މަޤާމު:
|
އެގްޒެކެޓިވް ސެކްރެޓަރީ
|
ބޭނުންވާ އަދަދު:
|
01
|
މަސައްކަތް ކުރަންޖެހޭ އޮފީސް:
|
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ރިސަރޗް ޑިވެލޮޕްމަންޓް އޮފީސް
|
ކޮންޓްރެކްޓް މުއްދަތު:
|
5 މަސް ދުވަސް
|
މަސައްކަތް ކުރަންޖެހޭ ދުވަހުގެ އަދަދު
|
ރަސްމީ ބަންދުނޫން ދުވަސްތައް
|
މަސައްކަތް ކުރަންޖެހޭ ގަޑީގެ އަދަދު
|
މަސައްކަތްކުރާ ކޮންމެ ދުވަހަކު 6 ގަޑިއިރު
|
އުޖޫރަ
|
މަހަކު 12،500.00 ރުފިޔާ
|
އެހެނިހެން އިނާޔަތްތައް:
|
ސާރވިސް އެލަވަންސް: 3,064.00 ރުފިޔާ
ފީލްޑް އެލަވަންސް: 4,785.00 ރުފިޔާ
|
މަޤާމުގެ ޝަރުތު:
|
- މެނޭޖްމެންޓް، އެޑްމިނިސްޓްރޭޝަން، ގަވަރނަންސް، އިކޮނޮމިކްސް، ނުވަތަ ބިޒްނަސް ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ 9 ވަނަ ހަރުފަތުގެ ސަނަދެއް ހާސިލުކޮށްފައިވުން، ނުވަތަ
- މެނޭޖްމެންޓް، އެޑްމިނިސްޓްރޭޝަން، ގަވަރނަންސް، އިކޮނޮމިކްސް، ނުވަތަ ބިޒްނަސް ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ދަށްވެގެން 7 ވަނަ ހަރުފަތުގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަދުވެގެން 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ހާސިލުކޮށްފައިވުން.
- ދިރާސާކުރުމާއި، ޑޯނަރ ފަންޑެޑް ޕްރޮޖެކްޓްތަކުގައި މަސައްކަތްކުރުމުގެ ތަޖުރިބާ ހާސިލުކޮށްފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
|
މަޤާމުގެ މަސްއޫލިއްޔަތު:
|
(1) އިދާރީ ހިންގުން:
- ޕްރޮމިސް ޕްރޮޖެކްޓްގެ ދަށުން ހެދިފައިވާ އެންޖީއޯ – ލަކްޝަދީޕް ޒީރޯ ވޭސްޓް އެލަޔަންސް (ލޯވާ) ގެ ސެކްރެޓޭރިއެޓް ބެލެހެއްޓުމުގެ އެންމެހާ ޒިންމާތައް
- ލޯވާ އެންޖީއޯގެ އެގްޒެކެޓިވް ކޮމިޓީ އަދި ޕްރޮމިސް ޕްރޮޖެކްޓްގެ ކޮންސޯޓިއަމް ޕާރޓްނަރ އޭޖެންސީތަކާއި ގުޅިގެން ހިންގާ ޙަރަކާތްތަކާ ގުޅިގެން ކުރަންޖެހޭ މުއާމަލާތައް ކުރުމާއި، ހަރަކާތްތައް ރޭވުމާއި، ހަރާކާތްތައް ހިންގުމުގައި އިސް ދައުރެއް އަދާ ކުރުން.
- ލޯވާ ސެކްރެޓޭރިއެޓް އަދި ޕްރޮޖެކްޓް ގެ ދަށުން އެއްކުރަންޖެހޭ ޑޭޓާއެއް ނެގުމާއި، ނެގޭ ޑޭޓާ ޕްރޮސެސް ކުރުމާއި، ޑޭޓާ ބޭނުންކޮށްގެން ހަދަންޖެހޭ އެނަލިސިސް ގެ މަސައްކަތްތައް ކުރުމުގައި އިސް ދައުރެއް އަދާކުރުން.
- ލޯވާ ސެކްރެޓޭރިއެޓް އަދި ޕްރޮޖެކްޓާ ގުޅުންހުރި ހުރިހާ ރިސާރޗް ހަރަކާތްތައް ކުރުމުގައި އިދާރީގޮތުން ދޭންޖެހޭ އެހީތެރިކަންދިނުން.
- ލޯވާ ސެކްރެޓޭރިއެޓް އަދި ޕްރޮޖެކްޓްގެ ހަރަކާތްތައް އިމްޕްލިމެންޓްކުރުމުގައި ޕްރޮޖެކްޓް މެނޭޖަރ އަށް ދޭންޖެހޭ އެހީތެރިކަންދިނުން.
- § ލޯވާ ސެކްރެޓޭރިއެޓް އަދި ޕްރޮޖެކްޓާ ގުޅުންހުރި ފީލްޑް ވޯރކް ހަރަކާތްތައް ރާވާ ހިންގުން.
(2) ރިސަރޗް ކުރިއެރުވުމާއި މެނޭޖްކުރުން:
- ލޯވާ އެންޖީއޯ އަދި ރިސަރޗް ޑިވެލޮޕްމަންޓް އޮފީސް މެދުވެރިކޮށް ދެމެހެއްޓެނެވި ތަރައްޤީއާއި ވިޔަފާރީއާއި އިޤްތިޞާދުގެ ދާއިރާތަކުން ދިރާސާތައް ފަރުމާކޮށް ރިސާރޗް ހަދައި ޢާއްމުކުރު ކުރުމަށް ކުރަންޖެހޭ އިދާރީ މަސައްކަތް ކުރުން.
- ރިސަރޗް ޑިވެލޮޕްމަންޓް އޮފީހުގައި ހިންގޭ ޕްރޮގްރާމްތަކާއި ޕްރޮޖެކްޓްތައް ހިންގުމުގައި އެހީތެރިވުން
- ލޯވާ އެންޖީއޯ މެދުވެރިކޮށްކުރެވޭ ދިރާސާތަކުގެ މައުލޫމާތު ޖާރނަލްތަކާއި މޮނޮގްރާފް ތަކާއި އޮކޭޝަނަލް ޕޭޕަރުތައް ކަރުދާހުގައި އަދި އިންޓަރނެޓްގައި ޝާއިޢުކުރުމަށް ކުރަންޖެހޭ އިދާރީ މަސައްކަތް ކުރުން.
(3) ފަންޑު ހޯދުމާއި އެތެރެއާއި ބޭރުގެ މުވާޞަލާތީ ގުޅުންތައް ބެލެހެއްޓުން:
- ލޯވާ އެންޖީއޯ އަދި ރިސަރޗް ޑިވެލޮޕްމަންޓް އޮފީސް ހިންގުމަށް ބޭނުންވާ ފަންޑު ހޯދުމުގެ ޕްލޭންތައް އެކުލަވާލާ ފަންޑު ހޯދުން.
- ލޯވާ އެންޖީއޯ އަދި ރިސަރޗް ޑިވެލޮޕްމަންޓް އޮފީހުގެ މަޤްޞަދުތައް ޕްރޮމޯޓް ކުރުމާއި އިޝްތިހާރު ކުރުން.
- ލޯވާ އެންޖީއޯގެ އައުޓްރީޗް މަސައްކަތް - އަންނަނިވި ކަންތައްތައް ހިމެނޭ ގޮތަށް ލޯވާ އެންޖީއޯ އަދި ރިސަރޗް ޑިވެލޮޕްމަންޓް އޮފީހުގެ އައުޓްރީޗް ސްޓްރެޓެޖީ ކުރިއަރުވައި ބެލެހެއްޓުން: މީހުންނާ ބައްދަލުކޮށް ވާހަކަ ދެއްކުން، ބްރީފިންގ ތަކާއި ޕްރެޒެންޓޭޝަން ތައް ދިނުން، މީޑިއާ މުޢާމަލާތްތައް ކުރުން، ޚާއްޞަ ޕަބްލިކޭޝަންތަކަށް މަޒުމޫނުތަކާއި ޖާރނަލް ތަކުގައި ޕޭޕަރުތައް ޝާއިޢު ކުރުން
(4) އެހެނިހެން މަސައްކަތް:
- ޔުނިވަރސިޓީގެ ރިސަރޗް ޑިވެލޮޕްމަންޓް އޮފީހުގެ ޕޮލިސީ/ސިޔާސަތުތައް/މަސައްކަތްތައް ތަންފީޒުކުރުމަށް ދޭންޖެހޭ އެއްބާރުލުން ދިނުން.
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
|
- އަސާސީ ޝަރުތު ހަމަވުމުން (%30)
- އަސާސީ ޝަރުތަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު ()
- އަސާސީ ޝަރުތަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ ()
- އިންޓަރވިއު (%50)
|
އެޕްލިކޭޝަން ފޮނުވަންވީ ތާރީޚް:
|
4 އޮގަސްޓް 2024 ވާ އާދިއްތަ ދުވަހުގެ މެންދުރު 14:00 ގެ ކުރިން [email protected] އަށް އީމެއިލް ކުރައްވަންވާނެއެވެ.
|
އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)
- ވަޒީފާގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާ ކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތާއި، ވަޒީފާ އަދާކުރެއްވި މުއްދަތުގެ ފެށުނު ތާރީޚް އަދި ވަޒީފާއިން ވަކިވި ތާރީޚް އެނގޭނެފަދަ ލިޔުމެއް
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (ރާއްޖެއިން ބޭރުގެ ސެޓިފިކެޓެއްނަމަ އެކްރިޑިޓް ކޮށްފައިވާ ސަނަދު)
- ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އެޓެސްޓްކޮށްފައި ނުވާނަމަ ވެރިފައިކުރުމަށް ޔުނިވަރސިޓީއިން އެދުމުން އޮރިޖިނަލްތައް ކޮޕީ ވެރިފައިކުރުމަށް ހުށަހަޅަންވާނެއެވެ.
- ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަނުވާ) ސާފު ކޮޕީ
- ރާއްޖެއިން ބޭރުގެ ކޮލެޖް/ޔުނިވަރސިޓީއަކުން ކޯހެއް ފުރިހަމަކޮށް ސެޓިފިކެޓް ލިބިފައިނުވާނަމަ، އެޕްލިކޭޝަނާއިއެކު އެމް.ކިއޫ.އޭގެ ކޮލިފިކޭޝަން އެސެސްމެންޓް ރިޕޯޓެއް ހުށަހަޅަންވާނެއެވެ.
|
ޝޯޓްލިސްޓުކުރުން:
|
މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.
|
އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު:
|
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ 4 އޮގަސްޓް 2024 އާއި 15 އޮގަސްޓް 2024 އާއި ދެމެދު ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ރިސަރޗް ޑިވެލޮޕްމަންޓް އޮފީހުގައެވެ.
މި މަގާމަށް ކުރިމަތިލާ ފަރާތްތަކުން، އެ މުއްދަތުގައި އިންޓަވިޔުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.
|
"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން
|
އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.
|
އިތުރު މަޢުލޫމާތު:
|
މި އިޢުލާނާ ގުޅިގެން އިތުރު މަޢޫލޫމާތު ސާފުކުރުއްވުމަށް ގުޅުއްވާނީ 3345424 ނަމްބަރު ފޯނަށެވެ.
|
އެޕްލިކޭޝަންފޯމް
|
- އެޕްލިކޭޝަންފޯމް ތިރީގައިވާ ލިންކުން ފެނިވަޑައިގަންނަވާނެ
https://tinyurl.com/MNU-Job-Application-form-Dhv
|