ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)305/305/2024/71
ޕަބްލިޝްކުރި ތާރީޚް: 23 ޖުލައި 2024
ޕަބްލިޝްކުރި ގަޑި: 11:57
ސުންގަޑި: 01 އޮގަސްޓް 2024 13:00
މާޅޮސްމަޑުލު އުތުރުބުރީ މާކުރަތު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޒުވާން ޚަތީބުންގެ ޕްރޮގްރާމް ހިންގުމާ ގުޅޭ

މިކައުންސިލާއި އިސްލާމީ ކަންތައްތަކާއިބެހޭ ވުޒާރާ ގުޅިގެން ޒުވާން ޚަތީބުންނާއި އިމާމުން ތަމްރީނު ކުރުމުގެ ޕްރޮގްރާމެއް ހިންގުމަށް ހަމަޖެހިފައިވާ ވާހަކަ ދެންނެވީމެވެ. މިޕްރޮގްރާމް ހިންގުމަށް، ޒުވާން ޚަތީބުންގެ ޕްރޮގްރާމްގައި ބައިވެރިވުމަށް ބޭނުންވާ 18 އަހަރުން މަތީގެ ބޭފުޅުންނާއި އަދި 18 އަހަރުން ދަށުގެ ގްރޭޑް 6,7,8,9,10 ގައި ކިޔަވަމުން ގެންދާ ދަރިވަރުންގެ ލިސްޓެއް އެކުލަވާލުމަށް ބޭނުންވެއެވެ.

ވީމާ، ޒުވާން ޚަތީބުންގެ ޕްރޮގްރާމްގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން 01 އޮގަސްޓް 2024 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން ތިރީގައިވާ ލިޔުންތައް ހުށަހަޅާ މިކައުންސިލްގެ އިދާރާގައި ނަންނޯޓް ކުރެއްވުމަށް ދަންނަވަމެވެ.

ހުށަހަޅަންޖެހޭ ތަކެތި

¬    އައިޑީކާޑްގެ ސާފު ކޮޕީ

¬    ސުކޫލުގައި އުޅޭނަމަ ބެލެނިވެރިޔާގެ ލިޔުން

މިހެންވެ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

23 ޖުލައި 2024