މަސައްކަތް
ނަންބަރު: -
ޕަބްލިޝްކުރި ތާރީޚް: 25 މޭ 2015
ޕަބްލިޝްކުރި ގަޑި: 09:09
ސުންގަޑި: 02 ޖޫން 2015 15:00
މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
ކޮންޓްރެކްޓް އުސޫލުން މަސައްކަތް ކޮށްދޭނެ ފަރާތްތަކެއް ހޯދުމާގުޅޭ

ފުޑް އެންޑް އެގްރިކަލްޗަރ އޯގަނައިޒޭޝަންގެ އެހީގައި އިންޑިއާ، ސްރީލަންކާ، އަދި ދިވެހިރާއްޖެއަށް އަމާޒުކޮށް ހިންގާ ކޮންޓްރޯލް އެންޑް މެނޭޖްމެންޓް އޮފް ޑިސްޓްރަކްޓިވް ފޮރެސްޓް އިންވޭސިވް ސްޕީޝީސް އިން ސައުތު އޭޝިއަން ނެޗުރަލް އެންޑް ޕްލާންޓޭޝަން ފޮރެސްޓްސް " ޕްރޮޖެކްޓްގައި މަސައްކަތް ކޮށްދޭނެ މީހަކު ހޯދުމަށް ބޭނުންވެއެވެ. ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓު އަދި ތަޖުރިބާ އެނގޭނޭގޮތަށް 02 ޖޫން 2015 ގެ ކުރިން ހުށަހެޅުމަށް އެދި ދެންނެވީމެވެ.

ކުރަންޖެހޭ މަސައްކަތްތަކުގެ ތަފުސީލު ހިމެނޭ ޓީ.އޯ.އާރ މިމިނިސްޓްރީގެ ވެބްސައިޓް އަދި ކައުންޓަރުން ލިބެން ހުންނާނެ ވާހަކަވެސް ދެންނެވީމެވެ.

އިތުރު މަޢުލޫމާތު ހޯދުމަށް މިމނިސްޓްރީގެ ނަންބަރު 3339211 އަދި 3339224 އާ ގުޅުއްވުން އެދި ދެންނެވީމެވެ.

25 މޭ 2015