މަސައްކަތް
ނަންބަރު: (IUL)307/INDIV/2024/66
ޕަބްލިޝްކުރި ތާރީޚް: 23 ޖުލައި 2024
ޕަބްލިޝްކުރި ގަޑި: 13:11
ސުންގަޑި: 04 އޮގަސްޓް 2024 13:00
މާޅޮސްމަޑުލު އުތުރުބުރީ އިންނަމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިކައުންސިލުން ބޭނުންކުރަމުންގެންދާ 1.5 ޓަނުގެ ޕިކަޕް މަރާމާތުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ބީލަން ހުށަހެޅުމުގެ ދަޢުވަތު

މިކައުންސިލުން ބޭނުންކުރަމުންގެންދާ 1.5 ޓަނުގެ ޕިކަޕްމަރާމާތުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

މި ބީލަމުގައި ބައިވެރިވެވޭނީ ވި ބީލަމާއި ގުޅިގެން މި އިދާރާއިން ކޮށްފައިވާ މިއިޢުލާނާއި އެއްގޮތަށް ނަންނޯޓްކޮށް ބީލަމުގައި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ.

 މި ބީލަމުގައި ރަޖިސްޓްރީ ކުރުމަށް، 2024 އޮގަސްޓް 4 ވާ އާދިއްތަ ދުވަހުގެ 13:00 ގެ ކުރިން މި އިދާރާގެ އީމެއިލް، [email protected] ނުވަތަ މި އިދާރާގެ ވައިބަރ ނަންބަރު 7380052 މެދުވެރިކޮށް ނަންނޯޓް ކުރެއްވުން އެދެމެވެ. ސުންގަޑީގެ ފަހުން ނަންނޯޓް ކުރާ ފަރާތްތަކަށް މި ބީލަމުގައި ބައިވެރިނުވެވޭނެއެވެ.

 މި ބީލަމާއި ގުޅިގެން ބިޑް ރަޖިސްޓްރީކުރާ ފަރާތްތަކަށް، މި މަސައްކަތުގެ މައުލޫމާތު ކަރުދާސް (ބީލަތްފޮތް) ރައްދުކުރެވޭނެއެވެ. އަދި މި ބީލަމާއިގުޅިގެން ޕްރީބިޑް މީޓިންގ އެއް ބޭއްވުމަށް ހަމަޖެހިފައެއް ނުވެއެވެ.

 މި ބީލަމާއި ގުޅޭގޮތުން މައުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވެލައްވާނަމަ ތިރީގައި މިވާ ނަންބަރު ތަކާއި ގުޅުއްވުން އެދެމެވެ. ނުވަތަ ލިޔުމުން މި އިދާރާއަށް ފޮނުވުން އެދެމެވެ.

  • 7965507 – އަޙްމަދު ރުޒާނު (ކައުންސިލްގެ ނައިބުރައީސް).
  • އީމެއިލް: [email protected]

 މި ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަމްބަރ: 18/2014) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނުނު (ޤާނޫނު ނަމްބަރ 19/2014) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

  1. މި ބީލަމުގެ ދަށުން މައިގަނޑު ގޮތެއްގައި ކުރަންހުންނާނެ މަސައްކަތްތައް ތިރީގައި މިވަނީއެވެ. އަދި މި މަސައްކަތްތަކުގެ ފުރިހަމަ ތަސްފިލު ބީލަން ފޮތުގައި ހިމެނިފައިވާނެއެވެ.
  • ޕިކަޕުގެ ބާވަތް: MAZDA TITAN (ISUSZ) 1.5t Diesel
  • އިންޖީނަށް ދިމާވެފައިވާ މައްސަލަ ބަލައި އިންޖީނު މަރާމާތުގެ ހުރިހާ މަސައްކަތެއް ކުރުން.
  • 4 އިންޖެކްޓަރ ސެޓް/ނޮޒޮލްތައް ބަދަލުކުރުން.
  • ޕިކަޕުގެ ބޮޑީގަނޑު އަދި ކަވަރުތަކުގައި ހަލާކުވެފައިވާ ބައިތައް މަރާމާތުކުރުމާއި އަނޑަރކޯޓް ލުމާއި އެއްކޮށޤ ދަވާދުޖެހުން.
  • ފަހަތުގެ ކާގޯ ބެޑް އެއްކޮށް ބަދަލުކުރުން.
  • ފިއުލް ޕަމްޕް ސަރވިސް ކުރުން.
  • ހުރިހާ ފިލްޓަރުތަކެއް ބަދަލުކުރުން.
  • އިންޖީނަށް އަޅާ ތެލާއި ކޫލަންޓް ބަދަލުކުރުން.

 މި ބީލަމާއި ގުޅިގެން ބީލަން ހުށައެޅުމަށް ހަމަޖެހިފައިވަނީ 2024 އޮގަސްޓް 8 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި މާޅޮސްމަޑުލު އުތުރުބުރީ އިންނަމާދޫ ކައުންސިލް އިދާރާގެ މީޓިން ރޫމްގައެވެ. 2024 އޮގަސްޓް 8 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ފަހުން ބީލަން ހުށައެޅުމަށް ވަޑައިގަންނަވާ އެއްވެސް ފަރާތަކަށް ބީލަން ހުށައެޅުމުގެ ފުރުސަތު ނުދެވޭނެއެވެ.

 މިހެންވެ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

23 ޖުލައި 2024