މަސައްކަތް
ނަންބަރު: 365/2015/45
ޕަބްލިޝްކުރި ތާރީޚް: 24 މޭ 2015
ޕަބްލިޝްކުރި ގަޑި: 09:13
ސުންގަޑި: 01 ޖޫން 2015 10:00
މުލަކަތޮޅު މުލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސްޖިދުލް މުސާވާތުގެ ނަމާދުކުރާބައިގައި ކާޕެޓް އަޅައިދޭނެ ފަރާތެއް ހޯދަން

އަންދާސީހިސާބު ހުށަހެޅުމުގެ ދަޢުވަތު:

މިރަށު މަސްޖިދުލް މުސާވާތުގެ ނަމާދުކުރާބައިގައި ކާޕެޓް އަޅައިދޭނެ ފަރާތެއް ހޯދަން ވަނީ ބޭނުންވެފައެވެ.

ވީމާ، މަތީގައި ދެންނެވި މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 01 ޖޫން 2015 ވާ ހޯމަ ދުވަހުގެ 10:00 އަށް މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 04 ޖޫން 2015 ވާ ބުރާސްފަތި ދުވަހުގެ 10:00 އަށް މި އިދާރާއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރުމުގައްޔާއި އަންދާސީހިސާބު ހުށަހެޅުއްވުމުގައި ހާޒިރުވާ ފަރާތްތަކުގެ އައި.ޑީ.ކާޑުގެ އަސްލު ހިއްޕަވައިގެން ވަޑައިގެންދެއްވުމަށް ދަންނަވަމެވެ. އަދި ބަދަލުގައި އެހެން ފަރާތަކުން ވަޑައިގަންނަވާނަމަ އެފަރާތުން އައްޔަންކުރިކަމުގެ ލިޔުމެއް ގެންނަވަންވާނެއެވެ. އަންދާސީހިސާބު ހުށަހަޅުއްވަނީ ރަޖިސްޓަރީ ކޮމްޕެނީއެއްގެ ނަމުގައިނަމަ، ރަޖިސްޓަރީގެ ކޮޕީއެއް މިއިދާރާއަށް ހުށަހަޅުއްވަންވާނެއެވެ.

މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅާ އަންދާސީހިސާބު ބަލައިނުގަންނާނެވާހަކަވެސް ދެންނެވީމެވެ.

އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން މިކައުންސިލްގެ ނަންބަރު 6720508 އަށް ގުޅުއްވުމުން ލިބިވަޑައިގަންނަވާނެއެވެ.

މީގެ ކުރިން މިކަމަށް ކުރި އިޢުލާނަށް އަންދާސީހިސާބު ހުށަހެޅުއްވި ފަރާތްތަކުގެ އަންދާސީހިސާބުތައް ބޮޑުކަމަށް ފެންނާތީ މީގެ ކުރިންކޮށްފައިވާ ނަންބަރު 365/2015/37 ( 30 އެޕްރީލް 2015 ) އިޢުލާން ވަނީ ބާޠިލު ކުރެވިފައެވެ.

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

06 ޝަޢުބާން 1436

24 މޭ 2015