މަސައްކަތް
ނަންބަރު: 374-A/2015/24
ޕަބްލިޝްކުރި ތާރީޚް: 24 މޭ 2015
ޕަބްލިޝްކުރި ގަޑި: 09:12
ސުންގަޑި: 01 ޖޫން 2015 11:00
ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރައްޔިތުންގެ އިންޖީނުގޭގައިހުރި ޕެނަލްބޯޑް އަޕްގްރޭޑް ކުރުމާބެހޭ

ފ. ނިލަންދޫ ރައްޔިތުންގެ އިންޖީނުގޭގައިހުރި ޕެނަލްބޯޑް އަޕްގްރޭޑް ކުރުމާބެހޭ

މިއިދާރާގެ ފަރާތުން ނިލަންދޫ ރައްޔިތުންގެ އިންޖީނުގޭގައި ހުރި ޕެންލަބޯޑް އަޕްގްރޭޑް ކުރުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރައްވާފައިވާ ނަންބަރު: A/2015/20-ފ374 (03 މޭ 2015) ގެ އިޢުލާނާ ގުޅިގެން އަންދާސީހިސާބު ހުށަހަޅާފައިވަނީ އެންމެ ފަރާތަކުން ކަމަށްވާތީ އެއިޢުލާން ބާޠިލުކޮށް، ޕެނަލްބޯޑުގެ ތިރީގައި މިދަންނަވާ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

1- މިހާރު ބަހައްޓާފައިހުރި ޕެނަލްބޯޑު މަރާމާތުކޮށްދިނުން.

2- މިހާރު ހުރި ޕެނަލްބޯޑުގެ ބަދަލުގައި އާ ޕެނަލްބޯޑެއް ބަހައްޓައިދިނުން

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2015 ޖޫން 01 ވަނަ ދުވަހުގެ 11:00 އަށް މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2015 ޖޫން 11 ވަނަ ދުވަހުގެ 11:00 އަށް މިއިދާރާއަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު ހުށަހަޅުއްވާނީ ބަންދުކޮށްފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި "ފ. ނިލަންދޫ ރައްޔިތުންގެ އިންޖީނުގޭގައިހުރި ޕެނަލްބޯޑް އަޕްގްރޭޑް ކުރުމާބެހޭ" މިހެން ލިޔެފައި އޮންނަންވާނެއެވެ. ކޮންމެ ފަރާތަކަށްވެސް ހުށަހެޅުއްވޭނީ 01 (އެކެއް) އަންދާސީހިސާބެވެ. މަޢުލޫމާތު ސާފުނުކުރައްވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީހިސާބުތަކާއި ގަޑިޖެހިގެން ގެންނަ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. އަދި މިމަސައްކަތް ކުރުމުގައި ކުންފުނިތަކަށް އިސްކަންދެވޭނެ ވާހަކަވެސް ދަންނަވަމެވެ.

06 ޝަޢުބާން 1436     

24 މޭ 2015