މަސައްކަތް
ނަންބަރު: (IUL)425-A1/1/2015/64
ޕަބްލިޝްކުރި ތާރީޚް: 25 މޭ 2015
ޕަބްލިޝްކުރި ގަޑި: 09:10
ސުންގަޑި: 04 ޖޫން 2015 14:00
މާލޭ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހުރަވީ ބިލްޑިންގގެ ތިރީބައިގެ (ގްރައުންޑް ފްލޯ) އިރުމަތިފަރާތް މަރާމާތުކުރުން

ހުރަވީ ބިލްޑިންގގެ ތިރީބައިގެ (ގްރައުންޑް ފްލޯ) އިރުމަތިފަރާތް މަރާމާތުކުރުން:

މާލޭ ސިޓީ ކައުންސިލްގެ އިދާރާ ހިންގުމަށް ހައުސިންގ މިނިސްޓްރީން ހަމަޖައްސަވާފައިވާ ހުރަވީ ބިލްޑިންގގެ ތިރީބައި (ގްރައުންޑް ފްލޯ) (އިރުމަތިފަރާތާއި، ހުޅަނގުފަރާތް)، އަދި ފުރަތަމަ ފަންގިފިލާގެ ހުޅަނގުފަރާތް މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެގެން ކުރެވުނު މިއިދާރާގެ ނަންބަރު: IUL)425-A1/1/2015/55)ފ(04 މޭ 2015) އިޢުލާނާ ގުޅިގެން ޝައުޤުވެރިކަން ފާޅުކޮށްފައިވާ ފަރާތްތަކުގެ އަދަދު މަދުކަމަށް ފެންނާތީ، އެ އިޢުލާން ބާޠިލުކޮށް، ހުރަވީ ބިލްޑިންގގެ ތިރީބައި (ގްރައުންޑް ފްލޯ) ގެ އިރުމަތިފަރާތް މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ. (ހަމައެކަނި ގްރައުންޑް ފްލޯގެ އިރުމަތީބައި).

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ގަޑިތަކުގައި މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަގު ހުށަހެޅުއްވުން އެދެމެވެ.

ތަފުސީލު

ތާރީޚު

ތަން

ގަޑި

ދުވަސް

މަޢުލޫމާތު ސާފުކުރެއްވުމަށް

04 ޖޫން 2015

ވޭސްޓް މެނޭޖްމަންޓް ސެކްޝަން

14:00

ބުރާސްފަތި

އަގު ހުށަހެޅުއްވުމަށް

11 ޖޫން 2015

ވޭސްޓް މެނޭޖްމަންޓް ސެކްޝަން

14:00

ބުރާސްފަތި

އަގު ހުށަހަޅުއްވާނީ ބަންދުކޮށްފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި މި އިޢުލާން ނަންބަރު ލިޔެވިފައި އޮންނަންވާނެއެވެ. ކަނޑައެޅިފައިވާ ގަޑިއަށް މަޢުލޫމާތު ސާފުކުރަން ހާޒިރުނުވާ ފަރާތްތަކާއި ގަޑިޖެހިގެން ހާޒިރުވާ ފަރާތްތަކުގެ ބިޑް ބަލައެއްނުގަނެވޭނެއެވެ.

08 ޝަޢުބާން 1436

25 މޭ 2015