ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)304-CA/304/2024/147
ޕަބްލިޝްކުރި ތާރީޚް: 23 ޖުލައި 2024
ޕަބްލިޝްކުރި ގަޑި: 13:48
ސުންގަޑި:
29 ޖުލައި 2024 14:00
މާޅޮސްމަޑުލު އުތުރުބުރީ ދުވާފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ޖުލައި މަހުގެ ރައްޔިތުންގެ ބައްދަލުވުމާއި ގުޅޭ
މި އިޢުލާންވަނީ 23 ޖުލައި 2024 13:49 ގައި ބާތިލް ކުރެވިފައެވެ.
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ 107ވަނަ މާއްދާގެ ދަށުން މިއަހަރުގެ ޖުލައި މަހު ބާއްވާ ރައްޔިތުންގެ ބައްދަލުވުން 2024 ޖުލައި 29 ވާ ހޯމަ ދުވަހުގެ 20:30 ގައި ރ. އަތޮޅު މަދަރުސާގެ ހޯލުގައި ބާއްވާގޮތަށްވަނީ ހަމަޖެހިފައެވެ.
ވީމާ، މިބައްދަލުވުމަށް ދުވާފަރުގެ އެންމެހާ ރައްޔިތުންނަށް ދަޢުވަތުއަރުވަމެވެ.
ޖަލްސާގެ އެޖެންޑާ
- 2024 ވަނައަހަރު ފުރަތަމަ 6 މަސްދުވަހު ހިންގުނު ހަރަކާތްތަކުގެ ރިޕޯޓް ހުށަހެޅުން
- ކައުންސިލުން އަދި ސަރުކާރުން ރަށުގައި ހިންގާ ޕްރޮޖެކްޓްތަކުގެ މަޢުލޫމާތު ހިއްސާކުރުން
- 2025 ވަނަ އަހަރުގެ މަސައްކަތުގެ ތާވަލް ހިއްސާކުރުން
- 2025 ވަނަ އަހަރުގެ ބަޖެޓް ހުށަހެޅުން
- ރައްޔިތުންގެ ހިޔާލު ހޯދުން
ބަޖެޓް އަދި ވޯކް ޕްލޭންގެ ލިންކް: https://drive.google.com/drive/folders/17NpNhCO52SdBQFn5zIhRTsielUd5MEsz
ވީމާ، މިކަން އާއްމުކޮށް އެންގުމަށްޓަކާ އިޢުލާނުކުރީމެވެ.
23 ޖުލައި 2024