ދިވެހިރާއްޖެ
މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ
މިނިސްޓްރީ އޮފް ހެލްތް
މާލެ، ދިވެހިރާއްޖެ
(IUL)182-REG/23/2024/7 :ނަންބަރު
އެލާރޓް
ރާއްޖޭގެ މާރކެޓްގައި ދައުރުވަމުންދާ ތަޤައްޔަރުކޮށްފައިވާ މާމުއި އާއި ގުޅޭ
ރާއްޖޭގެ އޮންލައިން ޕޯޓަލްތަކާއި ސޯޝަލް މީޑިއާ ޕްލެޓްފޯމް ތަކުގައި ވިއްކަމުންދާ މާމުއިގައި ބޭހުގެ މާއްދާއެއްކަމަށްވާ Tadalafil އަދި Sildenafilހިމެނޭކަން މިއޮތޯރިޓީއަށް ވަނީ ފާހަގަވެފައެވެ.
މިކަމާއި ގުޅިގެން މީގެ ކުރިން، 2022 ސެޕްޓެމްބަރ 12 ވަނަ ދުވަހު، މިއޮތޯރިޓީގެ ނަންބަރ 182-REG/CIR/2022/4 އިން ވާނީ އާއްމުންގެ ސަމާލުކަމަށް ގެނެސްފައެވެ. މިފަދަ އުފެއްދުންތަކަކީ ޔޫއެސް އެފްޑީއޭ އިން ވެސް ރައްކާތެރި ނޫން ކަމަށް ފާހަގަ ކޮށްފައިވާ އުފެއްދުންތަކެކެވެ.
ޑޮކްޓަރީބޭސް އަޅާފައި ހުންނަ މިފަދަ އުފެއްދުންތައް ބޭނުން ކުރުމަކީ އިންސާނުންގެ ސިއްހަތަށް ނުރައްކާތެރި އަދި ބައެއް ހާލަތްތަކުގައި ފުރާނައަށް ނުރައްކާވެދާނެ ފަދަ ކަމެކެވެ. ވީމާ، މިފަދަ ތަކެތި ބޭނުން ކުރުމުގެ ސަބަބުން ލިބިދާނެ ސިއްހީ ގެއްލުންތަކުން ރައްޔިތުން ސަލާމަތް ކުރުމަށްޓަކައި މިފަދަ އުފެއްދުންތައް އިމްޕޯޓް ކުރުމާއި ވިއްކުމާއި އަދި ބޭނުން ކުރުމަކީ މަނާ ކަމެއްކަމުގައި ދެންނެވީމެވެ.
މިކަމާބެހޭ އިތުރު މައުލޫމާތު ބޭނުންފުޅުވާނަމަ މި އޮތޯރިޓީގެ ހޮޓްލައިން ނަންބަރު 7200321 ފޯނަށް ގުޅުއްވުން އެދެމެވެ.