މަސައްކަތް
ނަންބަރު: (IUL)306/306/2024/41
ޕަބްލިޝްކުރި ތާރީޚް: 22 ޖުލައި 2024
ޕަބްލިޝްކުރި ގަޑި: 12:17
ސުންގަޑި: 08 އޮގަސްޓް 2024 11:00
މާޅޮސްމަޑުލު އުތުރުބުރީ ރަސްމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލްގެ ބެލުމުގެ ދަށުގައިވާ ތަންތަން ކުނިކަހާ ސާފުކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާނު

މިކައުންސިލްގެ ބެލުމުގެ ދަށުގައިވާ މިދަންނަވާ ތަންތަން ކުނިކަހާ ސާފުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

 

ކުނިކަހާ ސާފުކުރަންޖެހޭ ތަންތަން:

  • ޒިކުރާ މިސްކިތް
  • "ހަލަވެލި" ގެވަޅު
  • "ސޯމާ" ގެވަޅު
  • ޔޫތު ސެންޓަރު

ކުނިކަހާ ސާފުކުރުމަށް އަގު ހުށަހަޅާނެ ގޮތް:

އަގު ހުށަހަޅާނީ މަތީގައި މިވާ ކޮންމެ ތަނަކަށް ވަކި ވަކިންނެވެ.

ކުނިކަހާ ސާފުކުރަން ހަވާލުކުރުމަށް ހަމަޖެހިފައިވާ ގޮތް:

ބީލަމުގައި އެންމެ ކުޑައަގު ހުށަހަޅާ ޝަރުތު ހަމަވާ ފަރާތަކަށް.

އަންދާސީ ހިސާބު ހުށަހަޅާ ފޯމް އާއެކު ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. މިކައުންސިލުން މިކަމަށް ތައްޔާރުކޮށްފައިވާ އަގު ހުށަހަޅާ ފޯމް.
  2. ކުނިކަހާ ސާފުކުރަން ހުށައަޅާ ފަރާތުގެ ވޭތުވެދިޔަ 03 މަހުގެ ބޭންކް ސްޓޭޓްމެންޓް.
  3. އަމިއްލަ ފަރުދެއްނަމަ އައިޑީކާޑުގެ ކޮޕީ.
  4. ޖަމްޢިއްޔާއެއް، ކުންފުންޏެއް، އެންޖީއޯއެއްފަދަ ރަޖިސްޓަރޑް ބޮޑީއަކުން ހުށަހަޅުއްވާނަމަ، ރަޖިސްޓަރީގެ ކޮޕީ. (ދިވެހި ރައްޔިތެއްގެ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ ކުންފުންޏަކަށް ވާން ވާނެއެވެ.)

ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރުން:

 

މިބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2024 ޖުލައި 24 އިން 2024 އޮގަސްޓް 01 އަށް ބަންދު ނޫން ކޮންމެ ދުވަހަކު 9:00 އިން 13:00 އަށް ނަންނޯޓް ކުރެއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް:

 

މިބީލަމާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2024 އޮގަސްޓް 04 ވާ އާދިއްތަ ދުވަހުގެ 13:30 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.

 

ޕްރޮކިއުމަންޓް ސެކްޝަން

ރަސްމާދޫ ކައުންސިލް އިދާރާ

ފޯން:  6580049

   އީ-މެއިލް: [email protected]

 

ބީލަން ހުށަހެޅުމާއި ހުޅުވުން:

ބީލަން ހުށަހެޅުމާއި ހުޅުވުން އޮންނާނީ 2024 އޮގަސްޓް 08 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި ރަސްމާދޫ ކައުންސިލް އިދާރާގައެވެ.

 

ވީމާ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

22 ޖުލައި 2024