ދިވެހިރާއްޖެ
(IUL)401-C/401/2024/34:ނަންބަރ
އިޢުލާނު
ލ. ފޮނަދޫއިން ދިރިއުޅުމަށްޓަކައި ބަންޑާރަގޯތި ދޫކުރުމާއި ގުޅޭ
ލ. ފޮނަދޫ އިން ބަންޑާރަ ގޯތިދޫކުރުމަށް ކައުންސިލުން ނިންމެވުމާއި ގުޅިގެން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމުގެ އުޞޫލާއި އެއްގޮތްވާގޮތުގެމަތިން ބަންޑާރަ ގޯއްޗަށް ޝަރުތު ފުރިހަމަވާ ފަރާތްތަކަށް މިއަދު ( 21 ޖުލައި 2024) އިން ފެށިގެން 21 އޯގަސްޓް 2024 ވާ ބުދަ ދުވަހުގެ 12:00 އާއި ހަމައަށް ގޯއްޗަށް އެދި ފޯމް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
މިބުރުގައި ދޫކުރުމަށް ހަމަޖެހިފައިވަނީ 3000 އަކަފޫޓުގެ 66 ގޯއްޗެވެ. މިއިޢުލާނާއެކު ގޯތި ދޫކުރުމަށް ކަނޑައެޅިފައިވާ ސަރަހައްދު އެނގޭނެ ޗާޓާއި، ލ. ފޮނަދޫއިން ދިރިއުޅުމަށްޓަކައި ބަންޑާރަގޯތި ދޫކުރުމުގެ އުޞޫލު އަދި ބަނޑާރަ ގޯއްޗަށް އެދި ހުށަހަޅާފޯމް އާންމުކުރެވިފައިވާނެއެވެ.
ގޯއްޗަށް އެދޭފޯމް ދޫކުރުމާއި ބަލައިގަތުން ކުރިޔަށްދާނީ ، މިއަދުން ފެށިގެން 21 އޯގަސްޓް 2024 ވާ ބުދަ ދުވަހުގެ 12:00 ގެ ނިޔަލަށް ރަސްމީ ބަންދުނޫން ކޮންމެދުވަހު 9:00 އިން 12:00 އަށް މިއިދާރާގެ ކައުންޓަރުންނެވެ. ގޯއްޗަށް އެދޭފޯމް މިއިދާރާގެ ފޭސް ބުކް ޕޭޖް އިން ޑައުންލޯޑް ކުރެވޭނެއެވެ. އީމެއިލްގެ ޒަރިއްޔާއިން ފޯމް ހުށައަޅުއްވަން ބޭނުންވެލައްވާ ފަރާތްތަކުން [email protected] އަށް މެއިލްކުރައްވާ ، ރަސްމީގަޑީގައި އިދާރާގެ ނަންބަރ 6800082 އަށް ގުޅުއްވާ ހުށަހެޅުއްވި ފޯމް ކައުންސިލަށް ލިބުނުކަން ކަށަވަރު ކުރެއްވުމަށް ދަންނަވަމެވެ.
ވީމާ، ލ.ފޮނަދޫ އިން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯއްޗަށް އެދިލައްވާ ފަރާތްތަކުން 21 އޮގަސްޓް 2024 ވާ ބުދަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން މިއިދާރާއަށް ފޯމް ހުށައެޅުއްވުމަށް ދަންނަވަމެވެ.
ވީމާ ، މިކަން އާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.
15 މުޙައްރަމް 1446
21 ޖުލައި 2024