މަސައްކަތް
ނަންބަރު: (IUL)305-ME305/305/2015/65
ޕަބްލިޝްކުރި ތާރީޚް: 24 މޭ 2015
ޕަބްލިޝްކުރި ގަޑި: 09:16
ސުންގަޑި: 31 މޭ 2015 14:00
މާޅޮސްމަޑުލު އުތުރުބުރީ މާކުރަތު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކޭބަލްޓީވީގެ ޚިދުމަތް ދިނުމަށް ހުޅުވާލުމާގުޅޭ

ކޭބަލްޓީވީގެ ޚިދުމަތް ދިނުމަށް ހުޅުވާލުމާ ގުޅޭ

މިއިދާރާގެ ނަންބަރު: IUL)305-ME305/305/2015/51)ފ(05 މޭ 2015) އިޢުލާނާ ގުޅިގެން އަންދާސީހިސާބު ހުށަހަޅަން ހާޒިރުވެފައިވަނީ އެންމެ ފަރާތަކުން ކަމުގައިވާތީ، އެއިޢުލާނު ބާޠިލުކޮށް، ދެވަނަ ފަހަރަށް އަލުން އިޢުލާނު ކުރަމެވެ.

މިރަށުގައި ކޭބަލްޓީވީގެ ޚިދުމަތް ދިނުމަށް އެދި ބައެއް ފަރާތްތަކުން ހުށަހަޅުއްވަމުންދާތީ، މި ޚިދުމަތް ދިނުމަށް ޝައުޤުވެރިވާ ފަރާތްތަކަށް އެކަމަށް އެދި ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 31 މޭ 2015 ވާ އާދީއްތަ ދުވަހުގެ 14:00 އަށް މި އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 04 ޖޫން 2015 ވާ ބުރާސްފަތި ދުވަހުގެ 14:00 އަށް މި އިދާރާއަށް ވަޑައިގެން ޕްރޮޕޯޒަލް ހުށަހެޅުއްވުން އެދެމެވެ. ޕްރޮޕޯޒަލް ހުށަހަޅުއްވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ.

ތިރީގައިވާ ޙާލަތްތަކުގައި ޕްރޮޕޯޒަލް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

- މަޢުލޫމާތު ސާފުކުރުމަށް ހާޒިރުނުވާ ފަރާތްތަކުގެ ޕްރޮޕޯޒަލް

- ފެކްސް މެދުވެރިކޮށް ހުށަހަޅާ ޕްރޮޕޯޒަލް

- ގަޑިޖެހުމަށްފަހު ހުށަހަޅާ ޕްރޮޕޯޒަލް

- މަޢުލޫމާތު ފުރިހަމަ ނުވާ ޕްރޮޕޯޒަލްތަކާއި، މަޢުލޫމާތު ފުރިހަމަކޮށް ސޮއިކޮށްފައިނުވާ ޕްރޮޕޯޒަލް ބާޠިލުވާނެއެވެ.

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ ރަސްމީ ދުވަސްތަކުގައި ހެނދުނު 8:30 ން މެންދުރުފަހުގެ 14:30 އާ ދެމެދު މިއިދާރާގެ ނަންބަރު 6580015 ފޯނަށެވެ.

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

06 ޝަޢުބާން 1436

24 މޭ 2015