ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)415/415/2024/202
ޕަބްލިޝްކުރި ތާރީޚް: 21 ޖުލައި 2024
ޕަބްލިޝްކުރި ގަޑި: 20:44
ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގޯތިތަކުގެ ވިނަ ނޮޅައި ގޯތި ސާފުކޮށް އިންފާރުރާނާ ބޭވުމަށް އެންގުން

އިޢުލާން

      ތިރީގައިވާ ގޯތި ތަކަކީ ތިނަދޫގައި ދިރިއުޅުމަށް ދޫކޮށްފައިވާ ބަންޑާރަ ގޯތިތައް ކަމުގައި ވިޔަސް ، މި ގޯތިތަކުގެ ތެރެއިން ބައެއް ގޯތި ތަކަކީ ގިނަ ދުވަސްތަކެއް ވަންދެން ސާފު ނުކޮށް އިންފާރު ނުރާނާ ވަރަށް ބޮޑަށް ވައުވެފައިވާ ގޯތިތަކެއްކަން ފާހަނގަ ކުރެވެއެވެ. އެހެން ކަމުން އެ ސަރަޙައްދުގައި ދިރިއުޅޭ ފަރާތްތަކަށް މި ގޯތިތަކުގެ ސަބަބުން އުދަނގޫ ވެގެން މި ކަމުގެ ޝަކުވާ މި ކައުންސިލަށް ކެނޑިނޭޅި  ކުރަމުން ގެންދެއެވެ. ވުމާއެކު މި ގޯތިތަކުގެ ވިނަ ނޮޅައި ގޯތި ސާފުކޮށް އިންފާރުރޭނުމަށާއި އަދި އިންފާރު ރާނާފައިހުރި ގޯތިތަކުގެ ވަށައިގެންވާ މަގުތައް ސާފުކުރުމަށް މި ގޯތިތައް ޙަވާލު ކޮށްފައިވާ ފަރާތްތަކަށް އަންގަމެވެ. އަދި މިއަދު 21 ޖުލައި 2024 އިން ފެށިގެން 07 ދުވަހުގެ ތެރޭގައި މި ގޯތިތައް ސާފު ނުކޮށްފިނަމަ މި ގޯތިތަކުގެ ވެރިފަރާތްތަކުން މި ގޯތިތައް ވަކިކުރުމުގެ ޢަމަލީ މަސައްކަތްތައް މި ކައުންސިލުން ކުރާނެ ވާހަކަ ވެސް ދަންނަވަމެވެ. މި ދެންނެވި ގޯތިތަކުގެ މަޢުލޫމާތު ތިރީގައި އެވަނީއެވެ.

ބްލޮކް ނަމްބަރ H-04

ގޯތީގެ ނަން

ބްލޮކް ނަމްބަރ

ގޯތި ދޫކޮށްފައިވާ ފަރާތުގެ ނަން

ގޯތި ދޫކޮށްފައިވާ ފަރާތުގެ ދާއިމީ އެޑްރެސް

ފީޒާނޯ

H-04/02

ޝަހީމާ ސައީދު

ޕާރކްލޭން / ގދ. ތިނަދޫ

ސާތު

H-04/04

އައިޝަތު މުހައްމަދު

ވެސްޓްސައިޑް / ގދ. ތިނަދޫ

ގްރީންވިޔު

H-04/05

އިބްރާހިމް މަޖީދު

ސައިމާގެ / ގދ.ތިނަދޫ

 

H-04/11

އަޒުހީމާ އަބްދުލް ހަކީމް

ގުމްރީގެ / ގދ. ތިނަދޫ

އަރާހައުސް

H-04/12

ރީޝަމް މުހައްމަދު ޝަރީފް

ރިހިވެލި / ގދ. ތިނަދޫ

މޫންސްޓަރ

H-04/13

ފާތުމަތު ޢަލީ

އަލިހަނދުވަރުގެ / ގދ. ތިނަދޫ

ޝާޔާމަންޒިލް

H-04/16

އާމިނަތު ނަޒީރާ

ރެސްޓްވެލް / ގދ. ތިނަދޫ

 

 

 

 

 

 

މިހެންވެ، މިކަން އާއްމުކޮށް އަންގައި އިޢުލާން ކުރީމެވެ.

21 ޖުލައި 2024