ވަޒީފާގެ ފުރުޞަތު
ނަންބަރު: 171-WPM/IUL/2024/117
ޕަބްލިޝްކުރި ތާރީޚް: 22 ޖުލައި 2024
ޕަބްލިޝްކުރި ގަޑި: 14:53
ސުންގަޑި: 05 އޮގަސްޓް 2024 16:00
ދިވެހި ފުލުހުންގެ ޚިދުމަތް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މި އިޢުލާންވަނީ 22 ޖުލައި 2024 20:54 ގައި ބާތިލް ކުރެވިފައެވެ.


މަޤާމް :އެޑްމިނިސްޓްރޭޓިވް ޑިރެކްޓަރ (ކަރިކިއުލަމް ޑިވެލޮޕަރ)
ބޭނުންވާ އަދަދު :1

މަޤާމުގެ ކްލެސިފިކޭޝަން: އެސިސްޓެންޓް އެގްޒެކެޓިވް ޑިރެކްޓަރ

މުސާރަ: 

- އަސާސީ މުސާރަ:  -/12,935 ރުފިޔާ

- ސަރވިސް އެލަވަންސްގެ ގޮތުގައި މަހަކު: -/2,700 ރުފިޔާ

އިތުރު ޢިނާޔަތްތައް:

- ނޮން-ޕްރެކްޓިސް އެލަވަންސް: -/4,527.25 ރުފިޔާ (އަސާސީ މުސާރައިގެ %35)-

- އިތުރުގަޑީގެ ގޮތުގައި މަހަކު: -/7,761.00 ރުފިޔާ (އަސާސީ މުސާރައިގެ %60)

- ހަމަޖެހިފައިވާ އުޞޫލުގެ ތެރެއިން ޕްރޮފެޝަނަލް އެލަވަންސް

- ކެއުމާއި ބޭސްފަރުވާ ކުރުން

ޝަރުތު:

-  ތަޢުލީމީ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 09 ގެ ސަނަދެއް ހާޞިލްކޮށްފައިވުމާއެކު، ތަޢުލީމީ ދާއިރާއިން މަދުވެގެން 10 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،

-  ރިސަރޗް ދާއިރާއިން ތަމްރީން ހާޞިލްކޮށް ސަނަދު ހާޞިލްކޮށްފައިވުމާއެކު މަސައްކަތުގެ ދާއިރާއިން މަދުވެގެން 05 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ، ރިސަރޗް ދާއިރާއިން އެކަށީގެންވާ ފަދަ މަސައްކަތްތައް ކޮށްފައިވުން.

-  މީލާދީ ގޮތުން 50 އަހަރު ފުރިފައިއިނުވުން،

-  އިސްލާމްދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ކުރިކަން، ނުވަތަ ވައްކަން، ޓެކުން، މަކަރާ ޙީލަތް، މަސްތުވާތަކެތި ބޭނުންކުރުން، ނުވަތަ މަސްތުވާތަކެތީގެ ވިޔަފާރިކުރުން، އަދި ޚިޔާނާތް ފަދަ ކުށެއް ކުރިކަން ވޭތުވެދިޔަ 05 އަހަރުދުވަހުގެ ތެރޭގައި ޝަރީޢަތަށް ސާބިތުވެފައިވާ މީހަކުކަމުގައި ނުވުން،

-  ވޭތުވެދިޔަ 05 އަހަރު ދުވަހުގެ ތެރޭގައި، މަނާކުރެވިފައިވާ މަސްތުވާއެއްޗަކުން އެކަހެރިވުމަށް ފަރުވާ ހޯދާފައިވާ ފަރާތަކަށް ނުވުން.

އިތުރު މަޢުލޫމާތު:

- މި މަޤާމަށް އެދި ފޯމް ހުށަހަޅާ ފަރާތަކީ ދިވެހި ރާއްޖޭގައި ރަޖިސްޓްރީ ކޮށްފައިވާ އެއްވެސް ސިޔާސީ ޕާޓީއެއްގެ ރަޖިސްޓްރީގައިވާ ފަރާތެއް ކަމުގައި ނުވުން.

- މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކަށް ދެވޭ މެޑިކަލް އެގްޒަމިނޭޝަން, ޕޮލިގްރަފީ ޓެސްޓް، ކުރެވޭ އިންޓަވިއު އަދި ބެކްގްރައުންޑް އެސެސްމަންޓުން ފާސްވުން.

މަޤާމުގެ މައިގަނޑު މަސްޢޫލިއްޔަތުތައް:

- ދިވެހިރާއްޖޭގެ ޤާނޫނު ތަންފީޒުކުރުމާބެހޭ ދާއިރާއިން، ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓްގެ މަސައްކަތްތަކާއި ގުޅޭގޮތުން ހަދަންޖެހޭ އެންމެހައި ދިރާސާތައް ހެދުން.

- ފެންވަރު ރަނގަޅު އަދި އަވަސް މިނެއްގައި ޤަވާއިދުން ރިސާރޗް ރިޕޯޓްތައް އެކުލަވާލުން.

މަޤާމުގެ މައިގަނޑު ޒިންމާތައް:

-  ލޯ އެންފޯސްމަންޓް ދާއިރާ އިތުރަށް ކުރިއަރުވައި ހަރުދަނާކުރުމަށް، ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓްގެ ފަރާތުން ކުރަންޖެހޭ ދިރާސާތައް ހެދުމުގައި ކަމާބެހޭ އެންމެހައި ފަރާތްތަކާއި ގުޅިގެން މަސައްކަތްކުރުން.

- ލޯ އެންފޯސްމަންޓް ދާއިރާގައި އެއްކުރެވިފައި ހުރި މަޢުލޫމާތު ހޯދައި، އިތުރަށް ދިރާސާކުރުމާއެކު، މި ދާއިރާގެ ކުރިމަގަށް ގޮތް ނިންމުމަށް، ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓުން ހަދަން ޖެހޭ އެންމެހައި ދިރާސާތައް ހެދުމާއި، މަޢުލޫމާތު އެއްކޮށް ރިޕޯޓް އެކުލަވާލުން.

މީހުން ހޮވުމުގައި އިސްކަން ދެވޭނެ ކަންތައްތައް:

-  މަޤާމުގެ މަސައްކަތާއި ގުޅުން ހުރި ދާއިރާއަކުން މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

- ފެންވަރު ރަނގަޅު އަދި ޢިލްމީ ދިރާސާތައް ކުރުމުގެ ޤާބިލްކަމާއި ހުނަރު ހުރި ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

- ކޮލެޖްގެ ކުރިމަގަށް ގޮތް ނިންމުމަށް އެހީވެދޭނެ ފަދަ ދިރާސާތައް ކޮށް، ކަމާއި ގުޅުންހުރި ދާއިރާތަކުން އެއްކުރެވޭ ކޮމްޕްލެކްސް ޑޭޓާތައް އެނަލައިޒްކޮށް، އަދި އެފަދަ ޑޭޓާތައް އެކްސްޓްރެކްޓްކޮށް އެނަލައިޒްކުރުމުގައި ބޭނުންކުރެވޭ ސައިންޓިފިކް އަދި ޓެކްނިކަލް ޓޫލްސްތަކަށް އަހުލުވެރި ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

- މީގެ ކުރިން މިފަދަ ދިރާސާތައް އަމިއްލައަށް ރާވައި، އެއަށް ބޭނުންވާ މަޢުލޫމާތު އެއްކޮށް ބަލަހައްޓައި، އަދި ދިރާސާ ރިޕޯޓް އެކުލަވާލާފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

ޢާންމުކޮށް މަސައްކަތްކުރަންޖެހޭ ތަން:  

- އައްޑޫ ސިޓީ (ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓް).

ޢާންމުކޮށް މަސައްކަތްކުރަންޖެހޭ ގަޑި: ރަސްމީ ޑީއުޓީ / ދަންފަޅި ޑިއުޓީ

ހުށަހަޅަންޖެހޭ ލިޔުންތައް:

- ދިވެހި ފުލުހުންގެ ޚިދުމަތުގެ ވަޒީފާއަށް އެދޭ ފަރާތްތަކުގެ ކުށުގެ ރެކޯރޑް ބަލާ ފޯމް،

- ދިވެހި ރައްޔިތެއްކަން އަންގައިދޭކާޑުގެ ކޮޕީ،

- ތައުލީމީ ސަނަދު ނުވަތަ ސެޓްފިކެޓްތަކުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހާފައިވާ އަސްލު)،

- ލިބިފައިވާ ހުނަރުވެރިކަމުގެ ސެޓްފިކެޓްތަކުގެ ކޮޕީ،

- ނެގިފަހުން 3 މަސް ވެފައިނުވާ އެފަރާތެއްގެ ޕާސްޕޯރޓް ސައިޒުގެ ފޮޓޯ (1 ފޮޓޯ ފޯމުގައި ތަތްކޮށްފައި)،

- ދިވެހި ސިވިލް ސަރވިސް ނުވަތަ އެހެންވެސް ވަޒީފާއެއްގައި ދެމިހުރިމީހެއްނަމަ، ވަޒީފާ އަދާކުރަމުންދާ އޮފީހުގެ އިޢުތިރާޒެއް ނެތް ކަމުގެ ލިޔުން،

- ކުރިން ވަޒީފާ އަދާކޮށްފައިވާ މީހެއްނަމަ ވަޒީފާ އަދާކުރި ތަންތަނުން ވަޒީފާ އަދާކުރިކަމުގެ ލިޔުން.

ސުންގަޑި:

މި މަޤާމަށް އެދި ހުށަހަޅާ ފަރާތްތަކުން ދިވެހި ފުލުހުންގެ ޚިދުމަތުގެ ވަޒީފާއަށް އެދި ހުށަހަޅާ ފޯމާއި ކުށުގެ ރެކޯޑް ބަލާ ފޯމް ފުރިހަމަކުރުމަށްފަހު ހުށަހަޅަންޖެހޭ ލިޔުންތަކާއެކު 2024 އޯގަސްޓް 05 ވަނަ ދުވަހުގެ 16:00 ގެ ކުރިން އައްޑޫ ސިޓީ ޕޮލިސް ސްޓޭޝަންތަކުގެ ރިސެޕްޝަނަށް ނުވަތަ ޝަހީދު ހުސައިން އާދަމް ބިލްޑިންގގެ ރިސެޕްޝަނަށް ހުށަހެޅުން އެދެމެވެ. މި މަޤާމަށް އެދި ހުށަހަޅާ ފޯމްތައް ބަލައިގަންނާނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ 14:00 އިން 16:00 އަށެވެ.

ނޯޓް: ވަޒީފާއަށް އެދި ހުށަހަޅާ ފޯމު ދިވެހި ފުލުހުންގެ ޚިދުމަތުގެ ވެބްސައިޓް (www.police.gov.mv) އިން ލިބެން ހުންނާނެއެވެ. މީގެ އިތުރުން ވަޒީފާއަށް އެދި ހުށަހަޅާ ފޯމު އަދި ކުށުގެ ރެކޯރޑް ބަލާ ފޯމް މި އިޢުލާނާއެކު އެއްކަރުދާސްކުރެވިފައިވާނެއެވެ.

މިމަޤާމުތަކަށް އެދި ފޯމު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން މަޤާމުގެ ޝަރުޠު ހަމަނުވާ ފަރާތްތަކުގެ ފޯމު ބާޠިލުވާނެއެވެ. އަދި އިންޓަރވިއުއަށް ކިޔާނީ ވަޒީފާއަށް އެދި ފޯމު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށެެވެ.

16 މުޙައްރަމް 1446

22 ޖުލައި 2024