށައެޅުއްވުން |
07 އޯގަސްޓް 2024 |
ބުދަ |
11:00 |
އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާ (އުމަރު ޒާހިރު އޮފީސް ބިލްޑިންގ، |