ޢާންމު މަޢުލޫމާތު
                	
                ނަންބަރު: (IUL)387/387/2024/24
                    ޕަބްލިޝްކުރި ތާރީޚް: 24 ޖުލައި 2024
                    ޕަބްލިޝްކުރި ގަޑި:  13:33
                                            ސުންގަޑި: 
                            07 އޮގަސްޓް 2024 00:00
                        
                    
                ކޮޅުމަޑުލު ކަނޑޫދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
            ދިވެހިރާއްޖެ
ބަނދަރުގެ ތެރެއަށް އަޑިއަށް ގޮސްފައިވާ ދޯނީގެ ވެރި ފަރާތެއް ހޯދުމާގުޅޭ
                                އިޢުލާން
ބަނދަރުގެ ތެރެއަށް އަޑިއަށް ގޮސްފައިވާ ދޯނީގެ ވެރި ފަރާތެއް ހޯދުމާގުޅޭ
ކޮޅުމަޑުލު ކަނޑޫދޫގެ އިޙްތިޞާސްގެ ތެރޭގައި ހިމެނޭ ބަނދަރު ތެރެއަށް މިހިނގާ ޖުލައި މަހުގެ 08 ވަނަ ދުވަހު އަޑިއަށް ގޮސްފައިވާ ދޯނީގެ ވެރިފަރާތެއް ހޯދުމަށް ބޭނުންވެއެވެ. މިދޯނީގެ ވެރިފަރާތެއް ވާނަމަ މިއަދުން ފެށިގެން 10 (ދިހައެއް) ދުވަހުގެ ތެރޭގައި އެކަން ލިޔުމަކުން މިކައުންސިލަށް އަންގަވައިދެއްވުން އެދެމެވެ.
މިމުއްދަތުގައި ދޯނީގެ ވެރިފަރާތެއް ވާކަން ނުވަތަ ނުވާކަން މިއިދާރާއަށް އަންގާފައިނުވާނަމަ، ޤަވާއިދު ނަމްބަރު 2013/R-1807 (ބަނދަރު ބެލެހެއްޓުމާބެހޭ ޤަވާއިދު)ގެ ދަށުން ޢަމަލުކުރެވޭނެ ވާހަކަ ދަންނަވަމެވެ.
މިހެންވެ މިކަން އާންމުކޮށް އެންގުމައްޓަކައި އިޢުލާނު ކުރީމެވެ.
19 މުޙައްރަމު 1446
                24 ޖުލައި 2024