ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)252/252/2024/82
ޕަބްލިޝްކުރި ތާރީޚް: 23 ޖުލައި 2024
ޕަބްލިޝްކުރި ގަޑި: 12:48
ސުންގަޑި:
30 ޖުލައި 2024 20:45
ތިލަދުންމަތީ އުތުރުބުރީ ފިއްލަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ރައްޔިތު ބައްދަލުވުމުގެ ދަޢުވަތު
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު 2010/7 ގެ 107 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ކޮންމެ އަހަރަކު ޖުލައި މަހުގައި ބާއްވަން ހަމަޖެހިފައިވާ ރައްޔިތުންގެ ބައްދަލުވުން 30 ޖުލައި 2024 ވާ އަންގާރަ ދުވަހުގެ ރޭ 20:45 ގައި ފިއްލަދޫ އިޖްތިމާޢީ މަރުކަޒުގައި އޮންނާނެވެ. މިބައްދަލުވުމުގައި ޚިއްސާކުރުމަށް ހަމަޖެހިފައިވާ ކަންތައްތައް ތިރީގައި އެވަނީއެވެ.
- 2024 ވަނަ އަހަރުގެ ފުރަތަމަ 6 މަސްދުވަހު ކައުންސިލް ހިނގާދިޔަ ގޮތުގެ ރިޕޯޓް ހުށަހެޅުން
- 2024 ވަނަ އަހަރުގެ ފުރަތަމަ 6 މަސްދުވަހު ކައުންސިލްގެ މާލީ ރިޕޯޓް ހުށަހެޅުން
- 2024 ވަނަ އަހަރު އިތުރަށް ހިންގުމަށް ރޭވިފައިވާ ހަރަކާތްތައް
- 2025 ވަނަ އަހަރުގެ މަސައްކަތު ތާވަލް ހުށަހެޅުން
- ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯދުން
ވީމާ، ވީހާވެސް ގިނަ ރައްޔިތުން މިބައްދަލުވުމުގައި ބައިވެރިވެ ދެއްވުމަކީ މިކައުންސިލްގެ ވަރަށް ބޮޑު އެދުމެކެވެ.
23 ޖުލައި 2024