ކުއްޔަށް ދިނުން
ނަންބަރު: (IUL)248-ESMSED/248/2024/77
ޕަބްލިޝްކުރި ތާރީޚް: 22 ޖުލައި 2024
ޕަބްލިޝްކުރި ގަޑި: 12:14
ސުންގަޑި: 05 އޮގަސްޓް 2024 13:00
ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދަނޑުވެރިކަމަށް ބިން ކުއްޔަށް ދޫކުރުމާއި ގުޅޭ

އިޢުލާން

 

ދަނޑުވެރިކަމަށް ބިން ކުއްޔަށް ދޫކުރުމާއި ގުޅޭ

މިރަށު ކައްޕީނި މަގު ހުޅަނގުން ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކޮށްފައިވާ ސަރަހައްދުގައިވާ މިކައުންސިލްގެ 9 ބިން، ދަނޑުވެރިކަން ކުރުމަށް 5 (ފަހެއް) އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދިނުމަށް ނިންމާފައިވާތީ، އެކަމަށް ޝައުގުވެރިވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

ވީމާ، ދަނޑުވެރިކަން ކުރުމަށް ބިން ކުއްޔަށް ހިފުމަށް ޝައުޤުވެރިވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހެޅުމަށް ދެންނެވީމެވެ. އީމެއިލްގެ ޒަރިއްޔާއިން ހުށަހަޅާ ޕްރޮޕޯސަލް ބަލައި ނުގަންނާނެ ވާހަކަ ދަންނަވަމެވެ. ޕްރޮޕޯސަލް ހުށައަޅާނީ މިއިޢުލާނާއެކު ދެވިފައިވާ މަޢުލޫމާތާއި އެއްގޮތަށެވެ. މައުލޫމާތު މިއިޢުލާނާއެކު ގެޒެޓުކުރެވިފައިވާނެއެވެ.

ބައިވެރިވާ ފަރާތްތަކުން ކުރަންޖެހޭ މަސައްކަތް

ޕްރޮޕޯސަލް ހުށަހަޅަންޖެހޭ ތަން

ދުވަސް

ތާރީޙް

ގަޑި

ޕްރޮޕޯސަލް ހުށަހެޅުން ސުންގަޑި

އިހަވަންދޫ ކައުންސިލްގެ އިދާރާ

ހޯމަ

05 އޮގަސްޓު 2024

13:00

 

ދަނޑުބިމަށް އެދި ހުށަހެޅޭނީ ހއ.އިހަވަންދޫގައި ރަށްވެހިވެފައިވާ މީހުންނަށެވެ. ޕްރޮޕޯސަލް ހުށަހެޅުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން އެނގޭނެ ރަސްމީ ސިޓީއެއް ގެންނަންވާނެއެވެ. ޕްރޮޕޯސަލް ހުށަހަޅުއްވަންވާނީ، ސިޓީއުރައަށް ލައި ބަންދުކޮށް ނުވަތަ ބައިންޑުކޮށް ނުވަތަ އެއްހީރާސްކޮށް، "ދަނޑުވެރިކަން ކުރުމަށް ބިން ކުއްޔަށް ހިފުމަށް" އެދި ހުށަހަޅާ ޕްރޮޕޯސަލްކަން އެނގޭ ގޮތަށް ސިޓީއުރައިގެ ބޭރުގައި ލިޔުއްވާފައެވެ.

 މިހެންވެ މިކަން ޢާންމުކޮށް އަންގައި އިޢުލާން ކުރީމެވެ.

‏                                16‏ މުޙައްރަމް‏ 1446

22 ޖުލައި 2024