ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)28-PM-1/1/2024/97
ޕަބްލިޝްކުރި ތާރީޚް: 22 ޖުލައި 2024
ޕަބްލިޝްކުރި ގަޑި: 13:16
ސުންގަޑި: 31 ޖުލައި 2024 14:00
މިނިސްޓްރީ އޮފް ޑިފެންސް
ދިވެހިރާއްޖެ
ޑްރައިވަރު / ޏ.ފުވައްމުލަކުގައި އޮންނަ ސީ އެމްބިއުލަންސް

ޏ.ފުވައްމުލަކުގައި އޮންނަ ސީ އެމްބިއުލަންސް ޑްރައިވަރު މަގާމަށް ކޮންޓްރެކްޓް އުސޫލުން މުވައްޒަފަކު ބޭނުންވެއެވެ.

މަގާމު:

ޑްރައިވަރު / ޏ.ފުވައްމުލަކުގައި އޮންނަ ސީ އެމްބިއުލަންސް

ބޭނުންވާ ޢަދަދު

01 (އެކެއް)

މުސާރަ:

މަހަކު -/5,020 ރުފިޔާ

ސާރވިސް އެލަވަންސް:

މަހަކު -/2,000 ރުފިޔާ

އެހެނިހެން އެލަވަންސާއި އުޖޫރަ:

ސްޕެޝަލް ޑިއުޓީ އެލަވަންސްއަށް މަހަކު 1,757.00 ރުފިޔާގެ އިތުރުން ޔުނީފޯމް އެލަވަންސްއަށް މަހަކު -/100 ރުފިޔާ ލިބޭނެއެވެ. ( މުސާރައާއި، ސަރވިސް އެލަވަންސްއާއި، ސްޕެޝަލް ޑިއުޓީ އެލަވަންސްއާއި އަދި ޔުނީފޯމް އެލަވަންސްއަށް މުޅިޖުމްލަ މަހަކު 8,877.00 ރުފިޔާ ލިބޭނެއެވެ.) މީގެއިތުރުން  ހާޑްޝިޕް އެލަވަންސްގެ ގޮތުގައި މަސައްކަތަށް ނުކުންނަ ދުވަހަކަށް -/20 ރުފިޔާ

އާއި،ޝިފްޓް ޑިއުޓީ އެލަވަންސްއާއި، އަދި ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ފެންވަރު ނުވަތަ ޝަރުޠު:

1- ނެވިގޭޝަން ދާއިރާއިން ކޯސްޓަލް ނެވިގޭޝަން ކޯހެއް ފުރިހަމަކޮށްފައިވުމާއެކު، ޓްރާންސްޕޯޓް އޮތޯރިޓީން ދޫކުރާ ކަނޑުގައިދުއްވާ އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ކެޓަގަރީން A,B,C ލައިސަންސް ލިބިފައިވުން.

2- ޕެޓްރޯލް އަދި ޑީސަލް އިންޖީނުއެޅި ހައިސްޕީޑް ލޯންޗް ދުއްވުމުގެ ލައިސަންސް ލިބިފައިވުމާއެކު، މިފަދަ އުޅަނދުފަހަރު ދުއްވުމުގެ 2 އަހަރު ދުވަހުގެ ޢަމަލީ ތަޖުރިބާ ލިބިފައިވުމާއި، ގިނަވަގުތު ކަނޑުމަތީގެ މަސައްކަތުގައި އުޅެވޭނެފަދަ ޞިއްޙަތެއްގައިހުރި މީހަކު ކަމުގައިވުން.

ވަޒީފާގެ މައިގަނޑު މަސައްކަތާއި މަސްއޫލިއްޔަތު:

ސީ އެމްބިއުލަންސްގެ ކެޕްޓަނެއްގެގޮތުން ރައްކާތެރިކަމާއެކު ބަލިމީހުންނާއި ޞިއްޙީ ފަންނުވެރިން އެއްރަށުން އަނެއްރަށަށް އުފުލުން.

ޢާއްމުކޮށް މަސައްކަތްކުރަންޖެހޭ ތަން:

މި މަގާމުތަކުގައި މަސައްކަތްކުރާ މުވައްޒަފުން ޢާއްމުކޮށް މަސައްކަތްކުރަންޖެހޭނީ އެ ސީ އެމްބިއުލަންސް އޮންނަ ސަރަހައްދެއްގައެވެ.

އިތުރު މަޢުލޫމާތު:

ވަޒީފާއަށް އެދިލައްވާ ފަރާތްތަކުން ލިބިލައްވާފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި، ދިވެހިރައްޔިތެއްކަން އަންގައިދޭކާޑުގެ ކޮޕީ އަދި ގުޅޭނެ ފޯން ނަންބަރު ޖައްސަވާ، 2024 ޖުލައި 31 ބުދަ ދުވަހު 14.00 ގެ ކުރިން ދިފާޢީ ވުޒާރާ އަށް ސިޓީ ފޮނުއްވުން އެދެމެވެ. މި ވުޒާރާއަށް ފޮނުއްވާ ސިޓީތައް އީ-މެއިލް މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. އީ-މެއިލް އެޑްރެހަކީ [email protected] އެވެ. މީގެއިތުރުން ވަޒީފާއަށްއެދޭ ސިޓީއާއި ލިޔުންތައް ދިފާޢީ ވުޒާރާއަށް އޮންލައިންކޮށް ހުށަހަޅުއްވަން ބޭނުންފުޅުވާނަމަ، “GOV.MV” މެސެޖް ޕްލެޓްފޯމް މެދުވެރިކޮށްވެސް ހުށަހެޅުއްވިދާނެއެވެ. މި ޕްލެޓްފޯމް ލިންކަކީ:https://message.gov.mv/en/messages އެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3313724 އަށް ގުޅުއްވުން އެދެމެވެ.

 

16 މުޙައްރަމް 1446

 

22 ޖުލައި 2024