ދިވެހިރާއްޖެ
އިޢުލާން
ކައުންސިލް އިދާރާއިން ދޭ ޚިދުމަތްތަކަށް ފީ ނެގުމާއި ގުޅޭ.
އައްޑޫސިޓީ ކައުންސިލް އިދާރާގެ ނަންބަރު: 426-B(4)/2022/057(23 މާރިޗް 2022) ގެ ކައުންސިލްގެ ނިންމުމުން ތިރީގައިމިވާ ޚިދުމަތްތަކަށް ފީ ނެގުމަށް ނިންމަވާފައިވާތީ، 22 ޖުލައި 2024ވަނަ ދުވަހުން ފެށިގެން ތިރީގައި މިދަންނަވާ ޚިދުމަތްތަކަށް ފީ ނަގަމުން ދާނެ ވާހަކަ ދެންނެވީމެވެ.
# |
ޚިދުމަތުގެ ނަން |
ފީ |
1 |
އުފަންދުވަހުގެ ސެޓްފިކެޓް ހެއްދުން |
100.00 |
2 |
އައްޑޫސިޓީގެ އެއް އަވަށެއްގެ އެއްގެއިން އަނެއް ގެއަށް ރަޖިސްޓަރީ ބަދަލުކުރުން |
300.00 |
3 |
އައްޑޫސިޓީގެ އެއް އަވަށުން އަނެއް އަވަށަށް ރަށްވެހިކަން ބަދަލުކުރުން |
1000.00 |
4 |
އައްޑޫސިޓީ ގައި އުޅޭކަމުގެ ލިޔުން ހޯދުން |
100.00 |
5 |
ފޮޓޯޖެހި ލިޔުން ހޯދުން |
100.00 |
6 |
އައްޑޫސިޓީ ފިޔަވައި އެހެން ރަށެއްގެ ރައްޔިތުން އައްޑޫއަށް ރަށްވެހިކަން ބަދަލުކުރުން |
1000.00 |
7 |
މަޢުލޫމާތުގެ ގޮތުގައި ލިޔުންތަކުގެ ކޮޕީ ހޯދުން |
2.00 |
ވީމާ، ޢާއްމުކޮށް މިކަން އަންގާ އިޢުލާން ކުރީމެވެ.
17 މުޙައްރަމް 1446
23 ޖުލައި 2024