މަސައްކަތް
ނަންބަރު: (IUL)425-A1/1/2015/65
ޕަބްލިޝްކުރި ތާރީޚް: 25 މޭ 2015
ޕަބްލިޝްކުރި ގަޑި: 08:27
ސުންގަޑި: 03 ޖޫން 2015 11:30
މާލޭ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވިލިނގިލީ ސެކްޝަން ހިންގާ ޢިމާރާތުގެ ފުރާޅުގެ ޓިނު ބަދަލުކުރުން

މިއިދާރާގެ ވިލިނގިލީ ސެކްޝަން ހިންގާ ޢިމާރާތުގެ ފުރާޅު ޓިނު ބަދަލުކުރުން:

މިއިދާރާގެ ވިލިނގިލީ ސެކްޝަން ހިންގާ ޢިމާރާތުގެ ފުރާޅު ޓިނު ބަދަލުކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު މިއިދާރާގެ ނަންބަރު: 02/IUL)425-A1/1/2015)ފ(02 މޭ 2015) އިޢުލާނާ ގުޅިގެން ދީފައިވާ މަޢުލޫމާތުޝީޓުގައި ބަޔާންކޮށްފައިވާ އިވެލުއޭޝަން ކްރައިޓީރިޔާގެ ތަފުސީލުގައި ހިމަނާފައިވާ ޕޮއިންޓްގެ އަދަދު އަސްލު ޕޮއިންޓް ދޭ އުސޫލާ ދިމާނުވާތީ، އެ އިޢުލާން ބާޠިލުކޮށް، އަލުން އިޢުލާން ކުރަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ގަޑިތަކުގައި މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަގު ހުށަހެޅުއްވުން އެދެމެވެ.

ތަފުސީލު

ތާރީޚު

ތަން

ގަޑި

ދުވަސް

މަޢުލޫމާތު ސާފުކުރެއްވުމަށް

03 ޖޫން 2015

ވޭސްޓް މެނޭޖްމަންޓް ސެކްޝަން

11:30

ބުދަ

އަގު ހުށަހެޅުއްވުމަށް

09 ޖޫން 2015

ވޭސްޓް މެނޭޖްމަންޓް ސެކްޝަން

11:30

އަންގާރަ

އަގު ހުށަހަޅުއްވާނީ ބަންދުކޮށްފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި މި އިޢުލާން ނަންބަރު ލިޔެވިފައި އޮންނަންވާނެއެވެ. ކަނޑައެޅިފައިވާ ގަޑިއަށް މަޢުލޫމާތު ސާފުކުރަން ހާޒިރުނުވާ ފަރާތްތަކާއި ގަޑިޖެހިގެން ހާޒިރުވާ ފަރާތްތަކުގެ ބިޑް ބަލައެއްނުގަނެވޭނެއެވެ.

08 ޝަޢުބާން 1436

25 މޭ 2015