ދިވެހިރާއްޖެ
މިއޮތޯރިޓީގެ 2015 ވަނަ އަހަރުގެ ޕީ.އެސް.އައި.ޕީ ބަޖެޓްގައި ހިމަނާފައިވާ ށ. ފީވަކު ޗަސްބިން ހިއްކުމުގެ މަޝްރޫޢުގެ ދަށުން އެތަނުގެ އެންވަޔަރަންމަންޓް އިމްޕެކްޓް އެސެސްމަންޓް، އެންވައިރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީގެ މިންގަނޑުތަކާ އެއްގޮތަށް، ހައްދަވައިދެއްވާނެ ފަރާތެއް ހޯދުމަށް ކުރެވުނު އިޢުލާނު IUL)221-PP/221/2015/43) އާ ގުޅިގެން އެކަށީގެންވާ ތަރުޙީބެއް ލިބިފައިނުވާތީ، އެ އިޢުލާނު ބާޠިލުކޮށް، އެ މަސައްކަތް ކޮށްދެއްވާނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާނު ކުރަމެވެ.
ވީމާ، ށ. ފީވަކު ޗަސްބިމުގެ އެންވަޔަރަންމަންޓް އިމްޕެކްޓް އެސެސްމަންޓް އަމިއްލަ ތަކެތީގައި ހައްދަވައިދެއްވަން ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 8 ޖޫން 2015 ވާ ހޯމަ ދުވަހުގެ 11:00 އަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 21 ޖޫން 2015 ވާ އާދީއްތަ ދުވަހުގެ 11:00 އަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަވެސް މި ފުރުޞަތުގައި ދަންނަވަމެވެ.
08 ޝަޢުބާން 1436