ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)353/353/2024/75
ޕަބްލިޝްކުރި ތާރީޚް: 22 ޖުލައި 2024
ޕަބްލިޝްކުރި ގަޑި: 15:36
ސުންގަޑި: 29 ޖުލައި 2024 20:00
އަރިއަތޮޅު ދެކުނުބުރީ ދިގުރަށު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރައްޔިތުންނާއި ބައްދަލުކުރުން

އަރިއަތޮޅު ދެކުނުބުރީ ދިގުރަށު ކައުންސިލްގެ އިދާރާ          

 ދިގުރަށް،ދިވެހިރާއްޖެ.

 

 އިޢުލާނު

 

 ރައްޔިތުންނާ ބައްދަލުކުރުން

 

            ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ 107 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދައިން ރައްޔިތުންނަށް މަޢުލޫމާތު ދިނުމަށްޓަކައި ޖުލައި މަހު ޢާންމުކޮށް ހުޅުވާލައިގެން ބާއްވާ ރައްޔިތުންގެ ބައްދަލުވުން 29 ޖުލައި 2024 ވާ ހޯމަ ދުވަހުގެރޭ 20:00 ގައި މި އިދާރާގެ ޖަލްސާކުރާ މާލަމުގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ބައްދަލުވުމުގައި 2025 ވަނަ އަހަރުގެ މަސައްކަތު ތާވަލާއި ކައުންސިލުން ލަފާކޮށްފައިވާ ބަޖެޓް ހުށަހެޅުން އޮންނާނެއެވެ.

            ވީމާ، ރަށުގެ ވީހާގިނަ ރައްޔިތުން މި ބައްދަލުވުމަށް ވަޑައިގެންދެއްވުން އެދި ދަޢުވަތު އަރުވަމެވެ.

22 ޖުލައި 2024