ވަޒީފާގެ ފުރުޞަތު
ނަންބަރު: MNU-HR/2024/143
ޕަބްލިޝްކުރި ތާރީޚް: 23 ޖުލައި 2024
ޕަބްލިޝްކުރި ގަޑި: 13:43
ސުންގަޑި: 06 އޮގަސްޓް 2024 12:00
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ސެންޓަރުގެ ވެރިޔާ (ސެންޓަރ ފޮރ މެރިޓައިމް ސްޓަޑީޒް)

މަޤާމް :ސެންޓަރުގެ ވެރިޔާ (ސެންޓަރ ފޮރ މެރިޓައިމް ސްޓަޑީޒް)
ބޭނުންވާ އަދަދު :1

މަގާމު:

ސެންޓަރުގެ ވެރިޔާ

ބޭނުންވާ އަދަދު:

1

ވަޒީފާ އަދާކުރާ އޮފީސް:

ސެންޓަރ ފޮރ މެރިޓައިމް ސްޓަޑީޒް

މަގާމުގެ ރޭންކް:

10

ހަރުފަތް:

1

އަސާސީ މުސާރަ:

މަހަކު 21,123.00 ރުފިޔާ

ޖޮބް އެލަވަންސް:

މަހަކު  12,097.00 ރުފިޔާ

ހާޒިރީ އިނާޔަތް:

327.00  ރުފިޔާ (ކަނޑައަޅާފައިވާ އުސޫލުން މަސައްކަތްކުރާ ދުވަހަކަށް)

އެންރޯލްމަންޓް އެލަވަންސް:

3000 ރުފިޔާ – 6000 ރުފިޔާ (ދަރިވަރުންގެ އެންރޯލްމަންޓް އަދަދަށް ބަލައި)

ވަޒީފާގެ ބާވަތް:

މުއްދަތު ކަނޑައެޅިފައިވާ ކޮންޓްރެކްޓް (މި މަގާމަށް ޔުނިވަރސިޓީގެ މުވައްޒަފަކު ހޮވިއްޖެނަމަ އައްޔަނުކުރާނީ ޓެނުއަޝިޕް މަގާމެއްގޮތުގައެވެ.)

ކޮންޓްރެކްޓް މުއްދަތު

އައްޔަނުކުރާ ދުވަހުން ފެށިގެން 4 އަހަރު

އިނާޔަޔްތައް:

  • ކޯޕަރޭޓް ހެލްތް އިންޝުއަރަންސް ސްކީމް (ޔުނިވަރސިޓީ އިން ކަނޑައަޅާފައިވާ ޝަރުތުތަކާއި އެއްގޮތަށް)
  • ޑިޕެންޑެންޓުން (އަނބި/ފިރި އަދި ދަރިން) ހެލްތް އިންޝުއަރަންސް ސްކީމް ގައި ބައިވެރިކުރުމުގެ ފުރުސަތު (މުވައްޒަފު ޚަރަދުކުރާގޮތަށް)
  • ސްޓާފް ޑިވެލޮޕްމަންޓް އަދި ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ފުރުސަތުތައް
  • ސްޓާފް ޖިމް ފެސިލިޓީ
  • ސްޓާފް އެސިސްޓަންސް ޕްރޮގްރާމްތައް
  • ލައިބްރަރީ މެމްބަޝިޕް

މަގާމުގެ ޝަރުޠުތައް:

  1. މަގާމ ގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 10 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު ، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. އެ މުއްދަތުގެ ތެރެއިން މަދުވެގެން 2 އަހަރު ދުވަހުގެ ހިންގުމުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
  2. މަގާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 9 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 8 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. އެ މުއްދަތު ގެ ތެރެއިން މަދުވެގެން 2 އަހަރު ދުވަހުގެ ހިންގުމުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
  3. STCW Reg II/2 އެޕްރޫވްޑް އެޑިޔުކޭޝަން އެންޑް ޓްރެއިނިންގ މެރިޓައިމް ޔުނިވަރސިޓީ/ކޮލެޖް/އިންސްޓިޓިއުޓަކުން ކެޕްޓަންކަމުގެ ސެޓްފިކެޓް އޮފް ކޮމްޕީޓަންސީ ހާސިލްކޮށްފައިވުމާއެކު، އެ ފަދަ އިންސްޓިޓިއުޓަކުން މާސްޓަރ ސެޓްފިކެޓް އޮފް ކޮމްޕިޓެންސީ އަންލިމިޓެޑް ޓަނޭޖް ހާސިލް ކޮށްފައިވުން އަދި، މަގާމުގެ މަސައްކަތު ގެ ދާއިރާއެއްގައި 8 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން؛ އެ މުއްދަތު ގެ ތެރެއިން މަދުވެގެން 2 އަހަރު ކެޕްޓަނެއްގެ ވަޒީފާގައި 3,000GRT އަށް ވުރެ ބޮޑު އިންޓަނޭޝަނަލް އުޅަނދު ފަހަރެއްގައި ވަޒީފާ އަދާކޮށްފައިވުން. އަދި އެ މުއްދަތު ގެ ތެރެއިން މަދުވެގެން 2 އަހަރު ދުވަހުގެ ހިންގުމުގެ ތަޖުރިބާ ލިބިފައިވުން.

 

މަގާމުގެ މަސައްކަތުގެ ދާއިރާތައް: ހަޔަރ އެޑިއުކޭޝަން، މެނޭޖްމަންޓް

ގުޅޭ ވަޒީފާގެ ދާއިރާތައް: ހަޔަރ އެޑިއުކޭޝަން، މެނޭޖްމަންޓް

ތަޢުލީމީ ރޮނގުތައް: މެރިޓައިމް ސްޓަޑީޒް

ކޯ/ޕްރިފަރޑް ޑިސިޕްލިންތައް: މެރިޓައިމް ސްޓަޑީޒް

މަގާމުގެ މަސްއޫލިއްޔަތު:

ލީޑަރޝިޕާއި އިދާރީހިންގުން

 

  1. ޔުނިވަރސިޓީގެ ސްޓްރެޓެޖިކް ޕްލޭންއާއި އެއްގޮތްވާ ގޮތުގެ މަތިން، ފެކަލްޓީގެ މަޤްޞަދު ހާޞިލްކުރެވޭނެ އެކްޝަން ޕްލޭންއާއި ބިޒްނަސް ޕްލޭން، ކަމާގުޅޭ އެންމެހާ ފަރާތްތަކެއްގެ ޙިއްޞާއާއެކު އެކުލަވައިލުމާއި މުރާޖަޢާކޮށް އަދާހަމަކުރުމާއި ފެކަލްޓީގެ މަސައްކަތްތައް އެފަދައިން ރާވާ ހިންގުން
  2. ފެކަލްޓީގެ މެންޑޭޓާއި، އެކްޝަން ޕްލޭން އަދި ބިޒްނަސް ޕްލޭންގައި ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ޙާޞިލްކޮށް ނަތީޖާ ނެރެވޭނެފަދައިން ފެކަލްޓީގެ މަސައްކަތްތައް ބައްޓަންކުރުމާއި، ކަމާގުޅޭ އެންމެހާ ފަރާތްތަކެއްގެ ޙިއްޞާއާއެކު ފެކަލްޓީގެ ހިންގުން ހަރުދަނާކުރުމަށް މަސައްކަތްކުރުމާއި އެފަދައިން ކަންކަން ރަވާ ހިންގުން.
  3. ތަން ހިންގުމާއި މައްސަލަތައް ޙައްލުކުރުމަށް އިސްވެ ޙަރަކާތްތެރިވުމާއި، އިންސްޕަޔަރިންގ ލީޑަރޝިޕެއް ދިނުމާއި، އެކި ކަންކަމާ ގުޅިގެން ޖަލްސާތައް ބާއްވާ ކަންކަމާމެދު ގޮތްތައް ނިންމުން
  4. މަސްއޫލިއްޔަތު އުފުލުމާއި ގަވާއިދުތަކަށާއި ވާޖިބުތަކަށް ހުރުމަތްތެރިކޮށް ހިތުމުގެ ސަގާފަތެއް ތަނުގައި އަށަގަންނަވައި ސިޔާސަތުތަކަށާއި އުސޫލުތަކަށް އަމަލުކުރުމުގައި ނަމޫނާ ދެއްކުމާއި މުވައްޒަފުން އަހުލުވެރިކުރުވުން
  5. އިދާރީ އޮނިގަނޑެއްގެ ތެރެއިން ފެކަލްޓީގެ ދުވަހީ މަސައްކަތްތައް ރާވާ ހިންގުމާއި އަދި ކަނޑައެޅިފައިވާ އުސޫލުތަކާއި މިންގަނޑުތަކަށް ކަންކަން ހިގާކަން ކަށަވަރުކުރުން
  6. ސަރުކާރާއި މަރުކަޒީ އިދާރާއިން އަދި ޔުނިވަރސިޓީގެ އެހެނިހެން މަރުކަޒުތަކުންނާއި އަމިއްލަ ފަރާތްތަކުން އެދޭ ރިޕޯޓްތައް ކަނޑައެޅިފައިވާ އުސޫލުތަކުގެ ތެރެއިން ސުންގަޑިއަށް ތައްޔާރުކުރުވާ ފޯރުކޮށް ދިނުމުގެ އިންތިޒާމް ހަމަޖެއްސުން
  7. ތަނުގެ މަސައްކަތް ވިލަރެސްކުރުމާއި ޕްރޮގްރާމްތައް މޮނިޓަރކޮށް ބެލެހެއްޓުން
  8. މުވައްޒަފުންގެ މަސައްކަތް ރާވާ ހިންގުމާއި މުވައްޒަފުންގެ މަސައްކަތު ފެންވަރު ވަޒަންކޮށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.
  9. ޔުނިވަރސިޓީގެ ސިޔާސަތުތައް އެކުލަވާލުމާއި އިސްލާޙުކުރުމަށް ކުރެވޭ މަސައްކަތުގައި ޔުނިވަރސިޓީ/މަރުކަޒުތަކާއި ގުޅިގެން މަސައްކަތްކުރުމާއި އެފެކަލްޓީއަކަށް ހާއްސަ ސިޔާސަތުތައް ހަރުދަނާކުރުމަށް މަސައްކަތްކުރުން.
  10. ތަނުގެ އެންމެހާ ކަންކަން އޮބްޖެކްޓިވްކޮށް އަދި ހެއްކަށް ބިނާކޮށް (އެވިޑަންސް ބޭސްޑް) ރިވިއުކުރުމާއި ގެންނަންޖެހޭ އިސްލާހީ ބަދަލުތައް ކަނޑައެޅޭ މުއްދަތެއްގެ ތެރޭގައި ގެނައުން
  11. ކޮލިޓީ މެނޭޖްމެންޓް ސިސްޓަމް ޤާއިމު ކޮށްފައިވާ ފެކަލްޓީ/ސެންޓަރު ތަކުގެ އަހަރީ އޮޑިޓްތަކާއި އަދި މެނޭޖްމެންޓް ރިވިއުތައް ކަނޑައެޅިފައިވާ މުއްދަތުގައި ފުރިހަމަ ކުރޭވޭތޯ ކަށަވަރުކުރުން
  12. ފެކަލްޓީގެ ރިސަރޗް މަސައްކަތް ފުޅާކޮށް ތަރައްގީކުރުމަށް މަސައްކަތްކުރުމާއި ދާއިރާ އާ ގުޅޭ ދިރާސާތައް ކުރުމަށް ޕްލޭންއެއް އެކުލަވާލާ، އަހަރީ ލަނޑުދަނޑިތައް ކަނޑައަޅާ، ދިރާސާކުރުމުގެ ސަގާފަތެއް އަށަގެންނެވުމަށް ކުރަންޖެހޭ އެންމެހާ ކަންކަންކުރުމާއި ބައިވެރިވުން.

 

މުޢާމަލާތާއި ގުޅުންތައް

 

  1. ތަނުގެ އެންމެހާ މުވައްޒަފުންނާއި ޔުނިވަރސިޓީގެ އިސް ފަރާތްތަކާއެކު ހަރުދަނާ ގުޅުމެއް ޤާއިމުކުރުން
  2. ތަނުގައި އުޅޭ ދަރިވަރުން ކޯސްތަކުގައި ކުރިއަށް ދިއުމަށް އެހީތެރިވުމާއި ދަރިވަރުންނަށް ދިމާވާ މައްސަލަތަކުގައި އަޅާލުންތެރިކަން ދިނުން. (މައްސަލަތައް ހައްލުކޮށްދިނުމުގައި އިސްނެގުން)
  3. ތަނުގެ މަސައްކަތް ކުރިޔަށް ގެންދިއުމަށް ފަހިކުރެވިދާނެ ފަރާތްތަކާ ހަރުދަނާ ޕްރޮފެޝަނަލް ގުޅުމެއް އުފައްދާ އެފަދަ ގުޅުންތައް ދެމެހެއްޓުން
  4. މުވައްޒަފުންނަށާއި ދަރިވަރުންނަށް ތަޖުރިބާ ހޯދޭނެ ފުރުސަތުތައް ހޯދުމަށާއި ސަރުކާރާއި ވަޒީފާ ދޭ ފަރާތްތަކާއި މައިގަނޑު އިންޑަސްޓްރީތަކާ ގުޅުންތައް ޤާއިމުކުރުން.
  5. ޕަބްލިކް ރިލޭޝަންސް ކަންތައްތައް ހަރުދަނާކޮށް ރާވައި އޯވަރސީ ކޮށް ބެލެހެއްޓުން.
  6. ފެކަލްޓީގައި ހިންގޭ ޕްރޮގްރާމްތައް ދާއިރާއާ ގުޅޭ ހުރިހާ ފަރާތްތަކަށާއި ސްޓޭކްހޯލްޑަރޒް އަށް ހާމަކޮށް މާކެޓްކޮށް، ޕަބްލިސައިޒް ކުރުން.
  7. ބޭރުގެ އޭޖެންސީތަކާއި އޮފީސް ތަކާއި ޖަމާޢަތްތަކާއި އާންމު ފަރާތްތަކަށް ފެކަލްޓީ ތަމްސީލު ކުރުން.
  8. ބޭރުގެ ޔުނިވަރސިޓީ، އެކްރެޑިޓޭޝަން ބޮޑީސް، ބައިނަލް އަޤްވާމީ އިލްމީ ޖަމިއްޔާތައް ފަދަ ފަރާތްތަކާއެކު ގުޅުން ބަދަހި ކުރެވިދާނެ ގޮތްތައް ހޯދާ އޮންނަ އުސޫލާ އެއްގޮތްވާގޮތުގެ މަތިން ތަނަށް ފައިދާހުރި ގުޅުންތައް ކުރިޔަށް ގެންދިއުން
  9. ޔުނިވަރސިޓީ އާއި ޔުނިވަރސިޓީން ބޭރުގައި ބައިވެރިވާންޖެހޭ އެންމެހާ ކޮމިޓީތަކާއި ޔުނިވަރސިޓީ/ސެންޓަރު  ތަމްސީލްކުރުމުގެ ގޮތުން ބައިވެރިވާންޖެހޭ ކަންތައްތަކުގައި އަމަލީގޮތުން ބައިވެރިވުން
  10. ޔުނިވަރސިޓީގެ އެހެނިހެން ޑިޕާޓްމަންޓްތަކާ ހަރުދަނާ ޕްރޮފެޝަނަލް ގުޅުމެއް ދެމެހެއްޓުން
  11. އިންޓަރނޭޝަނަލް ދަރިވަރުންނަށް ފުރުސަތު ފަހިވާނެ ގޮތަށް ކޯސްތައް ފަރުމާކޮށް، ޔުނިވަރސިޓީ ތެރޭގައި ހުރި ފުރުސަތުތައް ފަހިކޮށްދީ، ޔުނިވަރސިޓީގެ އެކަމަށް އޮތް ސިޔަސަތާ އެއްގޮތްވާގޮތުގެ މަތިން އެފަދަ ދަރިވަރުން ހޯދުމަށް މަސައްކަތްކުރުން.

 

ވަޞީލަތްތައް ހޯދައި ތަރައްޤީކުރުން

 

  1. ތަނުގެ މުވައްޒަފުން ލެއްވުމާއި، މުވައްޒަފުން ކުރިއެރުވުމަށާއި، އެއްބައިވަންތަކަން އަދި ޓީމް ރޫޙު އާލާކޮށް އަށަގެންނެވުމަށް ކުރަންޖެހޭ މަސައްކަތް ކުރުން
  2. މުވައްޒަފުންނަށް ބޭނުންވާ ކުރު މުއްދަތުގެ ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ފުރުސަތުތައް ދެނެގަނެ، ހަމަޖެހިފައިވާ އިންތިޒާމްތަކުގެ ތެރެއިން ހޯދައި ފޯރުކޮށްދިނުމުގެ މަސައްކަތް ކުރުން.
  3. ތަނުގެ ހަރު މުދަލުގެ އިންވެންޓްރީ ބެލެހެއްޓުމާއި އިމާރާތާއި މެޝިނަރީފަދަ ވަސީލަތްތައް މަރާމާތުކޮށް ބަލަހައްޓައި އެ ތަންތަނާއި ތަކެތީގެ ފުރިހަމަ ބޭނުންކުރުމަށް ހަރުދަނާ އިންތިޒާމުތަކެއް ހަމަޖެހިފައިވާކަން ކަށަވަރުކުރުން. އަދި ފެކަލްޓީގައި ހިންގާ ކޯސްތަކާއި ގުޅިގެން އައު ޖާގަތައް ޕްލޭންކޮށް، ހޯދައި، ހަމަޖެއްސުމުގައި އެހީތެރިވުން.
  4. ފެކަލްޓީގެ ބަޖެޓު އެކުލަވާލުމުގައްޔާއި، ބަޖެޓު ޕްލޭން ހެދުމާއި، ކަނޑައެޅިފައިވާ ގަވާއިދާ އެއްގޮތަށް ބެލެހެއްޓުމާއި ފެކަލްޓީއަށް ބޭނުންވާ ވަސީލަތްތައް ހޯދުމަށް ބަޖެޓުން ކުރެވޭ ޚަރަދުތައް ގަވާއިދު ތަކާއި ކޮންޓްރޯލްތަކާއި އެއްގޮތަށް ކުރެވޭކަން ކަށަވަރުކުރުން.
  5. ފެކަލްޓީގެ ޚިދުމަތްތައް ފުރިހަމަ ގޮތެއްގައި ދިނުމަށް ގާއިމްކުރެވިފައިވާ އައިޓީ ނިޒާމްގެ ޚިދުމަތް ފުރިހަމައަށް ލިބެމުންދާކަން ކަށަވަރުކުރުމާއި ގެންނަންޖެހޭ ބަދަލުތައް ދެނެގަނެ އެފަދަ ބަދަލުތައް ގެނެސް އަދާހަމަކުރުމަށް ކަމާބެހޭ ޑިޕާރޓްމަންޓާ ގުޅިގެން މަސައްކަތްކުރުން.
  6. ފެކަލްޓީއަށް ފައިސާއާއި ވަޞީލަތްތައް ހޯދޭނޭ މަގުތައް ދެނެގަނެ އުސޫލުތަކުގެ ތެރެއިން ހޯދުން.

 

 ތަޢުލީމީ ޙަރަކާތްތައް

 

  1. އައު އެކެޑެމިކް ޕްރޮގްރާމްތަކާއި އައު ހަރަކާތްތައް ފެށުމަށާއި ހިންގަމުންދާ ކޯސްތައް އަދާހަމަކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން.
  2. ވަޒީފާގެ ބާޒާރަށާއި ޤައުމީ ކުރިއެރުމަށް ބޭނުންވާ ފެންވަރު ރަނގަޅު ކޯސްތައް ކަމާބެހޭ ފަރާތްތަކާ / ސްޓޭކްހޯލަޑަރުންނާއެކު މަޝްވަރާކޮށް އުފައްދައި ހިންގުމަށް ކުރަންޖެހޭ ކަންކަން ކުރުން.
  3. ކޯސްތައް ފަރުމާކުރުމުގައި އިންޓަރ-ފެކަލްޓީ/ޑިޕާޓްމަންޓްތަކާ ގުޅިގެން ހިންގޭނެ ކޯސްތައް ދެނެގަތުމާއި އެފަދަ ކޯސްތައް އެކުލަވައިލުމުގައާއި ހިންގުމުގައި އެފަރާތްތަކާއި ގުޅިގެން މަސައްކަތްކުރުން.
  4. ހުއްޓާލަންޖެހޭ/އުވާލަންޖެހޭ ކޯސްތައް ދެނެގަނެ ކަނޑައެޅިފައިވާ އުސޫލުތަކުގެ ތެރެއިން ކުރަންޖެހޭ ކަންކަންކުރުން.
  5. ކެމްޕަސްތަކުގައި ހިންގާ / ހިންގިދާނޭ ގުޅުންހުރި ކޯސްތައް ދެނެގަނެ، ކެމްޕަސް މެނޭޖަރާ އެއްކޮށް މަޝްވަރާކުރެވި އެކޯސްތައް ހިންގުމަށް ކުރަންޖެހޭ ކަންކަން އިންތިޒާމް ކުރުން
  6. ޔުނިވަރސިޓީ އަދި ފެކަލްޓީތަކުގައި ގާއިމްކުރެވޭ ކޮލިޓީ މެނޭޖްމަންޓް ސިސްޓަމް ގެ އުސޫލްތައް ދެމެހެއްޓުމުގައި އިސްނެގުމާއި އަމަލީ ގޮތުން ބައިވެރިވުން.
  7. ފެކަލްޓީގައި ހިންގާ ކޯސްތަކުން ފާހަގަކުރެވޭ އިތުރުއެހީއަށް ބޭނުންވާ ދަރިވަރުންނަށް މަގުދައްކައިދިނުމާއި ކަމާބެހޭ ފަރާތްތައް މެދުވެރިކޮށް އެހީތެރިކަން ލިބޭކަން ކަށަވަރުކުރުން.
  8. މާއްދާތައް ކިޔަވާދޭނޭ ޕާޓް-ޓައިމް ދާރިސުންނާއި އުނގަންނައިދިނުމުގެ އެކިއެކި ހަރަކާތްތައް ހިންގުމަށް މީހުން ހޯދުމުގެ މަސައްކަތް ވިލަރެސްކުރުން.
  9. ދަރިވަރުންގެ ރެކޯޑުތަކާއި އަދި ފެކަލްޓީގައި ބަލަހައްޓަންޖެހޭ އެހެނިހެން ރެކޯޑްތައް ކަނޑައެޅިފައިވާ ގަވާއިދުތަކާއި އުސޫލުތަކުގެ ތެރެއިން ބެލެހެއްޓޭކަން ކަށަވަރުކުރުން
  10. ކޯސް ޑިޒައިން މަސައްކަތްތަކާއި ގުޅިގެން ބޭނުންވާ ސޮފްޓްވެއަރތަކާއި، ބޭނުންވާނެ އިކުއިޕްމަންޓް، އަދި އެނޫންވެސް އުނގެންނައިދިނުމަށް ބޭނުންކުރަންޖެހޭ ވަޞީލަތްތައް ދިރާސާކޮށް، ހޯދައި ރެކޮމެންޑްކުރުމުގައި ބައިވެރިވެ، ތަކެތި ހޯދުމަށް ކުރަންޖެހޭ މަސައްކަތްތައްކުރުން.
  11. އުނގެނުމާއި އުނގަންނައިދިނުން ޒަމާނީ އުސޫލްތަކަށް ބަދަލުކުރުމަށާއި، ޒަމާނީ ޓެކްނޮލޮޖީ ދެނެގަނެ ތަޢާރަފްކުރުމާއި ދަރިވަރުން ބައިވެރިކޮށްގެން އުގަންނައި ދިނުމުގެ ސިޔާސަތުތައް ތަންފީޒުކުރުމުގައި އިސްނަގާ ހަރަކާތްތެރިވުން.
  12. އުނގެނުމަށާއި އުގަންނައިދިނުމަށް ޔުނިވަރސިޓީގައި ބޭނުންކުރާ އެލް.އެމް.އެސްއަށް މުވައްޒަފުން އަހުލުވެރިކުރުމަށް ކުރަންޖެހޭ ކަންކަން ކުރުމަށާއި، އައު ފީޗާރސް ބޭނުންކުރުމަށް ހިތްވަރުދިނުމަށާއި، އެލް.އެމް.އެސް. ބޭނުންކުރުމުގައި ދިމާވާ ދަތިތައް ހައްލުކުރުމުގައި ކަމާ ބެހޭ ފަރާތްތަކާއި ގުޅިގެން މަސައްކަތް ކުރުން.

* މި ބައިގައި މިވަނީ މި މަގާމުގެ މައިގަނޑު މަސްއޫލިއްޔަތެވެ. މި ވަޒީފާ އަށް ހޮވޭ ފަރާތަށް ވަޒީފާ ހަވާލުކުރާއިރު ފުރިހަމަ ވަޒީފާ ބަޔާނެއްގައި ސޮއިކުރެވޭނެއެވެ.

އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ ލިޔުންތައް:

  • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަނުވާ) ސާފު ކޮޕީ.
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ އަދާ ހަމަކޮށްފައިވާ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  • ވަޒީފާގައި އުޅޭ ނުވަތަ އުޅެފައިވާ ފަރާތެއްނަމަ އަދާކުރާ، ނުވަތަ އަދާކުރި، ވަޒީފާގެ މަސްއޫލިއްޔަތާއި، ވަޒީފާ އަދާކުރި، މުއްދަތު ފެށުނު ތާރީޚް އަދި ވަޒީފާއިން ވަކިވި ތާރީޚް (އެއް އިދާރާއެއްގެ ތަފާތު މަގާމުތަކުގައި މަސައްކަތްކޮށްފައިވީނަމަވެސް މަގާމުތަކުގެ ތަފްޞީލް ވަކިވަކިން ބަޔާންކޮށް) އެނގޭނެފަދަ ލިޔުމެއް. ވަކި ވަކިން ތާރީޙް ނޭގޭ ލިޔުންތައް މަސައްކަތުގެ ތަޖްރިބާ ގުނުމުގައި ބޭނުން ނުކުރެވޭނެއެވެ.
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓި ސްޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާ މެދު ދެކޭ ގޮތުގެ ލިޔުމެއް.
  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (ރާއްޖެއިން ބޭރުގެ ސެޓިފިކެޓެއްނަމަ އެކްރިޑިޓް ކޮށްފައިވާ ސަނަދު. ރާއްޖޭގެ އިންސްޓިޓިއުޓަކުން/ކޮލެޖަކުން ހަދާފައިވާ ރާއްޖޭއިން ބޭރުގެ ސެޓިފިކެޓްތައް ހުންނަންވާނީ އެކްރެޑިޓް ކޮށްފައެވެ.)
  • ޕާސްޕޯޓް ސައިޒް ފޮޓޯ

 

* ހުށަހަޅަންޖެހޭ ލިޔުންތައް ފޯމުގައި އެޓޭޗް ކުރައްވާނީ ޕީ.ޑީ.އެފް ފޯމެޓަށް، މަތީގައިވާ ތަރުތީބުން ހުރިހާ ލިޔުންތައް އެއް ފައިލް އަކަށް ބަދަލުކޮށްފައެވެ.

 

މަގާމަށް އެދެންވީގޮތާއި ސުންގަޑި:

06 އޮގަސްޓް 2024 ވާ އަންގާރަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ތިރީގައިވާ ފޯމް ލިންކް މެދުވެރިކޮށް އޮންލައިންކޮށް.

https://tinyurl.com/MNUHR-2024-143

 

އިންޓަވިއު އަދި ޕްރެޒެންޓޭޝަން އޮންނާނެ ތަނާއި، މުއްދަތު:

މި މަގާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި ޕްރެޒެންޓޭޝަން، އޮންނާނީ 07 އޮގަސްޓް 2024 އާ 06 ސެޕްޓެންބަރު 2024 އާ ދެމެދުއެވެ. އިންޓަވިއު އަދި ޕްރެޒެންޓޭޝަން އޮންނާނީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގައެވެ. ވުމާއެކު، އެ މުއްދަތުގައި އިންޓަރވިއު އާއި ޕްރެޒެންޓޭޝަނަށް ތައްޔާރުވެގެން ތިބުމަށްވެސް ދަންނަވަމެވެ.

ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓު (R2 ޝީޓު އާންމުކުރުން)

  • އިއުލާނުގެ މުއްދަތު ހަމަވާތާ ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި ސްކްރީނިންގ މަރުހަލާގެ ނަތީޖާ ޝީޓު ޔުނިވަރސިޓީގެ ވެބްސައިޓުގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތް ނަމަ ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 2 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް ޔުނިވަރސިޓީއަށް ހުށަހަޅަންވާނެއެވެ.
  • އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި ވަޒީފާއަށް އިންޓަރވިއު ކުރެވުނު ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (R2 ޝީޓް) ޔުނިވަރސިޓީގެ ވެބްސައިޓުގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް އިންޓަރވިއު ކުރެވުނު ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތް ނަމަ ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 2 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް ޔުނިވަރސިޓީއަށް ހުށަހަޅަންވާނެއެވެ.
  • ސްކްރީނިންގ ޝީޓު އަދި R2 ޝީޓް އާއި ގުޅޭގޮތުން ޝަކުވާއެއް އޮތް ނަމަ ފޮނުއްވާނީ ޔުނިވަރސިޓީގެ އީ-މެއިލް[email protected]   އަށެވެ.

ސަމާލުކަމަށް:

 

  • ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އަސްލާއެއްގޮތްކަމުގެ ތައްގަނޑު ޖަހާފައި ނުވާނަމަ ވެރިފައިކުރުމަށް ޔުނިވަރސިޓީއިން އެދުމުން އޮރިޖިނަލްތައް ކޮޕީ ވެރިފައިކުރުމަށް ހުށަހަޅަންވާނެއެވެ. މަގާމަށް އެދި ހުށަހަޅާއިރު އަސްލާއެއްގޮތްކަމުގެ ތައްގަނޑުޖެހުމަކީ ލާޒިމްކަމެއްނޫނެވެ.
  • ރާއްޖެއިން ބޭރުގެ ކޮލެޖް/ޔުނިވަރސިޓީއެއްގެ ކޯހެއް ފުރިހަމަކޮށް ސެޓިފިކެޓް ލިބިފައިނުވާނަމަ، ކޮލެޖް/ޔުނިވަރސިޓީ އިން ދީފައިވާ ކޯސް ފުރިހަމަކޮށްފައިވާކަމުގެ ލިޔުމަކާއި އަންއޮފިޝަލް ޓްރާންސްކްރިޕްޓް، އަދި އެމް.ކިއޫ.އޭގެ ކޮލިފިކޭޝަން އެސެސްމެންޓް ރިޕޯޓެއް ހުށަހަޅަންވާނެއެވެ.
  • ވަނަވަރުގައި ބަޔާންކޮށްފައިވާ ތަޖްރިބާގެ މުއްދަތު ކަށަވަރުކޮށް ގުނައިދެވޭނީ ހުށަހަޅާފައިވާ ވަޒީފާއަދާކުރާ ކަމުގެ ނުވަތަ ކުރިކަމުގެ ލިޔުމުގައިވާ މުއްދަތުތަކަށް ބިނާކޮށްކަމުން، ހުށަހަޅާ ވަޒީފާއަދާކުރާކަމުގެ ނުވަތަ ކުރިކަމުގެ ލިޔުންތަކުގައި މި މަޢުލޫމާތު ފުރިހަމަ ނުވާނަމަ މުއްދަތު ކަށަވަރު ނުކުރެވޭނެއެވެ.
  • އިޢުލާނުގައި ހުށަހަޅަންޖެހޭނެކަމަށް ބަޔާންކޮށްފައިވާ ލިޔެކިއުންތައް ފޮނުވަންވާނީ އެޕްލިކޭޝަނާއިއެކު އެކީ އެއްފަހަރާ އެޕްލިކޭޝަން ފޮނުވުމަށް ކަނޑައަޅާފައިވާ ލިންކް މެދުވެރިކޮށެވެ.
  • ހުށަހަޅަންޖެހޭ މަޢުލޫމާތުތަކާއި ލިޔެކިއުންތައް ފުރިހަމަ ނޫން އެޕްލިކޭޝަންތައް ބާޠިލްކުރެވޭނެއެވެ.
  • އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
  • މަގާމަށް ނުހޮވޭ ކެނޑިޑޭޓުންނަށް ޖަވާބު ފޮނުވޭނީ އިންޓަވިއުކޮށް ނިމުމަށްފަހުގައެވެ.

 

 

އިތުރު މަޢުލޫމާތު:

  • މި މަގާމަށް ހޮވޭ ކެނޑިޑޭޓަކު ވަޒީފާއަށް ނުކުންނަ ތާރީޚުން ފެށިގެން ފުރަތަމަ 3 މަސް ދުވަސް ބެލޭނީ، ވަޒީފާގެ ޕްރޮބޭޝަން މުއްދަތުގެ ގޮތުގައެވެ. މިމުއްދަތުގެ ތެރޭގައި، މުވައްޒަފުގެ މަސައްކަތުގެ ފެންވަރާއި، މަސައްކަތްތަކުގެ އަޚުލާޤަށް ބަލައި، ނޯޓިސް ދިނުމަކާއި ނުލައި ވަޒީފާގެ އެއްބަސްވުން އުވާލައި، މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ އިޚުތިޔާރު ޔުނިވަރސިޓީއަށް ލިބިގެންވެއެވެ.
  • މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3345143 ނަންބަރު ފޯނަށެވެ.
23 ޖުލައި 2024