މަސައްކަތް
ނަންބަރު: (IUL)296/296/2024/38
ޕަބްލިޝްކުރި ތާރީޚް: 22 ޖުލައި 2024
ޕަބްލިޝްކުރި ގަޑި: 10:48
ސުންގަޑި: 30 ޖުލައި 2024 13:00
މިލަދުންމަޑުލު ދެކުނުބުރީ ފޮއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަގު ބައްތިތަކަށް ކޭބަލް އަޅައިދޭނެ ފަރާތެއް ހޯދުމާއި ގުޅޭ

         މަގުބައްތި ތަކަށް ކޭބަލް އަޅައިދޭނެ ފަރާތެއް ހޯދުމަށްޓަކައި މިއިދާރާގެ ނަންބަރ: (IUL)296/296/2024/35  އިޢުލާނާއި ގުޅިގެން އަގު ހުށައަޅުއްވާފައިވަނީ އެންމެ ފަރާތަކުން ކަމުގައިވާތީ އެޢިއުލާން ބާތިލް ކޮށް މިމަސަކަތް ކޮއްދިނުމަށް އެދި އަލުން އިޢުލާން ކުރަމެވެ.

         މި މަސައްކަތް ކޮށްދިނުމަށް އެދޭ ފަރާތްތަކުން 22 ޖުލައި 2024  ފެށިގެން 30 ޖުލައި 2024 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން ރަޖިސްޓްރީ ކުރެއްވުން އެދެމެވެ.  ރަޖިސްޓްރީ ކުރެއްވުމަށް ( ކުންފުނީގެ ނަން، ކުންފުނީގެ ވެރިޔާގެ ނަން ، ގުޅޭނެ ނަންބަރ އަދި އީމެއިލް އެޑްރެސް ) ހިމަނުއްވާ 9410016 ނަންބަރ އަށް ބައިބަރ ކޮއްދެއްވުން އެދެމެވެ. އަދި މިމސައްކަތާ ގުޅޭ ގޮތުން މައުލޫމާތު ސާފުކުރުމަށް މިއިދާރާގެ ނަންބަރ 6560016 / 9410016 ނަންބަރ އަށް ގުޅުއްވުން އެދެމެވެ.

         އަންދާސީ ހިސާބު ހުށައަޅުއްވާނީ 2024 އޮގަސްޓް 12 ވާ ހޯމަ ދުވަހުގެ 13:00 ގައި މިއިދާރާއަށެވެ. އަދި މެއިލް ކުރައްވާ ނަމަ މިއިދާރަގެ އީމެއިލް : info@fodhdhoo.gov.mv   އަށް މެއިލް ކުރެއްވުން އެދެމެވެ. މިމަސައްކަތް ކޮށްދިނުމަށް ރަޖިސްޓްރީ ނުކުރާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިގަތުމަށް ހަމަޖެހިފައި ނުވާ ވާހަކަ ދަންނަވަމެވެ.

          މިކަމަށް އެދި ކުރިމަތި ލެވޭނީ ، ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު ( ނަންބަރ: 18/2014 ) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ކުންފުނި ތަކަށާއި ، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު ( ނަންބަރ: 19/2014 ) ގެ ދަށުން ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށެވެ.

       ވީމާ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެއެވެ.

22 ޖުލައި 2024